ad_banner
އެމެރިކާ ދައްކާހައި ބިރަކަށް އީރާނަކުން ނުސިހޭނެ.

އަބާ މުޙަންމަދު

3 ޖުލައި 2025

އީރާޏުން އދ.އަށް ކަނޑައަޅުއްވައިފައި ހުންނަވާ ޚާއްސަ މަންދޫބު ސަޢީދު އިރަވާނީ

އދ.ގެ އެޓޮމިކް ހަކަތައާބެހޭ ބައިނަލްއަޤްވާމީ އިދާރާ، އައިއޭއީއޭއާ އޮންނަ ގުޅުން ކަނޑައިލުމަށް އެއްވެސް ފިޔަވަޅެއް ނޭޅުމަށާއި، ޤާނޫނީ ގޮތުން ދޭން ލާޒިމުވާ އެއްބާރުލުން އެ އިދާރާއަށް ދޭން ވިލާތުގެ ބޮޑެތި ބާރުތަކުން އީރާނަށް ގޮވާލައިފައި ވަނިކޮށް އައިއޭއީއޭއަށް އެއްބާރުލުން ދިނު މަނާކުރާ ގާނޫނެއް އީރާނުން ފާސްކޮށް އެ ޤާނޫނު އީރާނުގެ ރައީސް ތަސްދީގުކުރުމުން އީރާނުގެ ހިތްވަރުގަދަކަމާއި ދުނިޔޭގެ ބާރުތަކުގެ ކުރިމަތީގައި އެ މީހުން ކުޑަކަކޫ ނުޖަހާނެކަން ދުނިޔެއަށް ސާބިތުވާނެއެވެ.

އީރާނުން ނިއުކްލިއާ މުއްސަނދިކުރުން [ދުވަހަކުވެސް ނުހުއްޓާނެ]ކަމަށް އެ ގައުމުން އދ.އަށް ކަނޑައަޅުއްވައިފައި ހުންނަވާ ދާއިމީ މަންދޫބު ސައީދު އިރަވާނީ ވަނީ މި ހަފުތާގެ ކުރީކޮޅު ވިދާޅުވެފައެވެ. އެކަމަކު ތެހެރާން އޮތީ މަޝްވަރާތަކަށް ތައްޔާރަށްކަމަށާއި ނަމަވެސް ޓުރަންޕު ބުނާ ގޮތަށް [ޝަރުތުތަކާ ނުލައި ނިޔުކުލިއަރު ޕރޮގްރާމް ހުއްޓައިލުމަކީ މަޝްވަރާއެއް ނޫން]ކަމަށެވެ.

އދ.ގައި ހުންނަވާ އީރާނުގެ ސަފީރު އަމީރު ސައީދު އިރާވާނީ ހުކުރު ދުވަހު ވިދާޅުވީ އިސްލާމީ ޖުމްހޫރިއްޔާގެ ނިއުކްލިއާ މުއްސަނދިކުރުން "ދުވަހަކުވެސް ހުއްޓާނުލާނެ" ކަމަށާއި އެއީ ނިއުކްލިއާ ހަތިޔާރު ނުއުފެއްދުމާ ބެހޭ މުއާހަދާގެ ދަށުން "ސުލްހަވެރި ހަކަތަ" ގެ ބޭނުމުގައި އީރަނަށް ވެސް ހުއްދަ ކަމެއްކަމަށެވެ.

[[ޔޫރޭއިއަމް] މުއްސަނދިކުރުމަކީ އަޅުގަނޑުމެންގެ ހައްގެކެވެ. ނިގުޅައިނުގަނެވޭނެ ހައްގެއް]ކަމަށާއި [އަދި މި ހައްގު ތަންފީޒުކުރާން އީރާނުން ބޭނުންވެއެވެ.] ސީބީއެސް ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައި އިރާވާނީ ވިދާޅުވެފައި ވެއެވެ.

އީރާން މަޝްވަރާތަކަށް ތައްޔާރަށް އޮތް ނަމަވެސް [ޝަރުތުތަކާ ނުލައި ހުއްޓައިލާން ބުނުމަކީ މަޝްވަރާއެއް ނޫންކަމަށާޢި އެއީ އަޅުގަނޑުމެންނާ މެދު ޚުދުމުޚުތާރު ސިޔާސަތެއް ގެންގުޅުން]ކަމަށް އޭނާ ވިދާޅުވިއެވެ.

އެކަމަކު އިރަވާނީ ވިދާޅުވީ ތެހެރާން އޮތީ މަޝްވަރާކުރާން ތައްޔާރަށް ނަމަވެސް އިސްރާއީލުގެ ޢުދުވާނަށް ފަހު އެއީ މަޝްވަރާގެ އާ ބުރަކަށް އެކަށީގެންވާ ޝަރުތެއް ނޫންކަމަށާއި ރައީސާ ބައްދަލުކޮށް މަޝްވަރާކުރާން އެއްވެސް ބަޔަކު އެދިފައި ނުވާ ކަމަށެވެ.

