ad_banner
މި ފަހަރު އެކި ކަންކޮޅުތަކުން ކޯސްތަކަށް ވަންނާން ވަރަށް ފަސޭހަ. ފެންވަރު އެހައި ރަނގަޅު. މުއްދަތު ވަރަށް ކުޑަތަންވެއްޖެ.

އަބާ މުޙަންމަދު

9 ޖުލައި 2025

އިސްލާމީ ޔުނިވަރސިޓީ

ބޭނުންފުޅީ ކޮން ދާއިރާއެއްތޯއެވެ؟ މަދީ ކޮން ފަސޭހައެއްތޯއެވެ؟ ނެތީ ކޮން ފެންވަރެއްތޯއެވެ؟ ގާތްގަނޑަކަށް ހުރިހައި ދާއިރާއަކުން އެކި ދަރަޖައިގެ ކޯސްތައް އެހެރީ އިޢުލާނުކުރައްވައިފައެވެ. އަޅުގަނޑުމެން މަޑުން މި ތިބެނީ ކީއްވެގެންތޯއެވެ؟ އަވަހަށް ކޯހަކަށް އެދޭންވީ ނޫންތޯއެވެ؟ ސެޓުފިކެޓު ދަރަޖައިން ފެށިގެން ޕީއެޗްޑީއަށް ވެސް ކިޔެވޭނެ ފުރުޞަތު އެބަ އޮތެވެ. މިއަހަރު ދެވަނަ ސެމެސްޓަރަށް އިސްލާމީ ޔުނިވަރސިޓީއިން ހުޅުވައިލެއްވި ފުރުޞަތު މި މަހު 15ވަނަ ދުވަހު މެންދުރު 1:00އާ ހަމައަށް އެބަ އޮތެވެ. މި މަހު 13، 14، 15 މި ތިން ދުވަހު ވެސް ފޯމު ދޫކުރުމާއި ބަލައިގަތުން އޮންނާނެއެވެ. 15 ވަނަ ދުވަހަށް މަޑުކުރައްވާނެކަމެއް ނެތެވެ.

ފުރުޞަތު ހުޅުވައިލައްވައިފައިވަނީ ކޮން ކޯސްތަކަކަށްކަމެއް އަދި ނުދެންނެވެއެވެ. މިއަރު ދެވަނަ ސެމެސްޓަރުގައި ކިޔަވައިދޭ ކޯސްތަކުގެ ޢަދަދު 70އަށް ވުރެ މައްޗެވެ. އިއުލާނުކުރައްވައިފައިވާ ކޯސްތަކުގެ ތެރޭގައި ޕީއެޗްޑީ ފެންވަރުގެ ތިން ކޯހަކާއި، މާސްޓަރސް ދަރަޖައިގެ 18 ކޯހަކާއި، ޕޯސްޓްގްރެޖުއޭޓް ޑިޕްލޮމާގެ އެއް ކޯހާއި، ބެޗްލަރސް ދަރަޖައިގެ 15 ކޯހަކާއި އެސޯސިއޭޓް ޑިގްރީގެ ދެ ކޯހަކާއި ޑިޕްލޮމާ ފެންވަރުގެ 11 ކޯހަކާއި ސެޓްފިކެޓް ފެންވަރުގެ އެތައް ކޯހެއް ހިމެނެއެވެ. ސެޓުފިކެޓު ލެވެލްގެ ޖުމްލަ 21 ކޯހެއް ހިމެނެއެވެ.

މި ދެންނެވި ކޯސްތަކުގެ ދާއިރާތައް ވެސް ހަމަ އެހައި ފުޅަލެވެ. ތިޔަ ބޭފުޅުންގެ ޝައުޤުވެރިކަން ހުރި އަދި ބޭނުންފުޅުވާ ކޮންމެ ފެންވަރެއްގެ ކޮންމެ ދާއިރާއެއްގެ ކޯހަކަށް އެދިވަޑައިގަންނަވާންވީއެވެ. މި އަހަރުގެ ފަހު ދެ ކާލުގައި ފައްޓަވާ ކޯސްތަކުގެ މައިގަނޑު ދާއިރާތަކުގެ ތެރޭގައި ޤުރްއާނާއި ޙަދީޘް، ޝަރީޢަތާއި ޤާނޫނު، ފިޤްހު، އިސްލާމިކް ސްޓަޑީޒް، އިމާމްޝިޕް، ލޭންގުވިޖް (ބަސް)، އެޑިޔުކޭޝަން، ފައިނޭންސް، އެކައުންޓިންގ، ލީޑަރޝިޕް އެންޑް އެޑްމިނިސްޓްރޭޝަން، މެނޭޖްމެންޓް، ނޫސްވެރިކަން (ޖަރނަލިޒަމް) ހިމެނެއެވެ. މި ދާއިރާތަކުގެ އެކި ފެންވަރުގެ އެކި ކޯސްތައް މި އަހަރުގެ ފަހު ދެ ކާލަށް ތާވަލުކުރެވިފައިވެއެވެ.

ޔުނިވަރސިޓީއިން ޢާންމުކުރައްވައިފައިވާ ޕޯސްތެއް

މި އަހަރުގެ ފަހު ދެ ކާލު (ނުވަތަ ދެވަނަ ސެމިސްޓަރގައި) އިސްލާމީ ޔުނިވަރސިޓީއިން ހިންގާ ކޯސްތައް، ރ. އުގޫފާރާއި ޅ. ނައިފަރާއި، ލ. ފޮނަދުވާއި، ގދ. ތިނަދުވާއި، ފުވައްމުލަކާއި އައްޑޫ މީދޫގައި ޤާއިމުކުރެވިފައިވާ އެ ޔުނިވަރސިޓީގެ ކިޔަވައިދޭ މަރުކަޒުތަކުގައި ވެސް ހިންގާ ގޮތަށް ވަނީ ހަމަޖައްސަވައިފައެވެ.

