ad_banner
ޔަހޫދީ ނިރުބަވެރިކަމުގެ މުޤައްދަސް އުޞޫލުތައް

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

16 ޖޫން 2025

ފަލަސްޠީނީއަކު ކަނުބަނދެގެން އެއްވެސް ކަމަކާ ނުލައި އިސްރާއީލު ސިފައިން އަނިޔާކުރަނީ

ޞިހުޔޫނީ ގަދަފަދަކަމުގެ އާލަތްތަކުގެ އަނިޔާވެރިކަމާ ހެދި، ދުނިޔެ ވަނީ ޙައިރާންވެ އަންތަރީސްވެފައެވެ. ޙުރްމަތްތެރިވެގެންވާ އިންސާނުންގެ ލޭތައް އޮހޮރުވުމުގައި އެ މީހުންގެ ޚަންޖަރުތައް ހަށިތައް ފޫއަޅުވަމުންދާ ގޮތާ މެދު ދުނިޔޭގެ މޭގަނޑު ވަނީ ކުދިކުދިވެފައެވެ. އެއީ ބަނޑަށް ޖެހިފައިވާ މިނިކާ ކުއްތާގެ އައިނެކެވެ. އޭއްޗެހި ބަނޑުބޮޑުވަންދެން ކައިފައި ބާކީ އެއްޗެހިތައް މަރައިލައެވެ.

ޞިހުޔޫނީ ވީދައި ކެއުންތަކުގެ ކުރީން، އިސްލާމީ ދުނިޔެ ދެކެފައިވާ ކަތިލައި އެޅުމާއި ޢިމާރާތްތަކާއި ބިނާތައް ހަލާކުކޮށް ނައްތައިލުމުގެ ރެކޯޑަކީ ތަތާރުންނެވެ. ތަތާރުންގެ މި އަނިޔާވެރިކަމާ ބެހޭ ގޮތުން މަޝްހޫރު މުއައްރިޚު އިބްނުލްއަޘީރު ވިދާޅުވިއެވެ. [މި ޢަމަލުތަކުގެ ހަޑިހުތުރުކަމާއި އަނިޔާވެރިކަން ބޮޑުކަމުން އަހުރެން މި ޙާދިސާތައް ނުލިޔެ، އެތައް އަހަރަކު މަޑުކުރީމެވެ. އަހުރެންގެ މަންމަ އަހުރެން ނުވިހި ނަމަ، ހާދަހާވާ ރަނގަޅޭ ހިތަށް އެރިއެވެ.   އޭ ސަހަރޯއެވެ! މި ކަން ޖެހުމުގެ ކުރީގައި އަހުރެން މަރުވެ، ހަނދާންނެތިވެ، ނަން ވެސް ފިލައި ދިޔަ ނަމަ ކޮން ފަދަހެއްޔެވެ! ދުނިޔެ ފަނާވެ ދާންދެން ޚަލްޤުތަކުންނަށް މި ފަދަ ޙާދިސާއެއް  ދެން ނުދެއްކެވުމަށް އުންމީދުކުރަމެވެ. ޔައުޖޫޖުމައުޖޫޖު ޙާދިސާ މެނުވީއެވެ.] [1]

ޤަތުލުޢާންމު ހުއްދަކޮށް މިސްކިތްތަކާއި ހަސްފަތާލުތަކާއި ބޯހިޔާވަހިތައް ތަޅައި ސުންނާފަތިކުރަމުންދާ ތަން ފެނިވަޑައިގެންފި ނަމަ، އިބްނުލްއަޘީރު ވިދާޅުވާނީ ކީކޭބާވައެވެ؟ ޣައްޒާގެ އަހުލުވެރީންގެ ނަސްލުހޭދުކުރަމުންދާ ތަން ފެނިވަޑައިގެންފި ނަމަ ކިހާވަރަކަށް ލަޢުނަތް ލައްވާނެބާވައެވެ! ޞިހްޔޫނީ ނިރުބަވެރިކަމުގެ ސަބަބުން ފަޅު ސަހަރާއަކަށް ބަދަލުވަމުންދާ ޣައްޒާ އިބްނުލް އަޘީރު ސިފަކުރައްވާނީ ކިހިނެއްބާވައެވެ؟ ދުނިޔޭގައި އާދަމުދަރީންގެ ތެރޭގައި މި ފަދަ ބަޔަކު އުޅޭނެކަން އިބްނުލްއަޘީރު ޤަބޫލުފުޅެއްނުކުރައްވާނެއެވެ.

