ad_banner
ތައްލުއަބީބުގައި އީރާނުގެ ދިދަނެގި މައްސަލަ ތަހުގީގުކުރާން އެންގުން

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

18 ޖޫން 2025

އިސްރާއީލުގެ ވެރިރަށުގެ އިމާރާތެއްގައި ނަގައިފައިވާ އީރާނުގެ ދިދައެއް. (އިސްރާއީލުން ބުނަނީ މިއީ ޤައުމަށް ޣައްދާރުވުންކަމަށެވެ.)

އިސްރާއީލުގެ ވެރިރަށުގެ މެދުތެރޭ ޢިމާރާތެއްގައި އީރާނުގެ ދިދަނެގުމަކީ އާދައިގެ ކަމެއް ނޫނެވެ. ނަމަވެސް އާންމުންގެ ބަޔަކު މި ކަން ކޮށްފިއެވެ. އިސްރާއީލުގެ އިމާރާތެއްގައި އީރާނުގެދިދަ ނެގި މައްސަލަ ބަލައިޝަރީޢަތަށް ހުށަހަޅާން ނިންމައިފިއެވެ. އިސްރާއީލުން ގަބޫލުކުރާ ގޮތުގައި އެއީ ގައުމަށް ޚިޔާނާތްތެރިވުމުގެ ޢަމަލެކެވެ. އެހެންކަމުން އެ މައްސަލަ ކަމާ ބެހޭ ފަރާތްތަކުން އަވަހަށް ތަހުގީގުކޮށް ޝަރީޢާތަށް ފޮނުވާން ވަނީ ނިންމައިފައެވެ.

އިސްރާއީލުން އިތުރަށް ބުނެފައިވަނީ އިސްރާއީލުން ބުނަނީ ޓެލްއަވީވްގެ އާބަން ސެންޓަރުގައި އީރާނުގެ ދިދަނެގުމަކީ ނަފްސާނީ ހަނގުރާމައިގެ އާ އުކުޅެއްކަމަށާއި ދިދަ ނެގީ ޢާންމުންގެ ބައެއް ކަމަށް ތުހުމަތުކުރެވޭކަމަށެވެ.

އިސްރާއީލުގެ ވެރިރަށް ޓެލް އަވީވްގެ މެދުތެރޭގައި ހުންނަ އުސް ޢިމާރާތެއްގެ ބޭރުގައި އީރާނުގެ ދިދަ ނެގީ މުޅި އިސްރާއީލަށް އީރާނުގެ ފަރާތުން މުސީބާތެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގއެވެ. އަދި މި ދިދަ ނަގާފައި ވަނީ އީރާނުން އިސްރާއީލުގެ ބިނާރަށް ވަރަށް ވަރުގަދަ ހަމަލާއެއްދީ ވަރަށް ބޮޑު ގެއްލުމެއް ދިންތާ މާގިނައިރުތަކެއް ނުވަނީހެވެ.

ބައެއް ޚަބަރުތައް ބުނާ ގޮތުގައި އިސްރާއީލުގެ ބަޔަކު އީރާނުގެ ދިދަ ނެގީ އީރާނުގެ ބާރުގަދަކަމުގެ ސަބަބުން އިސްރާއީލު ސަރުކާރަށް ރައްޔިތުންނަށް ރައްކާތެރިކަން ކަށަވުކޮށްދެވޭނެކަން ރައްޔިތުން މިހާރު ގަބޫލު ނުކުރާތީއެވެ. އެހެންކަމުން އާންމުންގެ ބަޔަކު މި ކަންކުރީ އީރާނުގެ ޙަމަލާތަކުން ރައްކާތެރިކަން ހޯދުމުގެ މަގުސަދުގައިކަމަށް ވެދާނެއެވެ.

މިނިވަން މުސްތަގިއްލު ގައުމެއްކަމަށްވާ އީރާނަށް ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފަށް އިސްރާއީލުން ޙަމަލާދީ އީރާނުގެ ބާރު ކަނޑުވައިލައި އެ ގައުމުގެ ވަރަ ބިންދައިލެވިއްޖެކަމަށް އިސްރާއީލުން ހީކޮށްގެން ތިއްބައި އީރާނުން ރައްދުދިނީ ވަރަށް ހިތި ގޮތަކަށެވެ. އެމެރިކާގެ ޒަމާނީ ސާމާނަކުން ކުރި ފައިދާއެއް ނެތެވެ. މެދުތެރޭ ތައްލުއަބީބާއި ބަނދަރު ރަށް ހައިފާ ވަނީ ފުނޑުފުނޑުކޮށްލައިފައެވެ.

ދިފާއީ މަރުކަޒުތަކާ ހަމައަށް ވެސް އީރާނުގެ ޙަމަލާ ވަސިލުވިއެވެ.

އެހެންކަމުން އީރާނުގެ ދިދައަށް އީރާނުން އިޙުތިރާމުކޮށް ދިދަ ހުރި ހިސާބަށް އީރާނުން ޙަމަލާ ނުދޭނެކަމަށް ބަލައި އިސްރާއީލުގެ އާންމުންގެ ބަޔަކު ދިދަނެގީކަމަށް ގަބޫލުކުރެވެއެވެ.

ކޮމެންޓު