ad_banner
އަސްލު ސަބަބު ނައްތައިނުލައި މެދުއިރުމައްޗަށް ހަމަޖެހުން ގެންނާނީ ކިހިނެއް؟

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

10 ޖުލައި 2025

ރަތްކަނޑުން އިސްރާއީލަށް މުދާ ގެންދިޔަ ސައިބީރިއާގެ ދިދަނެގި ގްރީސްގެ ބޯޓެއް ފައްތައިލުން

ލުބުނާނުގައި ޙަރަކާތްތެރިވާ މުޖާހިދުންގެ ޖަމާޢަތެއްކަމަށްވާ ޙިޒްބުاللهއާއި ޔަހޫދީންނާ ދެމެދު މި ދިޔަ އަހަރުގެ ތެރޭގައި ވަރުގަދަ ހަނގުރާމައެއް ކޮށްފައިވެއެވެ. އެ ހަނގުރާމަ ނިމުމަކަށް އައީ އެ އަހަރު ނޮވެންބަރު މަހުގެ ތެރޭގައި އެމެރިކާ މެދުވެރިވެރިއެއްގެ ދައުރު އަދާކޮށްގެން އެއްބަސްވި ހަނގުރާމަ ހުއްޓައިލުމުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެ އެއްބަސްވުމުގައި އިސްރާއީލުގެ ލަސްކަރު ލުބުނާނުން ފެއިބުމާއި ޙިޒްބުاللهގެ ހަނގުރާމަވެރީން ލީޠާނީ ކޯރުގެ އުތުރަށް ބަދަލުކުރުމަށް އެއްބަސްވެފައިވެއެވެ.

ދެކުނު ލުބުނާނުގެ ފަސް ސަރަޙައްދެއް އަދިވެސް އޮތީ އިސްރާއީލުގެ ބާރުގެ ދަށުގައެވެ. އެ ތަނަށް އަތްގަދަކޮށްގެން ތިބެ، ކޮންމެ ދުވަހަކު ވެސް އިސްރާއީލުން ލުބުނާނަށް ވައިގެ ޙަމަލާތައް ދެއެވެ. ޙިޒުބުﷲ ނައްތައިލުމުގެ ނަމުގައި ދޭ މި ފަދަ ގިނަ ޙަމަލާތައް އަމާޒުވެފައިވަނީ މަދަނީންނަށެވެ. ސުލްހައިގެ އެއްބަސްވުމެއް އެކުލަވައިލި ފަހުން ވެސް، 250އަށް ވުރެ މަދު ނޫން ޢަދަދެއްގެ މީހުން އިސްރާއީލުންގެ ރަޙުމް ކުޑަ އަނިޔާވެރި ޙަމަލާތަކުގައި ޝަހީދުކޮށްލައިފައިވެއެވެ.

އިސްރާއީލު މީހުންނަކީ ޔަހޫދީންނަށް ހެދިގެން މިއަދު އުޅޭ ބައިގަނޑެކެވެ. ހަގީގަތުގައި އެ މީހުންނަކީ ދުނިޔޭގެ އެތަންމިތަނުން އައިސް ފަލަސްޠީނުގެ ބިމަށް ވެރިވެގަނެގެން އިސްރާއީލޭ ނަންދީގެން ދައުލަތެއް ހަދައިގެން އުޅޭ މަކަރުވެރި ފަސާދަވެރި ބަޔެކެވެ. އެއީ ހަގީގަތުގައި ޔަހޫދީންނެއް ވެސް ނޫނެވެ. އެ މީހުން އަމިއްލައަށް ހަދައިގެން (މުޤައްދަސް ފޮތެކޭ ކިޔައިގެން) އުޅޭ ފޮތުގައި ލިޔެފައި އޮންނަ ގޮތުން އެ މީހުން ފިޔަވައި އެހެން އެންމެންގެ މައްޗަށް ހިގާން ޖެހޭނީ އެ މީހުންގެ އަމުރާއި ބާރެވެ. އެހެންކަމުން އެއްބަސްވުމެްގައި ސޮއިކުރިޔަސް އެއަށް ޢަމަލުކުރާން ޖެހޭނީ އެހެން މީހުންނެވެ. އެ މީހުންނަށް އެ މީހުން ބޭނުން ކަމެއް ކުރެވޭނެއެވެ. އެ މީހުން ފިޔަވައި އެހެން މީހުންނަކީ ހަގީގީ އިންސާނުންނެއް ވެސް ނޫނެވެ. ފަލަސްޠީނު ރައްޔިތުންނަށް ނިސްބތްކޮށް އެއީ ޖަނަވާރު އިންސާނުން (އެނިމަލް ހިޔުމަން) ކިޔަނީ އެހެންވެގެންނެވެ.