ތަތާރުންނާ ހެދި ޙައިރާންވާކަށް ނުޖެހެއެވެ. އެއީ އެއްވެސް ދީނެއް ނެތް  ބަޔެކެވެ. މިއާ ޚިލާފަށް ޔަހޫދީންނަކީ އެމީހުން ދަޢުވާކުރާގޮތުގައި އެ މީހުންދެކެ ކަލާނގެ ލޯބިފުޅުވާ އުންމަތެކެވެ. އެއީ ކަލާނގެ ޚާއްޞަ އިމްތިޔާޒުތަކެއް ދެއްވައިފައިވާ ބަޔެކެވެ. އެހެނަސް އެ މީހުންގެ ކިބައިން މި ކަހަލަ ކަމެއް ނުފެނެއެވެ. ﷲގެ އަޅުންނަށް ރަޙްމުކުރާ ތަނެއް ނުފެނެއެވެ. އެ މީހުންގެ ގާތުގައި ޣައިރުޔަހޫދީންނާ ހިލަގަނޑުގަނޑާ އެއްފަދައެވެ. ހަސްފަތާލަކާ މިސްކިތަކާއި ޢަސްކަރީ ކޮށްޓެއްގެ ތަފާތެއް ނެތެވެ. އެ މީހުންގެ ގާތުގައި ހުރިހާ އިންސާނުން އަންހެނެއް ފިރިހެނެއް ކުޑަކުއްޖެއް މުސްކުޅިއެއް ތަފާތުކުރުމެއް ނެތި، އެ މީހުންނަކީ ޔަހޫދީންނަށް ހުއްދަކުރެއްވިގެންވާ ބަޔެކެވެ. ޒަބަހަކުރާށެވެ. ކާޅަށް ކޮށައި ދޭށެވެ.

ޔަހޫދީ ޖަމާޢީ ވިސްނުމުގައި، ވެރީންނާއި ޢާންމުން ތަފާތުނުކޮށް، މި ވިސްނުން އަށަގަތީ ކިހިނެއްހެއްޔެވެ؟

އެ މީހުންގެ ނުބައިކަމުގެ ވާހަކަތައް ކީރިތި ޤުރްއާނުގައި އައިސްފައި ވެއެވެ. މި އާޔަތްތައް އުނިކުރާން ޔަހޫދީން ދުނިޔެއަށް ގޮވައިލައެވެ. އެއީ ސާމީންނާ އިދިކޮޅު ފިކުރެކޭ ކިޔައިގެންނެވެ. އެއީ ނަސްލީ އިމްތިޔާޒުގެ މަލަތަކެކޭ ކިޔައިގެންނެވެ.

