ad_banner
ލަދުން ސަލާމަތްވުމަށް ޓަކައި އީރާނުގެ ނިޔުކުލިއަރު ޕްރޮގްރާމަށް ޓުރަންޕު އެހީވަނީ!

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

30 ޖޫން 2025

ފޮކްސް ނިއުސް އަކީ ޓުރަންޕާ ގާތް ގުޅުމެއް އޮންނަ ޓީވީ ޗެނަލެކެވެ.

މިއަދު އީރާނަކީ، އެމެރިކާއާއި އިސްރާއީލުގެ ސިޔާސީ އަދި މީޑިއާގެ ދާއިރާގައި ބަހުސްކުރެވޭ އެންމެ މުހިންމު މައުޟޫޢަށް ވަނީ ވެފައެވެ. އީރާނަށް ލިބިފައިވާ މިސައިލުހެދުމުގެ ގާބިލުކަމާއި ނިޔުކުލިޔަރު ފައްކާކުރުމުގެ ގާބިލުކަން ނައްތައިލައި އެ މީހުން ގިއްގަޅުވައިލައި އެމެރިކާގެ ކުރިމަތީގައި ކުޑަކަކޫޖަހާން ޖެހޭ ގައުމަކަށް ހެދުމަށް ޓަކައި އީރާނުގެ އިސް ވެރިޔާ ޢަލީ ޚާމަނާއީ ޝަހީދުކޮށްލުމުގެ ބޭނުމުގައި ވަރަށް ބޮޑަށް ރާވައިގެން ދިން ޙަމަލާއިން އެ މަގުސަދު ހާސިލެއް ނުވިއެވެ. މި ކަމުގެ ސަބަބުން އެމެރިކާއާއި އިސްރާއީލަށް މަލާމާތް ރައްދުވެފައިވާތީ، އެ ބަދުނާމުން ސަލާމަތްވުމަށް ޓަކައި ޓުރަންޕާއި ނަތަންޔާހޫ އަންނަނީ ގިނަގުނަ މަސައްކަތްތަކެއްކުރަމުންނެވެ. އަދި ދުނިޔޭގެ އެންމެ ބޮޑު ބާރުކަމަށް ދަޢުވާކުރާ އެމެރިކާއަށް އީރާނު ގިއްގަޅުވައިނުލެވުނީތީ، އީރާނަށް އަންނަނީ ދުނިޔޭގެ ތަޢުރީފު ލިބެމުންނެވެ. އެ ގައުމުގެ ހައިބަތު ވަނީ ދުނިޔޭގައި އުފުލިފައެވެ.  

އާދޭހެވެ! އީރާނާއި އިސްރާއީލާ ދެމެދު ހިނގި 12 ދުވަހުގެ ހަނގުރާމަ ނިމުމުން އީރާނަށް ނިއުކްލިއަރު ހަތިޔާރާ ހަމައަށް ދެން އީރާނަކަށް ނުދެވޭނެކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނާ ބުނުން އާދީއްތަދުވަހު ވެސް ވަނީ ތަކުރާރުކޮށްފައެވެ.

[ފޮކްސް ނިއުސް]ގެ ޚާއްޞަ ޕްރޮގްރާމެއްކަމަށްވާ [ސަންޑޭ މޯނިންގ ފިއުޗާރސް ވިތު މާރިއާ ބާޓިރޯމޯ]ގައި ޓްރަމްޕް ބުނެފައި ވަނީ ޖޫން 13 ވަނަ ދުވަހު އިސްރާއީލުން އީރާނަށް ހަމަލާ ދިން އިރު އީރާނުން އޮތީ ނިޔުކުލިއަރު ހަތިޔާރު އުފެއްދުމާ [ހަފުތާތަކަކާ] ކައިރީގައިކަމަށެވެ.

ނަމަވެސް އެމެރިކާގެ ޖާސޫސީ އިދާރާއާއި އދ.އިން ވެސް ކުރީން ބުނެފައިވަނީ އީރާނުގެ ނިއުކްލިއާ ޕްރޮގްރާމަކީ ހަމައެކަނި އެ ގައުމުގެ މަދަނީ ބޭނުމަށް ހިންގާ ޕްރޮގްރާމެއްކަމަށެވެ.

އަދި އެމެރިކާގެ ބޮންއަޅާ ބޯޓުތަކުން އީރާނުގެ ނިޔުކުލިޔަރު މަރުކަޒުތައް "ނައްތައިލި"ކަމަށް ޓުރަންޕު ބުނެފައިވާ އިރު، ހަމަލާތަކާ ގުޅިގެން ޖާސޫސީ މަސްދަރުތަކާ ހަވާލާދީ ބޮޑެތި ބައެއް ނޫސް އެޖެންސީތަކުން ބުނެފައި ވަނީ އެމެރިކާގެ ހަމަލާތަކުގެ ސަބަބުން އެތަންތަން ހަލާކުވެފައި ނުވާ ކަމަށެވެ.

ނިއުކްލިއަރު ތަރައްގީކުރާ ޔޫރޭނިއަމްގެ ބޮޑު ބައެއް ހުންނަ ފޫރްދޫ ޕްލާންޓަށް ލިބިފައިވަނީ ކިހައިވަރެއްގެ ގެއްލުމެއްކަމެއް އަދި ސާފުވެފައިނުވާ ކަމަށް އިންޓަނޭޝަނަލް އެޓޮމިކް އެނަރޖީ އެޖެންސީ (އައިއޭއީއޭ)އިން އިއްޔެ (ހޯމަ ދުވަހު) ބުނެފައި ވެއެވެ.

