ad_banner
ތިން ދުވަހަށް ވެއްޖެ. ލަސްނުކުރައްވާ

އަބާ މުޙަންމަދު

12 ޖުލައި 2025

ކޯސްތައް

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ މި އަހަރުގެ ފަހު ސެމެސްޓަރުގައި ފަށާ ކޯސްތަކަށް ވަންނާން އެދި ހުށަހެޅުމުގެ މުއްދަތު މި މަހުގެ 15ވަނަ ދުވަހަށް ހަމަވާ އިރު، 13، 14، 15 މި ތިން ދުވަހަކީ ވަރަށް ޚާއްޞަ ތިން ދުވަހެވެ. ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް ނުވަތަ އެ ޔުނިވަރސިޓީގެ މަރުކަޒަކަށް ވަޑައިގެން ފަސޭހަކަމާ އެކު ކޯހަކަށް ކުރިމަތިލެއްވޭނެއެވެ. 15ވަނަ ދުވަހަކީ އެންމެ ފަހު ދުވަހެވެ. ބޭނުންފުޅުވާ ދާއިރާއަކުން ބޭނުންފުޅުވާ ފެންވަރެއްގެ ކޯހެއް ޚިޔާރުކުރައްވާށެވެ!

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި މި އަހަރު ދެވަނަ ސެމެސްޓަރުގައި ކިޔަވައިދޭ ކޯސްތަކުގެ ޢަދަދު 70އަށް ވުރެ މައްޗެވެ. އިއުލާނުކުރައްވައިފައިވާ ކޯސްތަކުގެ ތެރޭގައި ޕީއެޗްޑީ ފެންވަރުގެ ތިން ކޯހަކާއި، މާސްޓަރސް ދަރަޖައިގެ 18 ކޯހަކާއި، ޕޯސްޓްގްރެޖުއޭޓް ޑިޕްލޮމާގެ އެއް ކޯހާއި، ބެޗްލަރސް ދަރަޖައިގެ 15 ކޯހަކާއި އެސޯސިއޭޓް ޑިގްރީގެ ދެ ކޯހަކާއި ޑިޕްލޮމާ ފެންވަރުގެ 11 ކޯހަކާއި ސެޓްފިކެޓް ފެންވަރުގެ އެތައް ކޯހެއް ހިމެނެއެވެ. ސެޓުފިކެޓު ލެވެލްގެ ޖުމްލަ 21 ކޯހެއް ހިމެނެއެވެ.

މި ދެންނެވި ކޯސްތަކުގެ ދާއިރާތައް ވެސް ހަމަ އެހައި ފުޅަލެވެ. ތިޔަ ބޭފުޅުންގެ ޝައުޤުވެރިކަން ހުރި އަދި ބޭނުންފުޅުވާ ކޮންމެ ފެންވަރެއްގެ ކޮންމެ ދާއިރާއެއްގެ ކޯހަކަށް އެދިވަޑައިގަންނަވާންވީއެވެ. މި އަހަރުގެ ފަހު ދެ ކާލުގައި ފައްޓަވާ ކޯސްތަކުގެ މައިގަނޑު ދާއިރާތަކުގެ ތެރޭގައި ޤުރްއާނާއި ޙަދީޘް، ޝަރީޢަތާއި ޤާނޫނު، ފިޤްހު، އިސްލާމިކް ސްޓަޑީޒް، އިމާމްޝިޕް، ލޭންގުވިޖް (ބަސް)، އެޑިޔުކޭޝަން، ފައިނޭންސް، އެކައުންޓިންގ، ލީޑަރޝިޕް އެންޑް އެޑްމިނިސްޓްރޭޝަން، މެނޭޖްމެންޓް، ނޫސްވެރިކަން (ޖަރނަލިޒަމް) ހިމެނެއެވެ. މި ދާއިރާތަކުގެ އެކި ފެންވަރުގެ އެކި ކޯސްތައް މި އަހަރުގެ ފަހު ދެ ކާލަށް ތާވަލުކުރެވިފައިވެއެވެ.