ކީރިތި ޤުރްއާން ހާމަކޮށްފައިވާ ގޮތުގައި ޔަހޫދީންނަކީ މީސްތަކުންގެ މުދާ ބާޠިލު ގޮތުގައި ކަމުންދާ ބަޔެކެވެ. އެ މީހުން ދަޢުވާކުރާ ގޮތުގައި މުއްސަނދީންނަކީ އެބައިމީހުންނެވެ. އެބައިމީހުންގެ ކަލާނގެއަކީ ފަޤީރެކެވެ. ﷲގެ އަމުރުފުޅުތަކަށް މަކަރުހަދައި އޮޅުވައިލުމަށް އެ މީހުން އަބަދު ވެސް މަސައްކަތްކުރެއެވެ. ހޮނިހިރު ދުވަހު މަސްކެޔޮޅުކަން ކުރުން މަނާކުރެއްވުމުން މި އަމުރުފުޅާ ޚިލާފުވިއެވެ. ގެރިއެއް ކަތިލާން އެންގެވުމުން ގެރި ކަތިނުލާންވެގެން މޫސާގެފާނާ ޖަދަލުކޮށް ބަހަނާތައް ދެއްކިއެވެ. އެ މީހުންނަށް ތެދުމަގު ބަޔާންކޮށްދެއްވުމަށް ފޮނުއްވި ރަސޫލުބޭކަލުންނާއި ނަބީބޭކަލުންގެ ތެރެއިން އެތައް ބޭކަލުންނެއް އަނިޔާވެރި ގޮތްގޮތަށް ޤަތުލުކުރިއެވެ. ﷲގެ މަލާއިކަތުންނާ ދުޝްމަނުވިއެވެ. އެ މީހުންގެ މައްޗަށް ބާވައިލެއްވި ފޮތް އެއްލައިލައިފައި ސިހުރުހާހޫރައަށް ތަބާވިއެވެ.

އެބައިމީހުންގެ މުޤައްދަސް ފޮތަށް އިސްރާއީލިއްޔާތުތައް އިތުރުކޮށް އެ ފޮތުގެ މުޤައްދަސްކަމާއި ހައިބަތު ނަގައިލިއެވެ. މި ފޮތް ބުނާ ގޮތުގައި ޔަޢުޤޫބުގެފާނާއި އެކަލޭގެފާނުގެ ވެރިރަސްކަލާނގެއާ ދެމެދުގައި ޒުވާބެއް ހިނގިއެވެ. މި ޒުވާބުގެ ތެރޭގައި ހިނގި ކުރިމަތިލުމުގައި ޔަޢުޤޫބުގެފާނު އެކަލޭގެފާނުގެ ކަލާނގެ ބަލިކުރައްވައި ބިންމައްޗަށް ވައްޓައިލެއްވިއެވެ. އެ ކަލާނގެ ދޫކޮށްލެއްވީ ޔަޢުޤޫބުގެފާނަށް ބަރަކާތްލެއްވުން ޝަރުޠުކުރައްވައި އެ ކަލާނގެ މި ޝަރުޠު ޤަބޫލުކުރެއްވީމައެވެ.[2]

އެ މީހުންގެ އެންމެ މުޤައްދަސް ފޮތްކަމަށް ބުނާ ތަލްމޫދުގައި އައިސްފައިވެއެވެ. [ކަލާނގެ އަމުރުފުޅަށް ވިޔަސް ޙާޚާމުންގެ[3] ބަސްތައް ބާޠިލެއް ނުކުރެވޭނެއެވެ. އަދި ބަދަލެއް ވެސް ނުމެކުރެވޭނެއެވެ. އެއް ދުވަހަކު މަސްއަލައެއްގައި ކަލާނގެއާ ޔަހޫދީ ޢިލްމުވެރީންނާ ދެމެދުގައި ދެ ބަސްވުމެއް ހިނގިއެވެ. ޖަދަލު ދިގުވެގެން އެ މަސްއަލަ ޙާޚާމަކާ ހަމައަށް ގެންދިޔުމަށް އެއްބަސްވިއެވެ. އެ މަސްއަލައިގައި ޙާޚާމު ނިޔާއިއްވުމުން އެ ކަލާނގެ، އެކަލާނގެ ބަސްފުޅު  ނުބައިކަމަށް އިޢުތިރާފުވެވަޑައިގަތެވެ.[4]