ހުކުރު ދުވަހު އައިއޭއީއޭގެ ވެރިޔާ ރަފައަލްޤުރައިޝީ ވިދާޅުވީ އީރާނުން ޔޫރޭނިއަމް މުއްސަނދިކުރާން މަސްތަކެއްގެ ތެރޭގައި އަލުން ފެށުމުގެ ގާބިލުކަން އެބަ ހުރިކަމަށް ވިދާލުވެފައެވެ. ހަފުތާ ބަންދުގައި ޓުރަންޕު ބުނެފައި ވަނީ އެމެރިކާއިން އީރާނަށް ދިން ހަމަލާތަކުގެ ސަބަބުން އީރާނުގެ ނިއުކްލިއަރު އުންމީދުތައް "ދިހަވަރަކަށް އަހަރު" ފަހަތަށް ވެއްޓިފައިވާ ކަމަށެވެ.

މިދިޔަ މަހު އައިއޭއީއޭގެ ރިޕޯޓެއްގައިވާ ގޮތުން އީރާނުގައި 60 އިންސައްތައާ ހަމައަށް ސާފުކޮށްފައިވާ 400 ކިލޯ (880 ރާތާ)އަށް ވުރެ ގިނަ ޔޫރޭނިއަމް މުއްސަނދިކޮށްފައިވާކަމަށާއި މިއީ ނިޔުކުލިއަރު ހަތިޔާރު އުފައްދާ ނަމަ، ގާތްގަނޑަކަށް 90 އިންސައްތަ އެ ކަމާ ގާތަށް ދެވިފައިވާ މިންވަރެއްކަމަށެވެ.

އީރާނުން މަދަނީ ބޭނުންތަކަށް ތަރައްގީކުރަމުން އައި ޔުރޭނިއަމް ތަރައްގީކުރާ މަރުކަޒުތަކަށް ބައިނަލްއަގުވާމީ މާހިރުންނަށް ވެދެވޭ ގޮތަށާއި ނިޔުކުލިއަރު ހަތިޔާރު ނަހަދާނެކަމަށް އެއްބަސްވެ ދުނިޔޭގެ ބޮޑެތި ގައުމުތަކާ އެކު ކުރީން އީރާނުން ސޮއިކުޅަ އެއްބަސްވުމުން އެމެރިކާ ނުކުތުމުން އީރާނުން ޔޫރޭނިއަމް ފައްކާކުރާން ފެށީއެވެ. އީރާނުން އަބަދު ވެސް ބުނަމުން އައިސްފައިވަނީ އެ މީހުން ޔުރޭނއަމް ފައްކާކުރަނީ މަދަނީ ބޭނުމަކަށްކަމަށެވެ.

ދުނިޔޭގެ މާހިރުންގެ ރިޕޯޓުތަކަށް އިޙުތިރާމް ނުކޮށް ނިޔުކުލިއަރު ބަހަނާގައި އެމެރިކާ އަޑީގައި އޮވެގެން އިސްރާއީލުން އީރާނަށް ޙަމަލާދިނުމުގެ ހަގީގީ ބޭނުމަކީ ޢަލީ ޚަމަނާއީ އަވަހާރަކޮށްލައި އީރާނުގެ ސަރުކާރު ބަދަލުކޮށްލުމަށް ފަހު، މެދުއިރުމަތީގެ އެހެން ގައުމުތައް ފަދައިން އެމެރިކާގެ ކުރިމަތީގައި ކުޑަކަކޫ ޖަހާ ކަހަލަ ގޮނޑިކޮއްކޮ ސަރުކާރެއް އީރާނުގައި ގާއިމުކުރުމެވެ. މި ވާހަކަ އިސްރާއީލުގެ ބައެއް ވަޒީރުންގެ ވާހަކައިގައި ސީދާ ބަހުން ވަނީ ބުނެފައެވެ.

ކޮންމެއަކަސް އީރާނުން ދުނިޔެ ހައިރާންކޮށްލައިފިއެވެ. އެމެރިކާއާއި އިސްރާއީލު ދުވަހަކު ވެސް ފަޟީޙަތް ނުވާ ވަރަށް ފަޟީހަތްވެއްޖެއެވެ. މި މަގާލު ޝާއިޢުކުރަމުން ދަނިކޮށް އިންޑިއާ.ކޮމް (india.com) އިން ޚަބަރު ލިބިފައިވާ ގޮތުގައި މިހާރު އީރާނުން މަދަނީ ބޭނުންތަކަށް ޔޫރޭނިއަމް ފައްކާ ކުރާން އެމެރިކާއިން -/2،564،580،210،000 ރުޕީސް ވުނަކޮށްދޭން ޓުރަންޕު އީރާނަށް ހުށަހަޅައިފިއެވެ. މިއީ އަނެއްކާ ކޮން ފަދަ އުކުޅެއްބާވައެވެ!

ކޮމެންޓު
ކޮމެންޓުތައް
ރިޟުވާނު
30 ޖޫން 2025 11:32
ޓްރަމްޕް ހިތުން އެއުޅެނީ "މާކަނާ ބުއްދި" ލައިދީގެން އީރާނު ގަޅަހައްދަން ކަމަށް.