ad_banner
ޝައިޠާނާގެ ކަނީސާ (4)

އަޙުމަދު ފަޔާޒު ޙަސަން

30 ޑިސެންބަރު 2025

ޝައިޠާނާގެ ކަނީސަތު

(2025 ޑިސެންބަރު 20ވަނަ ދުވަހުގެ ޢަދަދާ ގުޅޭ)

ދޮގު މަޢުލޫމާތު ފެތުރުމުގެ ކަންތައް ފެތުރިފައިވާލެއް ފުޅާކަމުގެ ޙަޤީޤީ މިންވަރު ދެނެގަނެވޭނީ ހަމައެކަނި ޙަޤީޤަތްތަކާ ކުރިމަތިލައި، މިއަދުގެ ދޮގުތަކާ މުޤާބިލާކުރެވޭ ފަދަ ޙާލަތްތަކުގައި ތިބި ޢިލްމުވެރީންނަށް އެކަންޏެވެ.

1808 ގައި ނަތާން މެޔަރ ރޮތުސްޗައިލްޑަށް އޭނާގެ ފުރަތަމަ ފިރިހެން ދަރިފުޅުކަމުގައިވާ ލަޔަނެލް ނަތާން ޑި ރޮތުސްޗައިލްޑް (Lionel Nathan de Rothschild) މިއަހަރު ލިބުނެވެ.

1810 ގައި ސަރ ފުރޭންސިސް ބޭރިންގ (Francis Baring) އާއި، އެބްރަހަމް ގޯލްޑްސްމިތު (Abraham Goldsmith) މިއަހަރު މަރުވިއެވެ. މި ކަމުގެ ސަބަބުން އިނގިރޭސިވިލާތުގައި ދެންހުރި މައިގަނޑު ބޭންކަރަކީ ހަމައެކި ނަތާން މެޔަރ ރޮތުސްޗައިލްޑް ކަމުގައި ވިއެވެ. 

ސެލޮމަން މެޔަރ ރޮތުސްޗައިލްޑް އޮސްޓުރިއާގެ ވިއެނާއަށް ބަދަލުވެ، އެތަނުގައި "އެމް. ފޮން ރޮތުސްޗައިލްޑް އުންޑް ސް؟ނޭ" ކިޔާ ބޭންކެއް ޤާއިމްކުރިއެވެ.

1811ގައި އެމެރިކާގެ ރޮތުސްޗައިލްޑް ބޭންކް ގެ ޗާޓަރުގެ މުއްދަތު ހަމަވުމާ ގުޅިގެން އެ ހުއްދަ އާ ނުކުރުމަށް ކޮންގްރެސް އިން ނިންމިއެވެ. ނަތާން މެޔަރ ރޮތުސްޗައިލްޑް މިކަމާގުޅިގެން ބުންޏެވެ.

"ހުއްދަ އާކުރުމަށް ހުށަހަޅާފައިވާ އެޕްލިކޭޝަނާ އެއްގޮތަށް ކަންތައް ކުރަންވީއެވެ؛ ނޫނިއްޔާ އެމެރިކާއަށް ވަރަށް މުޞީބާތް ބޮޑު ހަނގުރާމައަކާ ކުރިމަތިލާން ޖެހޭނެއެވެ."

ނަމަވެސް އެމެރިކާ ސާބިތުވިގޮތަކަށް ބަދަލެއް ނައެވެ. އަދި ޗާޓަރުގެ މުއްދަތު އިތުރުކޮށެއް ނުދިނެވެ. މިކަމުގެ ސަބަބުން ނަތާން މެޔަރ ރޮތުސްޗައިލްޑް އިތުރަށް އިންޒާރުދީ ބުންޏެވެ. 

"މި ނުސިޔާނު އެމެރިކާ މީހުންނަށް ފިލާވަޅެއް ދޭށެވެ. އެމީހުން އިސްތިޢުމާރީ ޙާލަތަށް އަނބުރައި ގެންދާށެވެ."