ޔަހޫދީންގެ ދަރީން އޭގެ މަތީގައި ތަރުބިޔަތުކޮށް ބޮޑުކޮށްފައިވަނީ ނިރުބަވެރި އަނިޔާވެރި ލާއަޚްލާޤީ އުޞޫލުތަކެއްގެ މަތީގައެވެ. ޙާޚާމު މެނިސް ފްރެޑްމަން ބުންޏެވެ. [އަޚްލާޤީ ހަނގުރާމައެއް ކުރެވޭނީ ހަމައެކަނި ޔަހޫދީ ތަރީގާއިންނެވެ. އެ ތަރީގާއަކީ މުޤައްދަސް ތަންތަން ތަޅައި ހަލާކުކުރާށެވެ! އެބައިމީހުންގެ ފިރިހެނުންނާއި އަންހެނުންނާއި ކުޑަކުދީންނާއި ގެރިބަކަރިތައް މަރައި ހުސްކުރާށެވެ!] އޭނާ މި ކަމަށް ބަހަނާ ދައްކަމުން ބުންޏެވެ. [ފަލަސްޠީނު މީހުންގެ ސާބިތުކަމާއި ޖޯޝާއި ކެތްތެރިކަން  ނައްތައިލެވޭނޭ ޙަޤީޤީ ބާރަކީ މިއެވެ.][5]

ޔަހޫދިއްޔަތުގެ ފަސްމަންޒަރުގެ މަޞްދަރުތައް

ޔަހޫދިއްޔަތުގެ އުޞޫލުތަކުގެ މަޞްދަރުތައްކަމުގައިވާ ފޮތްތަކަކީ: ތައުރާތާއި،  ތަލްމޫދާއި (އޭގައި ދެ ފޮތެއް ހިމެނެއެވެ. އެއީ މިޝްނާ ފޮތާއި ޖަމާރާ ފޮތެވެ.)، ޞިހްޔޫނީ މުފައްކިރުންގެ ޕްރޮޓްކޯލްތަކެވެ. ޔަހޫދީން ދެކޭ ގޮތުގައި އެންމެ މާތް ފޮތަކީ ތަލްމޫދެވެ. ތައުރާތު އުނގެނުމަކީ އެ ކަމަށް ސަވާބު ނުލިބޭ ރަނގަޅު ކަމެކެވެ. މިޝްނާ ފޮތް ދިރާސާކުރުމަކީ އެކަމަށް ސަވާބު ލިބޭ މާތް ޢަމަލެކެވެ. ޖަމާރާ ފޮތް އުނގެނުމަކީ އެންމެ މާތް އަޅުކަމެވެ.[6]

ތަލްމޫދުގައި އައިސްފައިވެއެވެ. [މާތް ﷲ މީސްތަކުން ހެއްދެވީ ޔަހޫދީންގެ ޚިދްމަތުގައެވެ. އެހެން މީހުން އިންސާނުންގެ ސިފައިގައި ލެއްވެވީ ޔަހޫދީންނަށް އެ މީހުންނާ އެކު މުޢާމަލާތުކުރުން ލުއިކޮށްދެއްވުމަށް ޓަކައެވެ. ޔަހޫދީން ނޫން މީހުންގެ ފުރާނަތަކުގެ، އަބުރުތަކުގެ، މިލްކިއްޔާތުތަކުގެ އެއްވެސް އަގެއް ނެތެވެ. އަދި އެއްވެސް ޙުރްމަތްތެރިކަމެއް ވެސް ނެތެވެ.] [7]

ތަލްމޫދު ބުނާގޮތުގައި [މި ބިމުގައި ޔަހޫދީން ނޫން އެހެން ބަޔެއްގެ އަތުގައި ވެރިކަން އޮވެގެންނެއްނުވާނެއެވެ. ޔަހޫދީން މި ލަނޑުދަނޑިއަށް ވާޞިލުވުމަށް ޓަކައި އަބަދު ވެސް މަސައްކަތްކުރާންޖެހޭނެއެވެ. ޔަހޫދީންނަށް މި އަމާޒުފަތްގަނޑަށް ވާޞިލުވެވެންދެން ޔަހޫދީން ބިމުގައި ހަނގުރާމައިގެ ހުޅުތައް  ރޯކުރާންވާނެއެވެ. ދުނިޔޭގެ ތިން ބައި ކުޅަ ދެ ބައި ހަލާކުވެގެން ދާންޖެހޭނެއެވެ. ޙަޤީޤީ މަސީޙު ދުނިޔެއަށް ވަޑައިގަންނަވާނީ އެ ހިސާބުންނެވެ. އެ ހިސާބުން ޔަހޫދީންނަށް ނަޞްރު ލިބޭނެއެވެ. ޔަހޫދީ އުންމަތް އެންމެ މުއްސަނދި އުންމަތްކަމުގައި ވާނެއެވެ. ޔަހޫދީ އުންމަތުގެ އުންމީދު ޙާޞިލުވާނީ މި އުންމަތް އިސްރާއީލަށް އައިސް އެ ތަނަށް ވެރިވުމުންނެވެ. މަސީޙު ވަޑައިގަންނަވާ އިރު، ދުނިޔޭގެ ގައުމުތަކުގެ މައްޗަށް ވެރިވެފައި ތިބޭނީ ޔަހޫދީންނެވެ. "[8]