އެނގިވަޑައިގަންނަވާނޭ ފަދައިން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއާއި ޔުނިވަރސިޓީގެ ލާރނިންގ ސެންޓަރުތަކުގައި ހިންގާ ޑިގްރީ ފެންވަރުގެ ހުރިހާ ކޯސްތަކަކީ ވެސް %100 (ސަތޭކަ އިންސައްތަ) ޓިއުޝަންފީ ހިލޭ ކޯސްތައްކަން މިފުރުޞަތުގައި ފާހަގަ ކޮށްލަމެވެ. އެއީ އެ ފަދަ ކޯސްތަކުގެ ފީ ސަރުކާރުން ދައްކަވައިދެއްވާތީއެވެ.

މި ސެމެސްޓަރުގައި އެ ޔުނިވަރސިޓީއިން މުޅިން އަލަށް ފައްޓަވާން ހަމަޖެހިފައިވާ ވަރަށް ޚާއްޞަ ދެ ކޯހެއްވެސް އެބަ އޮތެވެ. އެއީ މާސްޓަރ އޮފް ޓީޗިންގ އިން ހަޔަރ އެޑިޔުކޭޝަން ކޯހާއި ޤިރާއަތުން އިޖާޒާ ދިނުމުގެ ކޯހެވެ. ބައެއް ކޯސްތައް ދާދިވަރުކޮށް ހިންގާ ގޮތަށް ވެސް އެ ޔުނިވަރސިޓީއިން ފަރުމާކުރައްވައިފައިވެއެވެ. 

ތިޔަ ލަސްކުރައްވަނީ ކީއްވެތޯއެވެ؟ ދެން އޮތީ އެންމެ ހައެއްކަ ދުވަހެވެ. މި ކޯސްތަކަށް އެދި ވަޑައިގަންނަވާ ބޭފުޅުން ކޯހަށް ވަންނާން އެދޭފޯމު ފުރިހަމަ ކުރެއްވުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި، މި ހިނގާ ޖުލައި 10ވަނަ ދުވަހު މެންދުރުފަހު އެކެއްޖެހުމުގެ ކުރީން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް ހުށަހެޅުއްވޭނެއެވެ. ފޯމު ދޫކުރުމާއި ބަލައިގަތުން ހަމަޖެހިފައިވަނީ ބަންދުނޫން ދުވަސްދުވަހުއެވެ.

ޔުނިވަރސިޓީގެ ހުރިހައި މަރުކަޒުތަކަކުންނާއި އޮންލައިނުކޮށް ވެސް ފޯމު ހޯއްދެވޭނެއެވެ. އަދި އެ ތަންތަނުން ފޯމު ބަލައިވެސްގަނާނެއެވެ. އީ-މެއިލް ކުރައްވާ ނަމަ، apply@ium.edu.mv އަށް މެއިލްކުރެއްވޭނެއެވެ.

އޮންލައިނުކޮށް ފޯމު ހުށަހަޅުއްވާ ނަމަ ވެބްސައިޓްގައިވާ އޮންލައިން ޕޯޓަލް admission.ium.edu.mv މެދުވެރިކޮށް ފޯމު ހުށައެޅުއްވޭނެއެވެ. އަދިހޮޓްލައިންކޮށް 1405 މި ނަންބަރަށް ގުޅުއްވޭނެއެވެ. ވައިބަރާއި ވަޓްސްއަޕުން 7923247 މި ނަންބަރަށް މެސެޖުވެސްކުރެއްވޭނެއެވެ.

ކޯހުގައި ބައިވެވަޑައިގަންނަވާން ފޯމު ހުށައަޅުއްވާ ނަމަ، ފޯމާ އެކު، ހުށައަޅުއްވާން ޖެހޭ ތަކެތި ވެސް ދަންނަވައިލާނަމެވެ.

·      ފުރިހަމަކޮށްފައިވާ ކޯހަށް ވަނުމަށް އެދޭ ފޯމު

·      ލިބިފައިވާ ސަނަދުތަކާއި ޓްރާންސްކްރިޕްޓްގެ ސާފު ކޮޕީ އެއް.

·      އައިޑީކާޑުގެ ސާފު ކޮޕީއެއް. 

·      ޕާސްޕޯޓު ސައިޒުގެ ފޮޓޯއެއް.

·      2 ބޭފުޅެއްގެ ރިފަރެންސް ލެޓާރ (ޕީ.އެޗް.ޑީ ކޯހަށް ފޯމު ހުށަހަޅާ ފަރާތްތަކުން އެކަނި)

·      ކޮންސެޕްޓް ޕޭޕަރ (ޕީ.އެޗް.ޑީ ކޯހަށް ފޯމު ހުށަހަޅާ ފަރާތްތަކުން އެކަނި)  

ވީމާ، ލަސްނުކުރައްވަނީ ކީއްކުރައްވަންތޯއެވެ! ވަގުތު ކުޑަތަންވެއްޖެއެވެ. އިތުރު މަޢުލޫމާތެއް ބޭނުންފުޅު ނަމަ، އިސްލާމީ ޔުނިވަރސިޓީގެ ވެބްސައިޓަށް ޒިޔާރަތްކޮށްލައްވާންވީ ނޫންތޯއެވެ! 

ކޮމެންޓު