1812ގައި ރޮތުސްޗައިލްޑުގެ ފައިސާއިން މަދަދު ލިބިގެން، އެމެރިކާގެ މައްޗަށް ހަނގުރާމަ އިޢުލާން ކުރުމަށް ނަތާން މެޔަރ ރޮތުސްޗައިލްޑް އިނގިރޭސީންނަށް އަމުރުކުރިއެވެ. ރޮތުސްޗައިލްޑުގެ ރޭވުމަކީ، މި ހަނގުރާމައާ މުޤާބިލާ ކުރުމުގައި އެމެރިކާއަށް ނުއުފުލޭ ވަރުގެ ބޮޑު ދަރަންޏެއް އެމީހުންގެ މައްޗަށް ފާކުރުމެވެ. އަދި އިނގިރޭސީންނަށް އަމާންދިނުން ފިޔަވައި އެހެން ފުރުޞަތެއް އެމީހުންނަށް ނެތުމާއެކު، ރޮތުސްޗައިލްޑުގެ މިލްކުގައިވާ ފަސްޓު ބޭންކް އޮފު ދި ޔުނައިޓެޑް ސްޓޭޓުސް ހިންގުމުގެ ހުއްދަ އާކުރުވުމެވެ. ނަމަވެސް އެމެރިކާއާ އިދިކޮޅަށް މާ ވަރުގަދަ ޙަމަލާއެއް އިނގިރޭސީންނަކަށް ނުދެވުނެވެ. އެހެންވެ އެމެރިކާ ބަލިނުވެ 1814 ގައި ހަނގުރާމަ ނިމުނެވެ.

މެއި 19ގައި މެޔަރ އަމްސްކެލް ރޮތުސްޗައިލްޑް މަރުވިއެވެ. އޭނާގެ ވަޞިއްޔަތުނާމާގައި، ރޮތުސްޗައިލްޑް ޚާންދާނުގެ މީހުން ތަބާވާންވީ ތަފުޞީލީ ޤާނޫނުތައް ކަނޑައަޅައިފައިވެއެވެ. އެއީ:

1.     ޢާއިލާގެ ވިޔަފާރީގައި ހުރިހައި މުހިންމު މަޤާމެއް ވެސް އަދާކުރަންޖެހޭނީ ހަމައެކަނި ޢާއިލާގެ މެންބަރުންކަން.

ޢާއިލާގެ ވިޔަފާރީގައި ޙަރަކާތްތެރި ވެވޭނީ ހަމައެކަނި ޢާއިލާގެ ފިރިހެން މެންބަރުންނަށްކަން. މީގެ ތެރޭގައި އޭނާގެ ހަވަނަ ނަޙަލާލު ދަރިއެއް ހިމެނެއެވެ.

2.     ޢާއިލާގެ މުއްސަނދިކަން ދަމަހައްޓައި ރައްކާތެރިކުރުމަށް ޓަކައި، ޢާއިލާގެ މެންބަރުންނަށް ކައިވެނިކުރެވޭނީ ހަމައެކަނި އެއްވަނަ ޖީލާއި ދެވަނަ ޖީލުގެ ދެބެއިންގެ ދެދަރި މީހުންނާއެވެ. (1905ގައި ޝާއިޢުކުރެވުނު ޖުވިޝް އިންސައިކްލޮޕީޑިއާ ބުނާ ގޮތުގައި އެ އަހަރާ ހަމައަށް ކުރެވިފައިވާ 58 ރޮތުސްޗައިލްޑް ކައިވެނީގެ ތެރެއިން ބަރާބަރު ދެބައިކުޅަ އެއްބައި، ނުވަތަ 29 ކައިވެނި ކުރެވިފައިވަނީ އެއްވަނަ ޖީލުގެ ދެބެއިންގެ ދެދަރި މީހުންނާއެވެ.)

3.     އޭނާގެ ތަރިކައިގައި ހިމެނޭ މުދަލުގެ ޢާންމު ހިސާބެއް ޝާއިޢުކޮށްގެންނުވާނެއެވެ.

4.     ވާރުތަވާ މުދަލުގެ އަގާ މެދު އެއްވެސް ޤާނޫނީ ފިޔަވަޅެއް އަޅައިގެން ނުވާނެއެވެ.

5.     ޢާއިލާގެ އިސްމީހާކަމުގައި ވެވޭނީ އެންމެ ދޮށީ ފިރިހެން ދަރީގެ އެންމެ ދޮށީ ފިރިހެން ދަރިއަށެވެ.

