ad_banner
އިސްރާއީލު-އީރާން ހަނގުރާމަ: އެއް ފަރާތަކުން ވެސް ބަލި ގަބޫލުކޮށް ހަނގުރާމަ ހުއްޓާކަށް ނުވިސްނާ.

އަބާ މުޙަންމަދު

21 ޖޫން 2025

އިސްރާއީލގެ މެދުތެރޭ ސިޓީއަކަށް އީރާނުން ރޭ ދިން ޙަމަލާގައި މުހިންމު ސަރަހައްދެއްގައި ރޯވެ އަނދަނީ (ފޮޓޯ: އެންބީސީ)

އިސްރާއީލަށް ކިތަންމެ ގެއްލުމެއް ލިބުނަސް އެ މީހުން ބަލިވެއްޖެކަމަށް ގަބޫލުކޮށް ސުލްހަ އިޢުލާނުކުރުމަކީ އެމެރިކާއާއި އިސްރާއީލަށް ގަބޫލުކުރެވޭ ވަރުގެ ކަމަކަށް ނުވެއެވެ. މިހާރު ބަދަލުކުރެވެމުންދާ ޙަމަލާތަކުގައި އިސްރާއީލުގެ ސައެންސީ މަރުކަޒަށް ފޫނުބެއްދޭ ވަރުގެ ގެއްލުންތަކެއް ލިބި، އެތައް އަހަރެއްގެ ދިރާސާތަކާއި ތަޙުލީލުތައް ވަނީ ނެތިވެ ގޮސްފައެވެ.

އީރާނުގެ ބިމުގެ ސައިޒަށް ބަލާ އިރު އިސްރާއީލު ސުންނާފަތިވާ ހައި އަވަހަށް މުޅި އިރާން ސުންނާފަތިކޮށްލުމަކީ އެކަށީގެންވާ ކަމެއް ނޫނެވެ. އެހެންނަމަވެސް ބަލި ގަބޫލުކުރުމަކީ [ދުނިޔޭގެ ބޮޑު ބާރު]ކަމަށް ދަޢުވާކުރާ އެމެރިކާއާއި އިސްރާއީލަށް ގަބޫލުކުރެވޭނޭ ކަމަކަށް ވެސް ނުވެއެވެ. އަނެއްކޮޅުން ދުޝްމަނުންގެ ކުރިމަތީގައި އަމާންދިނުމަކީ އީރާނު މީހުން ގަބޫލުކުރާ އަގީދާއާ ފުށުއަރާ ކަމެކެވެ. އީރާން ގަބޫލުކުރާ ގޮތުގައި އެ މީހުން ހަނގުރާމަ އެ ކުރަނީ ﷲގެ މަގުގައެވެ. އެހެންކަމުން ކާމިޔާބާއި ފަތަޙަ ލިބެންދެން ނުވަތަ ޝަހީދުވަންދެން ހަނގުރާމަ ކުރުމަކީ އީރާނުގެ ވެރީންގެ ސިޔާސަތެވެ.

ރޭ ފަތިހު ވެސް އިސްރާއީލުން އެތައް ޙަމަލާއެއް ދިނީ އީރާނުގެ ނިޔުކުލިއަރު މައި މަރުކަޒު ހުންނަ އިސްފަހާނަށެވެ. ބިނާރަށް ބޮޑެތި ގެއްލުންތަކެއް ލިބުނަސް ނިޔުކްލިއަރު ރިއެކްޓަރުތަކަށް ގެއްލުންދިނުމަކީ އިސްރާއީލަށް ކުރެވޭނެ ކަމެއް ނޫންކަމަށް މުޙައްލިލުން ލަފާކުރެއެވެ. ރޭ އިސްރާއީލުން އީރާނަށް ދިން ޙަމަލާތަކުގެ ރައްދުގައި އިސްރާއީލުގެ މެދުތެރެއަށް އީރާނުން ދިން މިސައިލުގެ ވަރުގަދަ ޙަމަލާއެއް އަމާޒުވެ، އިސްރާއީލުގެ [ހޮލޯން ސިޓީ]ގެ ބޮޑު ބައެއް ވަނީ އަންދައިލައިފައެވެ.

އީރާންގެ ޚާރިޖީ ކަންތައްތަކާ ބެހޭ ވަޒީރު ޢައްބާސް ޢަރަޣުޝީ ވިދާޅުވެފައި ވަނީ އީރާނުގެ ނިޔުކުލިއަރު ޕްރޮގްރާމް ސަލާމަތާއި ރައްކާތެރިކަމާއެކު އެބަ ދެމި އޮތްކަމަށެވެ. އެހެންނަމަވެސް އީރާނު އޮތީ ޑިޕްލޮމެޓިކް ޙައްލެއް ހޯދާން ވެސް ތައްޔާރަށެވެ. އެކަމަކު ޑިޕްލޮމެޓިކު ޙައްލެއް އިސްރާއީލުން ބޭނުން ނަމަ، ވާހަކަތައް ފެށުމުގެ ކުރީން އިސްރާއީލުން ޖެހޭނީ ޙަމަލާ ބަދަލުކުރުން ހުއްޓައިލާށެވެ. ހަމަލާތައް ހުއްޓައިލުމަށް ފަހު ނޫނީ އީރާނެއް ސުލްޙައިގެ މަޝްވަރާތަކަކަށް ނުދާނެއެވެ.

އަނެއްކޮޅުން މި ހަމަނުޖެހުންތައް ނުވަވަނަ ދުވަހަކަށް ފަށައިފައިވާ އިރު، އިސްރާއީލުގެ އަސްކަރީ ވެރިޔާ އިޔާލް ޒަމީރު ވަނީ [ދިގުދެމިގެންދާ އަސްކަރީ ކެންޕޭނަކަށް] ތައްޔާރުވެ ތިބުމަށް އޭނާގެ ގައުމަށް ގޮވައިލައި އިންޒާރުދީފައެވެ.

އީރާނުން ނިޔުކު ލިޔަރު ހަތިޔާރު އުފައްދާކަމުގެ އެއްވެސް ހެތްކެއް ނެތަކަމަށް ބައިނަލްއަގުވާމީ އެޓޮމިކް ހަކަތައާ ބެހޭ އެޖެންސީގެ ވެރިޔާ ވިދާޅުވި ވިދާޅުވުމާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓުރަންޕުވަނީ އެއީ ގޯސް ނިންމުމެއްކަމަށް އޭނާގެ ގައުމީ ޖާސޫސީ ވެރިޔާ ތުލްސީ ގައްބާޑު ގާތު ވާހަކަދައްކައިފައެވެ.

އިސްރާއީލުގެ ޙަމަލާތަކާ ގުޅިގެން އީރާނުގެ ނަތާންޒް ނިޔުކްލިއަރު މަރުކަޒުގެ އެތެރޭގައި ރޭޑިއޯލޮޖިކަލް އަދި ކެމިކަލް ލީކުވެފައިވެދާނެކަމަށް ބައިނަލްއަގުވާމީ އެޓޮމިކް ހަކަތައާ ބެހޭ އެޖެންސީގެ ވެރިޔާ ވަނީ ސަމާލުވެތިބުމަށް ގޮވައިލައިފައެވެ. ނަމަވެސް އެ މަރުކަޒުގެ ސަރަހައްދުން ބޭރުގައި އެ ފަދަ އަސަރެއް އަދި ނެތްކަމަށް ވަނީ ކަށަވަރުވެފައެވެ.

ކޮމެންޓު