މި ވިސްނުމާއި ފަލްސަފާއަށް ބަލާ އިރު، ޙިޒުބުﷲއާ އެކު، ހަދައިފައިވާ އެއްބަސްވުމަކަށް ވެސް އެ މީހުން ޢަމަލުކުރާކަށް ނުޖެހޭނެއެވެ. ނަމަވެސް ޙިޒުބުﷲއިން ޢަމަލުކުރާން ޖެހޭނެއެވެ. އެ މީހުން ބޭނުން ވަގުތަކު ބޭނުން ބަޔަކަށް ޙާމަލާދެވޭނެއެވެ. އެހެން ބަޔަކު އޭގެ ރައްދު ވެސް ދީގެނެއް ނުވާނެއެވެ. އެހެންކަމުން ޙަމަލާތައް ހުއްޓައިލާން ޙިޒުބުﷲއަށް އެމެރިކާއިން ވެސް އިސްރާއީލުން ވެސް ގޮވައިލަނީއެވެ. އަދި ލުބުނާނުގެ ސަރުކާރުންނާއި އަސްކަރިއްޔާއިން ވެސް ގެންދަނީ ޙިޒްބުاللهގެ އަސްކަރީ ފައުޖުތައް ދެކުނު ލުބުނާނުން އެހެން ސަރަޙައްދުތަކަށް ބަދަލުކުރާން މަސައްކަތްކޮށް އެކަމަށް ބާރުއަޅަމުންނެވެ.
ޙިޒްބުاللهއިން ހަތިޔާރު ބެހެއްޓުމަށް އެމެރިކާއާއި އިސްރާއީލުންނާއި ލުބުނާނުގެ ރަސްމީ އިދާރާތަކުން ގޮވައިލަމުންދާ ގޮވައިލުންތަކުގެ އަޑު މިހާރު ވަނީ އިތުރަށް ގަދަވެފައެވެ. އެ ފަރާތްތަކުން މިހެން ގޮވައިލަނީ ހަތިޔާރު ގެންގުޅޭން ޖެހޭނީ ހަމައެކަނި ދައުލަތުގެ އަސްކަރިއްޔާއިންކަމަށް ބުނަމުންއެވެ. އިސްވެ ދެންނެވި ހަނގުރާމައިގެ ފަހުން ލުބުނާނަށް އައި އާ ސަރުކާރުން ވެސް ބުނަނީ ހަތިޔާރު ގެންގުޅޭންޖެހޭނީ ހަމައެކަނި ދައުލަތުގެ އަސްކަރިއްޔާއިންކަމަށެވެ. އެހެންކަމުން ހަތިޔާރު ބަހައްޓާން ސަރުކާރުން ވެސް ޙިޒުބުﷲއަށް ގެންދަނީ ފިއްތުންތައް ކުރިމަތިކުރަމުންނެވެ. ހަމަ މި ފަދައިން ޙަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމާ އެއް ގޮތަށް ޢަމަލުކުރާން ލުބުނާނު ސަރުކާރުން އިސްރާއީލަށް ވެސް ގޮވައިލައެވެ.