އޭނާގެ ބައްޕަގެ ބަދަލުގައި ނަތާން މެޔަރ ރޮތުސްޗައިލްޑް ޢާއިލާގެ އިސް މީހާގެ ގޮތުގައި އިންތިޚާބުވުމާ އެކު، ޤާނޫނު ނަންބަރު ހަޔަކަށް ވަނީ ހަމަ ވަގުތުން ޢަމަލުކުރާން ފެށިފައެވެ.

ޑި ރޮތުސްޗައިލްޑް ފެރިސް (de Rothschild Frres)ގެ ނަމުގައި ފުރާންސުގެ ޕެރިސްގައި ބޭންކެއް ޤާއިމްކުރުމަށްޓަކައި ޖޭކަބް (ޖޭމްސް) މެޔަރ ރޮތުސްޗައިލްޑް ޕެރިހަށް ދިޔައެވެ.

ނަތާން މެޔަރ ރޮތުސްޗައިލްޑުގެ ފިރިހެން ދަރި ނަތާނިއެލް ޑި ރޮތުސްޗައިލްޑް (Nathaniel de Rothschild) މި އަހަރު އުފަންވިއެވެ.

އަމާނަތުން ބަލަހައްޓަން ހެއްސޭ-ހެނޯގެ އަމީރު ވިލިއަމް 9ވަނަ މެޔަރ އަމްސްކެލް ރޮތުސްޗައިލްޑާ ޙަވާލުކުރި 000،000،3 ޑޮލަރަށް ވީ ގޮތުގެ ވާހަކަ ދަ ޖުވިޝް އިންސައިކްލޮޕީޑިއާގެ 1905ގެ ޢަދަދުގެ ވޮލިއުމް 10ގެ 494ވަނަ ޞަފުޙާގައި ވަނީ އަންނަނިވި ގޮތަށެވެ.

[ތުންތުންމަތީން ދެކެވެމުން އަންނަ ވާހަކަތަކަށް ބަލާ އިރު، މި ފައިސާ ރައްކާކޮށްފައި ހުރީ ބަނގުރާ އަޅާ ފީފާ ތަކެއްގައެވެ. އަދި އެ ތަކެތި ވަނީ ފުރެންކްފަރޓަށް އެރި ނަޕޯލިއަންގެ ސިފައިންގެ ކިބައިން ސަލާމަތްވެފައެވެ. އެއާއެކު، އިލެކްޓަރ، އޭނާގެ އިލެކްޓޮރޭޓަށް 1814ގައި ވަޑައިގަތް އިރު ހަމަ އެ ފީފާތަކުގައި އެ އެއްޗެހި ވަނީ އެއްވެސް ގެއްލުމެއް ނެތި އަލުން ރުޖޫޢަކުރެވިފައެވެ. (ހޯލީ ރޯމަން އެމްޕަޔަރ ގެ އާދަކާދައިގައި އިލެކްޓަރއަކީ ޝަހެންޝާހް (އެމްޕެރަރ) އިންތިޚާބުކުރުމުގެ ޙައްޤު ލިބިފައިވާ ޖަރުމަނުވިލާތުގެ އަމީރުންނަށް ކިޔާ ނަމެކެވެ.)

ބަޔާންވެދިޔަ ފައިސާ ހެއްސޭ-ހެނޯގެ އަމީރު ވިލިއަމް 9ވަނައަށް، ރޮތުސްޗައިލްޑް ރައްދެއްނުކުރެއެވެ. އަދިވެސް އިތުރަށް މި އިންސައިކްލޮޕީޑިއާގައި ބުނެފައިވެއެވެ.

[އީސްޓު އިންޑިއާ ކުންފުނިން ލިބޭ ރަނުގެ ވިޔަފާރީގައި ނަތާން މެޔަރ ރޮތުސްޗައިލްޑް މި 000،000،3 ޑޮލަރު ވުނަކުރިއެވެ.]

މީގެ އިތުރަށްވެސް، ވަގަށް ނަގައިފައިވާ މި ފައިސާއިން މަދުވެގެން ހަތަރު ފައިދާއެއް ނަތާން ހޯދިއެވެ. އެއީ:-

1.     ވެލިންޓަންގެ ނޫސް ވިއްކުމުގައި. އޭނާ އެނޫސް ގަތީ ޑޮލަރުގެ 50 ސެންޓަށެވެ. ނަމަވެސް އޭނާއަށް އޭގެ އަގު ލިބުނީ މޫނުމަތީ އަގުގައެވެ.

