އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ
9 ޖުލައި 2025
(2025 ޖޫން 18ގެ ޢަދަދާ ގުޅޭ)
ވިސްނައިނުލާނަންތަ؟
ހުދުހުދުގެ ވާހަކަކޮޅުގައި ހިމެނޭ
- ކަލިމަތަކުގެ ޢަދަދަކީ 60 އެވެ.
- އާޔަތްތަކުގެ ތަރުތީބީ ވަނަތަކުގެ ޖުމުލައަކީ 120 އެވެ. މިއީ 60 ގެ ދެ ގުނައެވެ.
- އަކުރުތަކުގެ ޢަދަދަކީ 240 އެވެ. އެއީ އާޔަތްތަކުގެ ތަރުތީބީ ވަނަ 120 ގެ ދެ ގުނައެވެ.
- މި ކަމާ މެދު ބުނާނީ ކީކޭހެއްޔެވެ؟ އެއްވެސް ރޭވުމެއްނެތި ވީ ކަމެއް ހެއްޔެވެ؟
- ހުދުހުދުގެ ވާހަކައިގައި (قرآن) ގެ އަކުރުތައް ތަކުރާރުވެފައިވާ ގޮތަށް ބަލައިލަމާ ހިނގާށެވެ!
- ހުދުހުދުގެ ވާހަކައިގައި ق ތަކުރާރުވެފައި ވަނީ 2 ފަހަރުއެވެ.
- ހުދުހުދުގެ ވާހަކައިގައި ر ތަކުރާރުވެފައި ވަނީ 6 ފަހަރުއެވެ.
- ހުދުހުދުގެ ވާހަކައިގައި ا ތަކުރާރުވެފައި ވަނީ 37 ފަހަރުއެވެ.
- ހުދުހުދުގެ ވާހަކައިގައި ن ތަކުރާރުވެފައި ވަނީ 15 ފަހަރުއެވެ.
- ވީމާ ހުދުހުދުގެ ވާހަކަކޮޅުގައި (قرآن) މި ލަފުޒުގެ އަކުރުތައް ތަކުރާރުވެފައިވަނީ 60 ފަހަރުއެވެ.
މިއަށް ވުރެ އަޖައިބު ކަން ބޮޑު ކަމެއް އެބަ އޮތެވެ.
ހުދުހުދުގެ ވާހަކައިގައި (وَجِئْتُكَ مِن سَبَإٍ بِنَبَإٍ يَقِينٍ)ގައި "نبأ" މި ލަފުޒު އައިސްފައިވެއެވެ. النبأއަކީ القرآنގެ ނަންތަކުގެ ތެރޭގައި ހިމެނޭ ނަމެކެވެ.
- ހުދުހުދުގެ ވާހަކައިގައި ن ތަކުރާރުވެފައި ވަނީ 15 ފަހަރުއެވެ.
- ހުދުހުދުގެ ވާހަކައިގައި ب ތަކުރާރުވެފައި ވަނީ 8 ފަހަރުއެވެ.
- ހުދުހުދުގެ ވާހަކައިގައި ا ތަކުރާރުވެފައި ވަނީ 37 ފަހަރުއެވެ.
- މި އަކުރުތަކުގެ ތަކުރާރުގެ ޖުމުލައަކީ ވެސް 60 އެވެ.
ހުދުހުދުގެ ވާކަކޮޅުގައި
- 3 ފަހަރު ك ތަކުރާރުވެފައިވެއެވެ.
- 12 ފަހަރު ت ތަކުރާރުވެފައިވެއެވެ.
- 37 ފަހަރު ا ތަކުރާރުވެފައިވެއެވެ.
- 8 ފަހަރު ب ތަކުރާރުވެފައިވެއެވެ.
މިއީ (كتاب) މި ލަފުޒުގެ އަކުރުތައް ހުދުހުދުގެ ވާހަކައިގައި ތަކުރާރުވެފައިވާ ފަހަރުތަކުގެ ޢަދަދެވެ. އެއީ 60 އެވެ. الكتاب އަކީ القرآن ގެ ނަންތަކުގެ ތެރޭގައި ހިމެނޭ ނަމެކެވެ.
މިއަށްވުރެ އަޖައިބު ކަން ބޮޑު ކަމެއްގެ ވާހަކައަށް ބަލަމާ ހިނގާށެވެ.
ހުދުހުދަކީ ސުލައިމާނުގެފާނު ސަބައު ރަސްކަމުގެ ސަރަޙައްދަށް ފޮނުއްވި ޚާއްޞަ މަންދޫބެވެ. އެއީ ޔަމަނުގައި ޤާއިމުކުރެވުނު އެންމެ ބޮޑު ވެރިކަމެވެ. ޔަމަނުގެ ތާރީޚާއި ޙަޟާރަތު ގުޅިފައި ވަނީ މި ރަސްކަމާއެވެ.
- ހުދުހުދުގެ ވާހަކައިގައި ا ތަކުރާރުވެފައި ވަނީ 37 ފަހަރުއެވެ.