ނަމަވެސް ޙިޒުބުﷲ އޮތީ ވެސް ދޫދޭ ގޮތަކަށް ނޫނެވެ. އެ މީހުން ބުނަނީ ޢުދުވާނުތައް ހުއްޓައިލާން ފުރަތަމަ  ޖެހޭނީ އިސްރާއީލުންކަމަށެވެ. ޙިޒުބުﷲއިން ހަތިޔާރު ބަހައްޓާން ނުވަތަ އަމާންދޭ ވާހަކަ ދެއްކޭނީ އޭގެ ފަހުންކަމަށެވެ.
ޙިޒްބުاللهގެ އިސްވެރިޔާ، ނަޢީމް ޤާސިމް ޓީވީ މެދުވެރިކޮށް ދެއްވި ވީޑިއޯ ޚިޠާބެއްގައި ވިދާޅުވީ ޙިޒުބުﷲއަށް އިންޒާރު ދިން ނަމަވެސް އެ މީހުން އަމާނެއްނުދޭނެކަމަށެވެ. އޭނާ ވިދާޅުވީ ޙިޒްބުاللهގެ ހަނގުރާމަވެރީންނެއް ހަތިޔާރެއްނުބަހައްޓާނެކަމަށާއި ފުރަތަމަ ޖެހޭނީ އިސްރާއީލުގެ ޢުދުވާންތައް ހުއްޓައިލާންކަމަށެވެ.

މި ހުރިހައި ކަންތައްގަނޑެއްގެ އަސްލު ސަބަބާ މެދު، ވިސްނާކަށް ވެސް ވާހަކަދައްކާކަށް ވެސް އިސްރާއީލާއި އެމެރިކާއަކުން ބޭނުމެއް ނުވެއެވެ. މި ހުރިހައި ހަމަނުޖެހުމެއްގެ އަސްލު މަސްދަރަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފަށް ފަލަސްތީނުގެ ބިން ފޭރިގަނެ، އެ ބިމުން ފަލަސްޠީނު ރައްޔިތުން ނެރެ ބޭރުކޮށްލާން ހިންގާ އަނިޔާވެރި ޢަމަލުތަކެވެ. ފަލަސްޠީނުގެ ޣައްޒާ ފޭރިގަންނާން އިސްރާއީލުން ދެމުން ގެންދާ ޢުދުވާނީ ޙަމާލާތައް ހުއްޓައިލުމަށް ބާރުއެޅުމުގެ ގޮތުން ޔަމަންގެ ޙޫޘީން އިސްރާއީލަށް ދެމުންގެންދާ ޙަމަލާތަކަށް އެމެރިކާއިން ރައްދު ދޭ އިރު، އިސްރާއީލު ހުއްޓުވުމުގެ ބަދަލުގައި އެމެރިކާއިން މަދަދުވެރިވަނީ އިސްރާއީލުގެ ޢުދުވާނު ކުރިއަށް ގެންދާށެވެ. އަދި މަސައްކަތްކުރަނީ އެހެން މީހުން އިސްރާއީލަށް ދޭ ޙަމަލާ ހުއްޓުވާށެވެ.