2.     ވެލިންޓަނަށް ރަން ވިއްކައިގެން.

3.     ވެލިންޓަނަށް ވިއްކި ރަން އަލުން އަނބުރާ ގަނެގެން.

4.     އެ ރަން ޕޯރޗުގަލް އަށް ފޮނުވައިގެން.

1815ގައި ފަސް ރޮތުސްޗައިލްޑް އަޚުން، ދިޔައީ އިނގިރޭސިވިލާތުގައި ނަތާން މެދުވެރިކޮށް، އަދި ފުރާންސުގައި ޖޭކަބް މެދުވެރިކޮށް ވެލިންޓަންގެ ލަޝްކަރަށާއި، ނަޕޯލިއަންގެ ލަޝްކަރާ ދެބަޔަށް ވެސް ރަން ސަޕްލައިކޮށްދިނުމަށް މަސައްކަތްކުރަމުންނެވެ. މިއާ އެކު، ހަނގުރާމައެއްގައި ޝާމިލުވާ ދެ ފަރާތަށް ވެސް ޚަރަދުކުރުމަށް އެ މީހުން ގެންގުޅޭ ސިޔާސަތު ހިންގާން ފެށިއެވެ. ރޮތުސްޗައިލްޑް ބެއިންތައް ހަނގުރާމަތަކަށް ވަރަށް ލޯބިކުރެއެވެ. އެއީ އެ ކަމުން ލިބޭފައިދާ ބޮޑުކަމުންނެވެ.

ހަނގުރާމައިގައި ކޮންމެ ކޮޅެއް ބަލިވިކަމުގައިވިއަސް ރޮތުސްޗައިލްޑް މީހުންނަކަށް ފަރުވާލެއް ނެތެވެ. ސަބަބަކީ، އެ ދަރަނިތައް ދެވެނީ، މޮޅުވާ މީހުން، ބަލިވާ މީހުންގެ ދަރަނިތައް އަދާކުރުން ޝަރުޠުކޮށްފައިކަމުގައި ވާތީއެވެ.

ރޮތުސްޗައިލްޑް ހަނގުރާމައިގެ ދެކޮޅުގައި ތިބޭ މީހުންނަށްވެސް ފައިސާ ދިނުމުގެ ކަންތައް ކުރަމުންދާ އިރު، މުޅި ޔޫރަޕުގައި އެ މީހުން ޤާއިމްކޮށްފައިވާ ބޭންކްތަކުގެ ވިއުގަ ބޭނުންކޮށްގެން އެ މީހުން ވަނީ އެހެން އެއްވެސް ބަޔަކަށް ވާދަނުކުރެވޭ ފަދަ، ސިއްރު މަގުތަކާއި، އަވަސް ޕޯސްޓަލް ނިޒާމެއް ޤާއިމްކޮށްފައެވެ. ރޮތުސްޗައިލްޑް މީހުންނަށް މުހިންމުވާ ފަދަ އުރަތައް ޕޯސްޓު އުފުލާ މީހުން ކަނޑައިފައި، އެ އުރަތަކުގައި ހުންނަ ސިޓީތަކާއި ލިޔުންތަކުގައި ހުންނަ ރޮތުސްޗައިލްޑް މީހުންނަށް ބޭނުންވާނެ މަޢުލޫމާތު އުފުލާމީހުން (ކުރިއަރުން) އެމީހުންނަށް ފޯރުކޮށްދެއެވެ. އޭރުން ހިނގަމުންދާ ޙާލަތުގެ އެއް ފިޔަވަޅު ކުރީގައި ރޮތުސްޗައިލްޑް މީހުންނަށް އަބަދުވެސް ތިބެވޭނެއެވެ.

އިނގިރޭސިވިލާތާއި ފަރަންސޭސި ވިލާތުގެ، ބަންދުކޮށްފައިވާ މަގުތަކުން ދަތުރުކުރުމުގެ ހުއްދަދެވޭ ހަމައެކަނި ވިޔަފާރި ވެރިންނަކީ ރޮތުސްޗައިލްޑްގެ މި ސިއްރު މަޢުލޫމާތުތައް ބޭނުންކޮށްގެން ލަންޑަނުގެ ޙިއްޞާގެ ބާޒާރުގައި ޙިއްޞާ ގަނެވިއްކުމުގެ ވިޔަފާރި، އޭނާއަށް ފައިދާވާ ގޮތަށް ހިންގުމުގެ ފުރުޞަތު އެމީހުންނަށް ފަހިވެގެންދެއެވެ.