- ހުދުހުދުގެ ވާހަކައިގައި ل ތަކުރާރުވެފައި ވަނީ 30 ފަހަރުއެވެ.
- ހުދުހުދުގެ ވާހަކައިގައި ى ތަކުރާރުވެފައި ވަނީ 17 ފަހަރުއެވެ.
- ހުދުހުދުގެ ވާހަކައިގައި م ތަކުރާރުވެފައި ވަނީ 21 ފަހަރުއެވެ.
- ހުދުހުދުގެ ވާހަކައިގައި ن ތަކުރާރުވެފައި ވަނީ 15 ފަހަރުއެވެ.
- މިއީ (اليمن) މި ކަލިމައިގެ އަކުރުތަކެވެ. މި އަކުރުތައް ތަކުރާރުވެފައި މިވަނީ 120 ފަހަރުއެވެ. އެއީ 60 + 60 އެވެ.
ވީމާ،
- ހުދުހުދުގެ ވާހަކަ އައިސްފައިވާ އާޔަތްތަކުގެ ތަރުތީބީ ވަނަތަކުގެ ޖުމުލައަކީ 120އެވެ. އެއީ 60 + 60އެވެ.
- ހުދުހުދުގެ ވާހަކަ ހިމެނޭ އަކުރުތަކުގެ ޖުމުލައަކީ 240އެވެ. އެއީ 60 + 60 + 60 + 60
- މި އަކުރުތަކުގައި ހިމެނޭ ނުކުތާގެ ޢަދަދަކީ 120އެވެ. އެއީ 60 + 60
- ހުދުހުދުގެ ވާހަކައިގައި (قرآن) މި ލަފުޒުގެ އަކުރުތައް ތަކުރާރުވެފައިވަނީ 60 ފަހަރުއެވެ.
- ހުދުހުދުގެ ވާހަކައިގައި (كتاب) މި ލަފުޒުގެ އަކުރުތައް ތަކުރާރުވެފައިވަނީ 60 ފަހަރުއެވެ.
- ހުދުހުދުގެ ވާހަކައިގައި النبأ މި ލަފުޒުގެ އަކުރުތައް ތަކުރާރުވެފައިވަނީ 60 ފަހަރުއެވެ. النبأ އަކީ القرآن ގެ ނަންތަކުގެ ތެރޭގައި ހިމެނޭ ނަމެކެވެ.
- ޔަމަނުގެ އެންމެ މަޝްހޫރު ރަސްކަން އޮތީ ސަބައުގެ ރަސްކަމުގައެވެ. (اليمن) މި ކަލިމައިގެ އަކުރުތައް ތަކުރާރުވެފައި މިވަނީ 120 ފަހަރުއެވެ. އެއީ 60 + 60 އެވެ.
- النمل ސޫރަތަކީ މުޞްޙަފުގެ ތަރުތީބުން 27 ވަނަ ސޫރަތެވެ. މި ސޫރަތުގެ އާޔަތްތަކުގެ ޢަދަދަކީ 93 އެވެ. ވީމާ ޖުމުލައަކީ 120އެވެ. އެއީ 60 + 60އެވެ.
ހަނދާން ބަހައްޓާށެވެ!
- ހުދުހުދުގެ ވާހަކަ އައިސްފައިވާ އާޔަތްތަކުގެ ތަރުތީބީ ވަނަތަކުގެ ޖުމުލައަކީ 120 އެވެ.
- މުޞްޙަފުގެ ފެށޭ ކޮޅުން ބަލާ އިރު 120ވަނަ އާޔަތަކީ البقرة ސޫރަތުގެ 113ވަނަ އާޔަތެވެ. އެއީ ((وَقَالَتِ الْيَهُودُ لَيْسَتِ النَّصَارَى عَلَى شَيْءٍ وَقَالَتِ النَّصَارَى لَيْسَتِ الْيَهُودُ عَلَى شَيْءٍ وَهُمْ يَتْلُونَ الْكِتَابَ كَذَلِكَ قَالَ الَّذِينَ لَا يَعْلَمُونَ مِثْلَ قَوْلِهِمْ فَاللَّهُ يَحْكُمُ بَيْنَهُمْ يَوْمَ الْقِيَامَةِ فِيمَا كَانُوا فِيهِ يَخْتَلِفُونَ)) މި އާޔަތަކީ މުޞްޙަފުގެ ފެށޭކޮޅުން 120 ވަނަ އާޔަތެވެ.
(الهدهد) މި ލަފުޒުގެ އަކުރުތަކަށް ބަލައިލަމާހިނގާށެވެ!
- މި އާޔަތުގައި ا ތަކުރާރުވެފައި މި ވަނީ 19ފަހަރުއެވެ.
- މި އާޔަތުގައި ل ތަކުރާރުވެފައި މި ވަނީ 23 ފަހަރުއެވެ.
- މި އާޔަތުގައި هـ ތަކުރާރުވެފައި މި ވަނީ 14 ފަހަރުއެވެ.