އިސްލާމީ ޔުނިވަރސިޓީގައި ކިޔަވައިދެއްވަނީ އެ ދާއިރާތަކުން ތަޚައްޞުޞުވެވަޑައިގެންފައިވާ ވަރަށް ޤާބިލު ބޭފުޅުންނެވެ. ވީމާ، މަތީތަޢުލީމުގެ ރޮނގުން ކުރިއަށް ވަޑައިގަންނަވާން ބޭނުންފުޅުވާ ބޭފުޅުންނަށް މިއީ ވަރަށް ރަނގަޅު ފުރުޞަތެކެވެ. އަދި އިސްލާމީ ޔުނިވަރސިޓީގެ މާޙައުލަކީ ވަރަށް އެކުވެރި މާޙައުލެކެވެ. މި ފުރުޞަތު ދޫކޮށްނުލައްވާށެވެ! ކުރިއަށް ވަޑައިގަންނަވާށެވެ!

އިސްލާމީ ޔުނިވަރަސިޓީގެ މަރުކަޒުތައް މާލޭގެ އިތުރަށް، ރ. އުގޫފާރާއި ޅ. ނައިފަރާއި، ލ. ފޮނަދުވާއި، ގދ. ތިނަދުވާއި، ފުވައްމުލަކާއި އައްޑޫ މީދޫގައި ވެސް ގާއިމުކުރެވިފައި އެބަ ހުއްޓެވެ. މި ހުރިހައި މަރުކަޒަކުން ވެސް ފޯމު ދޫކުރުމާއި ބަލައިގަތުމުގެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.

ކޯސްތަކުގައި ބައިވެރިވެވަޑައިގަތުމަށް ޓަކައި ޖިސްމާނީ ގޮތުން ޙާޒިރުވެވަޑައިގަންނަވާން އުނދަގޫފުޅު ބޭފުޅުންނަށް ދާދިވަރުކޮށް ބައިވެރިވެވަޑައިގަތުމުގެ ފުރޞަތު ވެސް އޮތީ ދާދި ފަހިކޮށެވެ.

އާދޭހެވެ! ޔުނިވަރސިޓީގެ ހުރިހައި މަރުކަޒުތަކަކުންނާއި އޮންލައިނުކޮށް ވެސް ފޯމު ހޯއްދެވޭނެއެވެ. އަދި އެ ތަންތަނުން ފޯމު ބަލައިވެސްގަނާނެއެވެ. މީގެ އިތުރަށް އީމޭލު ވެސް ކުރެއްވޭނެއެވެ. އީމޭލުކުރައްވާ ނަމަ، apply@ium.edu.mv އަށް މެއިލްކުރެއްވޭނެއެވެ.

އޮންލައިނުކޮށް ފޯމު ހުށަހަޅުއްވާ ނަމަ ވެބްސައިޓްގައިވާ އޮންލައިން ޕޯޓަލް admission.ium.edu.mv މެދުވެރިކޮށް ފޯމު ހުށައެޅުއްވޭނެއެވެ. އަދިހޮޓްލައިންކޮށް 1405 މި ނަންބަރަށް ގުޅުއްވޭނެއެވެ. ވައިބަރާއި ވަޓްސްއަޕުން 7923247 މި ނަންބަރަށް މެސެޖުވެސްކުރެއްވޭނެއެވެ.

ކޯހުގައި ބައިވެވަޑައިގަންނަވާން ފޯމު ހުށައަޅުއްވާ ނަމަ، ފޯމާ އެކު، ހުށައަޅުއްވާން ޖެހޭ ތަކެތި ހަމަކުރައްވާން ސަމާލުކަންދެއްވާންވާނެއެވެ. ހަމަކުރައްވާންޖެހޭ ތަކެތި ވެސް ދަންނަވައިލާނަމެވެ.

1.  ފުރިހަމަކޮށްފައިވާ ކޯހަށް ވަނުމަށް އެދޭ ފޯމު

2.  ލިބިފައިވާ ސަނަދުތަކާއި ޓްރާންސްކްރިޕްޓްގެ ސާފު ކޮޕީ އެއް.

3.  އައިޑީކާޑުގެ ސާފު ކޮޕީއެއް.

4.  ޕާސްޕޯޓު ސައިޒުގެ ފޮޓޯއެ  2 ބޭފުޅެއްގެ ރިފަރެންސް ލެޓާރ (ޕީ.އެޗް.ޑީ ކޯހަށް ފޯމު ހުށަހަޅާ ފަރާތްތަކުން އެކަނި)

5.  ކޮންސެޕްޓް ޕޭޕަރ (ޕީ.އެޗް.ޑީ ކޯހަށް ފޯމު ހުށަހަޅާ ފަރާތްތަކުން އެކަނި) 

ދެން އޮތީ އެންމެ ތިން ދުވަހެވެ. އަވަސްކުރައްވާށެވެ!

ކޮމެންޓު