ރޮތުސްޗައިލްޑުގެ ޕޯސްޓު އުފުލާ މީހެއްކަމުގައިވާ ރޮތުވޯރތު (Rothworth)، ވޯޓަރލޫ ގެ ހަނގުރާމަ އިނގިރޭސީންނަށް ކާމިޔާބުވި ޚަބަރު ލިބުމާއެކު، އިނގިރޭސި ކަނޑު ހުރަސްކޮށް ގޮސް ނަތާން މެޔަރ ރޮތުސްޗައިލްޑަށް މި ޚަބަރު ދިނެވެ. އެއީ، ވެލިންޓަންގެ އަމިއްލަ ކުރިއަރ އެ ޚަބަރު ގެންދިއުމުގެ ފުރިހަމަ 24 ގަޑިއިރު ކުރިންނެވެ.

އޭގެ ފަހުގައި ނަތާން މެޔަރ ރޮތުސްޗައިލްޑް ލަންޑަންގެ ސްޓޮކް އެކްސްޗޭންޖަށް ގޮސް، އެމީހުންގެ ކޮންސަލްތައް (މިޒަމާނުގައި ކިޔާ ގޮތުންނަމަ ބޮންޑުތައް) ވިއްކާން ފެށުމަށް އޭނާގެ މުއައްޒަފުންނަށް އަމުރު ކުރިއެވެ.

ޙަޤީޤަތުގައި ހަނގުރާމައިގައި އިނގިރޭސީންނަށް ކާމިޔާބީ ލިބުނު ޚަބަރު އާޚިރުގައި ލިބުމުން، ހަނގުރާމަ ފެށުމުގެ ކުރިން އަގު ހުރި ވަރަށްވުރެވެސް މައްޗަށް ބޮންޑުތަކުގެ އަގު އުފުލިގެންދިޔައެވެ. މިކަމުގެ ސަބަބުން ނަތާން މެޔަރ ރޮތުސްޗައިލްޑަށް އިންތިހާއަށް ފައިދާވިއެވެ. ނަތާން ރޮތުސްޗައިލްޑް ފާޅުގައި ފަޚްވެރިކަމާއެކު ބުނާ ގޮތުގައި، އިނގިރޭސިވިލާތުގައި އޭނާ ވޭތުކުރި ސަތާރަ އަހަރުގެ ތެރޭގައި އޭނާގެ ބައްޕަ ފެށުމުގައި އޭނާއަށް ދިން 000،20 ޕައުންޑުގެ ރައުސްމާލު ވަނީ، 2500 ގުނައަށް، 000،000،50 ޕައުންޑަށް އިތުރުވެފައެވެ.

މި ކޮންސަލްތައް، ނުވަތަ ބޮންޑުތައް އެމީހުންގެ މިލްކަށް އައުމުން، މުޅި އިނގިރޭސިވިލާތުގެ އިޤްތިޞާދުގެ ފުރިހަމަ ކޮންޓުރޯލް ރޮތުސްޗައިލްޑް ޢާއިލާގެ އަތްމައްޗަށް އައީއެވެ. ނަޕޯލިއަންގެ ނާކާމިޔާބީ އާއެކު، ލަންޑަން މިހާރު ވެފައިވަނީ އެއްވެސް ވާދަކުރުމެއް ނެތްގޮތުގައި މުޅި ދުނިޔޭގެ މާލީ މަރްކަޒު ކަމުގައެވެ. މިކަމުގެ ސަބަބުން، ނަތާން މެޔަރ ރޮތުސްޗައިލްޑުގެ ކޮންޓުރޯލް ގެ ދަށުގައި އާ ބޭންކް އޮފު އިންގްލެންޑެއް ޤާއިމްކުރުމަށް އިނގިރޭސީންނަށް މަޖުބޫރުވިއެވެ.   

1815އަށް އެނބުރި ޖެހިލާއިރު، ނަތާން މެޔަރ ރޮތުސްޗައިލްޑް އޭނާގެ މަޝްހޫރު ބަޔާން މިއަހަރު ދިނެވެ.