އދ.ގެ އައިއޭއީއޭގެ އިންސްޕެކްޓަރުން މިހާރު އީރާނުގައި ތިބި ނަމަވެސް އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް ވަދެވޭނެ ގޮތެއް ނެތެވެ.

އައިއޭއީއޭގެ ވެރިޔާ ހައްޔަރުކޮށް މަރާލުމަށް ގޮވައިލާ ގޮވާލުންތައް ކުށްވެރި ކުރައްވަންތޯ ސީބީއެސް ނިއުސްގެ އެންކަރު މާގަރެޓް ބްރެނާން ސުވާލުކުރުމުން އިރަވާނީ ވިދާޅުވީ އޭނާއަށް [އެއްވެސް ނުރައްކަލެއް ނެތް]ކަމަށާއި [އީރާނުގައި، އެމީހުން ތިބީ ރައްކާތެރި ހާލަތެއްގައި]ކަމަށެވެ. އީރާނުން ގްރޮސީ ސިފަކޮށްފައި ވަނީ ޔަހޫދީންގެ އޭޖެންޓެއްގެ ގޮތުގައެވެ. އަދި ގްރޮސީއަކީ ޔަހޫދީންގެ ޖާސޫސީ އިދާރާ، މޮސާޑާ ގުޅުންހުރި މީހެއްކަމަށް ވަނީ ތުހުމަތުކޮށްފައެވެ.

ޑިޕްލޮމެޓިކް ހައްލަކަށް ހުށަހެޅި ހުށަހެޅުންތައް ތެހެރާނުން ބަލައިނުގަތީ ކީއްވެގެންތޯ ކުރި ސުވާލަށް ވެސް އިރާވާނީ ޖަވާބު ދެއްވި އެވެ. [ޝަރުތުތަކާ ނުލައި] ނިޔުކުލިއަރު މަޝްރޫޢު ހުއްޓައިލާން ޓުރަންޕު ފިއްތާ ފިއްތުންތަކަށް އިޝާރާތްކުރައްވައި އިރަވާނީ ވިދާޅުވީ އެމެރިކާއިން [އަހަރެމެންނާ މެދު ޚުދުމުޚުތާޜު ސިޔާސަތެއް ގެންގުޅޭ]ކަމަށެވެ. އަދި މަޝްވަރާއަށް ތައްޔާރަށް ތިބި ނަމަ، އެ ކަމަށް އީރާނުން ތައްޔާރަށް އޮތް ތަން ފެންނާނެކަމަށާއި އެކަމަކު ޚުދުމުޚުތާރުކަން ދައްކާން ބޭނުން ނަމަ އެމީހުންނާ އެކު އެއްވެސް މަޝްވަރާއެއް ކުރުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިރާވާނީ ތަކުރާރުކޮށް ވިދާޅުވެފައިވަނީ އީރާނުން މަދަނީ ބޭނުންތަކަށް ޔޫރޭނިއަމް ފައްކާކުރުމުގެ ހައްގު ދޫކޮށްނުލާނެކަމަށާއި އެއީ އެމެރިކާއިން ދެކޮޅު ހަދާކަމެއްކަމަށެވެ.

އިރާވާނީ މިހެން ވިދާޅުވެފައި މި ވަނީ އެމެރިކާ ހިމެނޭ ގޮތަށް ހުޅަނގުގެ ގައުމުތަކުން އީރާނުން ނިއުކްލިއާ ޕްރޮގްރާމްގެ މަޝްވަރާތައް އަލުން ފެށުމަށް ބާރުއަޅަމުން ދަނިކޮށް، އެމެރިކާއިން އީރާނުގެ ތިން މަރުކަޒަކަށް ހަމަލާދިންތާ ހަފުތާއެއްހާ ދުވަސް ފަހުންނެވެ.

ސީބީއެސްއަށް ދިން އިންޓަވިއުއެއްގައި ގްރޮސީ ބުނެފައިވަނީ އީރާނަށް މަދު މަސްތަކެއްގެ ތެރޭގައި ޔޫރޭނިއަމް ފައްކާކުރާން ފެށޭނެކަމަށް ބެލެވޭކަމަށެވެ. މިއީ އެމެރިކާއާއި އީރާނުގެ ޚުދުމުޚުތާރު ވެރީންނަށް ކެތްވާ ވަރުގެ ކަމަކަށް ނުވެއެވެ.

އެހެންނަމަވެސް ހުޅަނގާއި އެމެރިކާގެ ފިއްތުންތަކަށް ބީރު ކަންފަތެއް ދީ އީރާނުން ބުނަނީ ޔޫރޭނިއަމް ފައްކާކުރުމުގެ ހައްގު އެ ގައުމުން ދޫކޮށްނުލާނެކަމަށެވެ.

 

ކޮމެންޓު