ފަލަސްޠީނުގެ ޣައްޒާގައި ހިންގާ ނަސްލުހޭދުގައި 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޔަހޫދީން ދޭން ފެށި ލާއިންސާނީ ޢުދުވާނީ ޙަމަލާތަކާ ގުޅިގެން އެ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ޙޫޘީން ވަނީ ޣައްޒާގެ ރައްޔިތުންނާ އެކު ވާކަމަށް ބުނެ ޔަހޫދީންނާ ގުޅުން ހުރި އާގުބޯޓުފަހަރުތަކަށް ޙަމަލާ ދޭން ފަށައިފައެވެ. އޭގެ ތެރޭގައި އެމެރިކާގެ ބޯޓުފަހަރު ވެސް ހިމެނެއެވެ. އެ ގޮތުން 2023ވަނަ އަހަރުގެ ނޮވެންބަރު މަހާއި މި އަހަރުގެ ޖަނަވަރީ މަހާ ދެމެދު ޙޫޘީން ވަނީ އާގުބޯޓުފަހަރު ދަތުރުކުރާ މައި މަގުތަކަށް އަމާޒުކޮށް 100އަށް ވުރެ ގިނަ ޙަމަލާ ދީފައެވެ. އެ ޙަމަލާތަކުގައި ދެ އުޅަނދު ފައްތައިލައި އިތުރު އުޅަނދެއް ވަނީ ޙޫޘީންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މި ޙަމަލާތަކުގެ ސަބަބުން ބައިނަލްއަޤްވާމީ ވިޔަފާރިއަށް ބުރޫއަރައި ބޯޓުފަހަރު ދަތުރުކުރާ މަގު ބަދަލުކުރުމަށް މަޖުބޫރުވިއެވެ. އޭގެ ސަބަބުން މުދާ އުފުލާ ބޯޓުފަހަރު ދަތުރުކުރާން ޖެހޭ މަގު ދިގުވެ، ދަތުރުތަކަށް ހިނގާ ޚަރަދު ވެސް އިތުރުވެފައި ވެއެވެ.

ޙޫޘީންގެ ޙަމަލާތައް މި ދޭތެރެއަކުން މަޑުޖައްސައިލައިފައި އޮތީ އެމެރިކާއާ އެކު ހެދުނު ޑީލެއްގެ ދަށުންނެވެ. ނަމަވެސް އިސްރާއީލުން ޣައްސާގައި ހިންގާ ނަސްލުހޭދު އިންތިހާއަށް އިތުރުކުރުމާ ގުޅިގެން ޙޫޘީން ވެސް އަނެއްކާ މި ވަނީ އިސްރާއީލަށް މުދާ އުފުލާ ބޯޓުފަހަރަށް ޙަމަލާދޭން ފަށައިފައެވެ.

ލައިބީރިޔާގެ ދިދަނަގައިގެން ރަތްކަނޑުން ދަތުރުކުރި ގްރީސްގެ މުދާ އުފުލާ ބޯޓަކަށް އިހައްދުވަހަކު ޙޫޘީން ޙަމަލާދީ އެ ބޯޓު ފައްތައިލިއެވެ. އެ ބޯޓަކީ އިސްރާއީލަށް މުދާ އުފުލައިދޭ ބޯޓެކެވެ.

އެޓާނިޓީ ސީގެ ނަމުން ނަންދީފައިވާ މުދާ އުފުލާ މި ބޯޓު ދަތުރުކުރަމުން ދިޔައީ ރަތްކަނޑުންނެވެ. އެ ބޯޓަށް ޙަމަލަދޭން ޙޫޘީން ތަފާތު ގިނަ ހަތިޔާރު ބޭނުންކޮށްފައިވެއެވެ. އެ ހާދިޘާގައި ބޯޓުގެ ހަތަރު ފަޅުވެރީން މަރުވެފައިވެއެވެ. އިތުރު ދެ މީހަކު ޒަޚަމުވެސްވިއެވެ. ފެތެމުން ދިޔަ އުޅަނދުން މިހާ ތަނަށް ހަ މީހުން ސަލާމަތްކޮށްފައި ވިޔަސް އިތުރު 15 މީހަކު އަދި ވަނީ ނުފެނިއެވެ.

ކޮމެންޓު
ކޮމެންޓުތައް
އިބްރާހީމް
11 ޖުލައި 2025 06:05
ފަލަސްތީނުގެ ރައްޔިތުން ޟަހީދުކުރަމުން ގެންދާ އިރު އަރަބި އިސްލާމީ އުންމަތުގެ ގިނަ ޤައުމުތަކުން އެތިބީ ބަސްބުނުމުގެ ޤާބިލުކަން ނެތިގެންތޯއެވެ.