[އެ އެމްޕަޔަރގެ މައްޗަށް އިރު ނުއޮއްސޭ އިނގިރޭސި އެމްޕަޔަރގެ މައްޗަށް ވެރިކަންކުރުމަށް އިނގިރޭސި ތަޚުތުގައި ވެޑުވޭ ގޮނޑިކޮއްކޮއަކާ މެދުގައި އަހުރެންގެ އެއްވެސް ފަރުވާލެއް ނެތެވެ. އިނގިރޭސި އެމްޕަޔަރ ކޮންޓުރޯލުކުރާ މީހަކީ އިނގިރޭސިވިލާތުގެ ފައިސާގެ ކޮށާރު ކޮންޓުރޯލުކުރާ މީހާއެވެ. އަދި އިނގިރޭސިވިލާތުގެ ފައިސާގެ ކޮށާރު ކޮންޓުރޯލުކުރާ މީހަކީ އަހަންނެވެ.]

ބޭންކް އޮފު އިންގްލެންޑުގެ މައްޗަށް އެމީހުންނަށް ލިބިފައިވާ ބާރު ބޭނުންކޮށްގެން، އެއް ރަށުން އަނެއް ރަށަށް ރަން އުފުލުމުގައި ގެންގުޅޭ ނިޒާމް ވެސް ރޮތުސްޗައިލްޑް ޢާއިލާއިން ވަނީ ބަދަލުކޮށްފައެވެ. އޭގެ ބަދަލުގައި، ޔޫރަޕުގެ ތެރޭގައި ފެތުރިފައިވާ އެމީހުންގެ ފަސް ބޭންކް މެދުވެރިކޮށް، ކަރުދާހުން އަރަނި ކުރުމާއި، ދަރަނި ކުރުމުގެ ނިޒާމް އެމީހުން ތަޢާރަފު ކުރިއެވެ. އެއީ މިޒަމާނުގެ ބޭންކިންގ ނިޒާމެވެ.

ނަވާރަވަނަ ޤަރުނު ނިމުނުއިރު "ރޮތުސްޗައިލްޑް ޢާއިލާގެ ޒަމާން" ގެ ގޮތުގައި މަޝްހޫރުވެގެންދިޔަ ދުވަސްވަރު، މުޅި ދުނިޔޭގެ މުއްސަނދިކަމުގެ ދެބައިކުޅަ އެއްބައި ކޮންޓުރޯލްކުރަނީ ރޮތުސްޗައިލްޑް ޢާއިލާއިން ކަމުގައި އަންދާޒާ ކުރެވުނެވެ.

މި އަހަރުގެ ފެބްރުއަރީ 28 ގައި ނަތާން އަށް ސެލޮމަން ފޮނުވި ސިޓީއެއްގައި ބުނެފައިވެއެވެ.

[އަހަރެމެން ވަނީ ގަޑިއެއްގެ ގިއުގަނޑު ފަދައިންނެވެ. އޭގެ ކޮންމެ ބަޔަކީވެސް ޟަރޫރީ ބަޔެކެވެ.]

ނަމަވެސް ރޮތުސްޗައިލްޑް ޢާއިލާއިން ބޭނުންވި ގޮތަށް މިއަހަރު ނުހިނގި ކަމަކީ ވިއެނާގެ ކޮންގްރެސް އެވެ. އެ ކޮންގްރެސް ފެށުނީ 1814 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގައެވެ. އަދި މިއަހަރުގެ ޖޫންއާ ހަމަޔަށް އެ ކޮންގްރެސް ދެމިގެންދިޔައެވެ. މި ވިއެނާގެ ކޮންގްރެސް ބޭއްވުމުގެ ބޭނުމަކީ، ޔޫރަޕުގެ ގިނަ ސަރުކާރުތަކުން އެމީހުންގެ އަތުން ނަގާފައިވާ ދަރަނިތަކުގެ ބާރު ބޭނުންކޮށްގެން، ތަހްޒީބުވެފައިވާ ދުނިޔޭގެ ބޮޑު ބަޔަށް އެމީހުންގެ ފުރިހަމަ ސިޔާސީ ބާރު ހިންގޭނެ ގޮތުގައި ބަވަނަ ސަރުކާރެއް (މުޅި ދުނިޔޭގެ ސަރުކާރެއް) އުފެއްދުމެވެ. (ނުނިމޭ)

ކޮމެންޓު