ad_banner
އީރާނާ މެދު އެމެރިކާއަށް ކުރެވުނީ ގޯސް ލަފާކުރުމެކެވެ. އިސްރާއީލުގެ ކަރުބުޑުގައި ހިތިރަހަލައިފިއެވެ.

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

16 ޖޫން 2025

އިސްރާއީލުގެ ވެރިރަށްތައްލުއަބީބަށް ލިބިފައިވާ ބައެއް ގެއްލުންތައް (ފޮޓޯ: އޭއެފްޕީ)

އިސްލާމުންނޭ ކިޔައިގެން އުޅޭ މުނާފިގު ޚާއިނުންގެ އެހީއާ އެކު، އީރާނުގެ ތަންތާނގެ މަޢުލޫމާތު ހޯދައިގެން ދުނިޔޭގެ ވަގުތީ އެދުމަށް ޓަކައި އިސްރާއީލުގެ އެޖެންޓުކަން ކޮށްދިން ޖާސޫސުގެ އެހީގައި ހުކުރުވިލޭރޭ އިސްރާއީލުން އީރަނަށް ވަރަށް އަނިޔާވެރި ޙަމަލާތަކެއް ދިނެވެ. މި ޙަމަލާ ދިނުމަށް ފަހު، 120 މީހުން ޝަހީދުކޮށްލައި ބައެއް ތަންތަނަށް ގެއްލުން ދެވުމުން އެމެރިކާއާއި އިސްރާއީލުން ހީކޮށްގެން ތިބީ އީރާނުގެ ވަރަ ބިންދައިލެވުނީ ކަމަށެވެ.

ނަމަވެސް މި ޢުދުވާނަށް ކެރިގެން ރައްދުދީ އިސްރާއީލުގެ ވެރިރަށް ތައްލު އަބީބާއި، ބަނދަރު ރަށެއްކަމުގައިވާ ހައިފާއަށް ދިން ވަރުގަދަ ޙަމަލާގައި އިސްރާއީލުން ލަފާ ވެސް ނުކުރާ ވަރުގެ، އަދި ދުވަހަކު ތަޖުރިބާ ވެސް ނުކުރާ ވަރުގެ ބޮޑު ގެއްލުންތަކެއްވަނީ ދީފައެވެ. އިސްރާއީލަށް ލިބޭ ގެއްލުންތަކުގެ ފޮޓޯއާއި ޚަބަރު މާސްމީޑިއާއިން ލިބެނީ ސެންސަރުކޮށްގެންކަމަށް ވާތީ، މީސްމީޑީއާއިން ނޫނީ ހަގީގީ ގެއްލުމުގެ ވާހަކައެއް ނުލިބެއެވެ.

ކޮންމެއަކަސް ތައްލުއަބީބާއި ހައިފާއަށް ވެސް ފަނާކުރަނިވި ގެއްލުންތަކެއް ލިބިފައިވާކަމަށް އަލްޖަޒީރާ ފަދަ ބައެއް މީޑީއާއިން ވަނީ ކަށަވަރު ވެސް ކޮށްދީފައެވެ.

މި ކުރިމަތިލުންތަކުގައި ދެ ފަރާތަށް ލިބުނު ހަގީގީ ގެއްލުމުގެ ތަފުސީލު އަދި ވެސް ސާފެއް ނޫނެވެ. ބަރާބަރު މަޢުލޫމާތެއް އެއް ފަރާތަކުން ވެސް ނުދެއެވެ. ދުނިޔޭގެ ގިނަ މީޑިއާ ކޮންޓުރޯލުކުރަނީ ޔަހޫދީންކަމަށް ވާތީ، އިސްރާއީލަށް ލިބޭ ގެއްލުން ވަންހަނާކޮށް އަބަދުވެސް ދައްކާން އުޅޭނީ ގެއްލުން ލިބުނީ އީރާނަށް ކަމަށެވެ.