- މި އާޔަތުގައި د ތަކުރާރުވެފައި މި ވަނީ 4 ފަހަރުއެވެ.
- ލަފުޒު (الهدهد) ގެ އަކުރުތައް ތަކުރާރުވެފައި މި ވަނީ 60 ފަހަރުއެވެ.
މި ހުރިހާ ޙަޤީޤަތަކާ އެކުގައި ވެސް ބޯހަރު ބަޔަކު އިންކާރުކުރުން ހުއްޓައެއް ނުލައެވެ. މި ބައިމީހުންނަށް އިތުރު ދަލީލެއް ދައްކައިލަމާ ހިނގާށެވެ!
البقرة ސޫރަތުގެ 120 ވަނަ އާޔަތަށް ދަމާހިނގާށެވެ! އެއީ ((وَلَنْ تَرْضَى عَنْكَ الْيَهُودُ وَلَا النَّصَارَى حَتَّى تَتَّبِعَ مِلَّتَهُمْ قُلْ إِنَّ هُدَى اللَّهِ هُوَ الْهُدَى وَلَئِنِ اتَّبَعْتَ أَهْوَاءَهُمْ بَعْدَ الَّذِي جَاءَكَ مِنَ الْعِلْمِ مَا لَكَ مِنَ اللَّهِ مِنْ وَلِيٍّ وَلَا نَصِيرٍ)) އެވެ.
ކީރިތި ޤުރްއާނުގެ 120 ވަނަ ޢަދަދު ލިބިފައިވާ އާޔަތަކީ މި މި އާޔަތް ކަމާމެދު އެއްވެސް ޝައްކެއް ނެތެވެ. މި އާޔަތުގައި ލަފުޒު(الهدهد)ގެ އަކުރުތައް ތަކުރާރުވެފައިވާ ގޮތަށް ބަލައިލާށެވެ!
- މި އާޔަތުގައި ا ތަކުރާރުވެފައި މި ވަނީ 16 ފަހަރުއެވެ.
- މި އާޔަތުގައި ل ތަކުރާރުވެފައި މި ވަނީ 18 ފަހަރުއެވެ.
- މި އާޔަތުގައި هـ ތަކުރާރުވެފައި މި ވަނީ 18 ފަހަރުއެވެ.
- މި އާޔަތުގައި د ތަކުރާރުވެފައި މި ވަނީ 8 ފަހަރުއެވެ.
- ވީމާ ލަފުޒު (الهدهد) ގެ އަކުރުތައް މި އާޔަތުގައި ތަކުރާރުވެފައި މި ވަނީ 60 ފަހަރުއެވެ.
އިތުރަށް ބަލައިލަމާ!
މުޞްޙަފުގެ ފެށޭކޮޅުން 60ވަނަ ކަލިމައަށް ދާށެވެ! البقرة ސޫރަތުގެ ފަސްވަނަ އާޔަތަށް ދަމާހިނގާށެވެ! އެއީ ((أُوْلَئِكَ عَلَى هُدًى مِنْ رَبِّهِمْ وَأُوْلَئِكَ هُمُ الْمُفْلِحُونَ ))އެވެ. 60 ވަނަ ކަލިމައަކީ މި އާޔަތުގެ (هُدًى) އެވެ. މި ކަލިމައިގެ ފުރަތަމަ އަކުރު (هـ )އަކީ މުޞްޙަފުގެ ފެށޭކޮޅުން 281 ވަނަ އަކުރެވެ. އެއީ 60 ވަނަ ފުރަ ޢަދަދެވެ.
سبحانك ربّي!
- هـ އަކީ އަލިފުބާ ތަރުތީބުގެ 26 ވަނަ އަކުރެވެ.
- މުޞްޙަފު ތަރުތީބުން 60 ވަނަ ސޫރަތަކީ الممتحنة ސޫރަތެވެ. މި ސޫރަތުގެ އަކުރުތަކުގެ ޢަދަދަކީ 1560 އެވެ. އެއީ 60 × 26 އެވެ. 26 އަކީ އަލިފުބާ ތަރުތީބުން هـ ގެ ވަނައެވެ. އަދި ކިއެއްހެއްޔެވެ؟ ހުދުހުދުގެ ވާހަކަ ނިމެނީ 26 ވަނަ އާޔަތަށެވެ. (( اللَّهُ لَا إِلَهَ إِلَّا هُوَ رَبُّ الْعَرْشِ الْعَظِيمِ )) އަށެވެ.
- (القرآن) މި ކަލިމައިގެ އަކުރުތައް الممتحنة ސޫރަތުގައި 660 ފަހަރު ތަކުރާރުވެފައިވެއެވެ.އެއީ 60 × 11 އެވެ.
- النمل ސޫރަތުގެ ކަލިމަތަކުގެ ޢަދަދަކީ 1160 އެވެ. އެއީ (60 × 11) ބައްޓަމެވެ.
(ނުނިމޭ)