އަދި ނޭނގޭ އެއް ކަމަކީ ދެ ފަރާތުގައި ވެސް ބާކީ އިތުރަށް ހުރީ ކިހައި މިސައިލެއްކަމެވެ. ނަމަވެސް ޔަހޫދީންނަށް ހުރިހާ ވަސީލަތްތަކެއް ފޯރުކޮށްދެނީ އެމެރިކާއިންކަމަށް ވާތީ އެމެރިކާގައި ހުރީ ކިހާ މިސައިލެއްކަމެއް ވެސް އަދި ނޭނގެއެވެ. އެހެންކަމުން މި އަސްކަރީ އަރައިރުން ކުރިއަށް ގެންދިޔުމުގެ ގާބިލުކަން ދެ ފަރާތަށް ލިބިފައިވަނީ ކިހާ ވަރަކަށްކަމާ މެދު ވެސް ވަނީ ސުވާލު އުފެދިފައެވެ.

ނަމަވެސް އެނގޭ އެއް ކަމެއް އޮވެއެވެ. މެދުއިރުމަތީގައި އެންމެ ބޮޑު މިސައިލް ޕްރޮގްރާމެއް ލިބިފައިވަނީ އީރާނަށްކަން އެންމެންނަށް ވެސް އެނގެއެވެ. ދުރުރާސްތާއާއި ކައިރި ރާސްތާގެ ތަފާތު އިސްޕީޑުގެ އެތައް ހާސް މިސައިލެއް އީރާނުގެ އެބަ ހުއްޓެވެ. އެހެންވީމާ، މިހާރު ޙަމަލާ ދެވެމުންދާ އިސްޕީޑަށް ބަލާ އިރު، އެތައް ހަފުތާއެއް ވަންދެން މި ޙަމަލާ ކުރިއަށް ގެންދިޔުމުގެ ގާބިލުކަން އީރާނަށް ލިބިގެންވާކަމަށް މުޙައްލިލުން ލަފާކުރެއެވެ. އިސްރާއީލަށް ބޮޑެތި ގެއްލުންތަކެއް ލިބެންދެން މި ކަން ކުރިއަށް ގެންދިޔުމުގެ ގާބިލުކަން އީރާނަށް ލިބިފައިވެއެވެ.

އިސްރާއިލުން ހީކުރީ ކުއްލިއަކަށް އީރާނުގެ ހަތަރު ތަނަކަށް ޙަމަލާދީ އެތައް ސައެއްސީންނެއް ޝަހީދުކޮށްލެވުނީމާ، ދެން އީރާނުން އަމާންދީ އެމެރިކާ ބުނިހާ އެއްޗަކަށް ރުހި ނިޔުކުލިއަރު ތަރައްގީގުކުރުން ހުއްޓައިލާނެކަމަށެވެ. މިއީ އެމެރިކާއާއި އިސްރާއީލަށް ކުރެވުނު ގޯސް އަންދާޒާއެކެވެ. މި ކަމުގެ ހިތި ތަޖުރިބާ އިސްރާއީލު އެ ގެންދަނީ ކުރަމުންނެވެ. ތައްލުއަބީބުގެ ބިނާރުގެ ބޮޑު ބައެއް ތަޅައި ސުންނާފަތިކޮށްލައިފިއެވެ. މަޝްހޫރު އެއަރުޕޯޓެއްކަމުގައިވާ ބެން ގޫރިއަން އެއަރުޕޯޓު މިހާރު ވަނީ ސުންނާފަތިކޮށްލައިފައެވެ.

މި ކަމުގެ ސަބަބުން އިސްރާއީލުން ޣައްޒާއާއި ލުބުނާނަށް ދެމުން ގެންދާ އަނިޔާވެރި ޙަމަލާތަކަށް ވެސް މިހާރު ވަނީ ބުރޫއަރައިފައެވެ. އީރާނު އޮތީ ދޫދޭ ގޮތަކަށް ނޫނެވެ. އެއީ އެމެރިކާއިން ލަފާކުރި ކަހަލަ ބާރުދެރަ ގައުމެއް ނޫނެވެ. އެ މީހުންގެ ހަގީގަތެއް އެމެރިކާއަށް ލަފާކޮށްލާކަށް ވެސް ނޭނގޭނެއެވެ.

ކޮމެންޓު