ތަލްމޫދުގައި ޔަހޫދީންނަށް ވަޞިއްޔަތްކޮށްފައި ވެއެވެ. [ޤާއިމުވެފައި ހުރި ކޮންމެ އެއްޗެއް ތަޅައި ބިމާ ހަމަކުރާށެވެ. ޠާހިރު ކޮންމެ އެއްޗެއް ވިސަޑުކުރާށެވެ. ރޯ ކޮންމެ އެއްޗެއް އަންދައިލާށެވެ! ރަށުގައި ތިބި ކުދިބޮޑު އެންމެންނާއި ގެރިބަކަރިތައް މަރާށެވެ! ޔަހޫދީ ނޫން ދީންތަކުގެ ވެރީންނަށް ލަޢުނަތްދޭށެވެ!]

ތަލްމޫދުގެ ވާހަކަތައް މި ހިސާބަކުން ނުހުއްޓެއެވެ. ވާހަކަ ކުރިއަށް ގެންދަމުން ބުންޏެވެ. [އިސްރާއީލީންނަށް ނުވާ ޞާލިޙު އެންމެން މަރާށެވެ! އެހެން އުންމަތެއްގެ މީހަކު ހަލާކުން ސަލާމަތްކުރުމަކީ ޔަހޫދީންގެ މައްޗަށް ޙަރާންކަމެކެވެ. އެއީ ބުދަށް އަޅުކަންކުރާ މީހަކު ސަލާމަތްކުރުންކަމުގައިވާތީއެވެ. މި ފަދަ މީހަކު ވަޅުގަނޑަކަށް ވެއްޓިއްޖެ ނަމަ އެ މީހާ މި ވަޅުގަނޑުން އެރިޔަދީގެން ނުވާނެއެވެ.][9]

ހަނގުރާމައިގެ އަޚްލާޤާ ބެހޭ ގޮތުން ތަލްމޫދުގައި އައިސްފައި ވެއެވެ. [އަހުރެމެންގެ ބާރުތަކަށް ހަނގުރާމައިގެ ތެރޭގައި ނުވަތަ ޢަސްކަރީ ޙަމަލާއެއްގެ ތެރޭގައި ނުވަތަ  ފަހައިދިޔުމެއްގެ ތެރޭގައި މަދަނީންނާ ބައްދަލުވެއްޖެ ނަމަ، އަހުރެމެންގެ ޝަރީޢަތާ އެއް ގޮތަށް އެ މީހުން މަރައި ނައްތައިލާންޖެހޭނެއެވެ. އަރަތްބަކަށް އެއްވެސް ޙާލެއްގައި އިތުބާރުކޮށްގެންނުވާނެއެވެ. އެ މީހުން ކިތަންމެ ރިވެތިކޮށް އަހުރެމެންނާ މުޢާމަލާތުކުރިޔަސް އެ މީހުން މަރާންޖެހޭނެއެވެ. ހަނގުރާމައިގެ ތެރޭގައި އަހުރެމެން އެ މީހުންގެ މައްޗަށް އަރައިގަންނަ އިރު، އަހުރެމެންގެ ޝަރީޢަތް  ބުނަނީ ރަނގަޅު މީހުން ވިޔަސް މަރާށެވެ.][10]

ޔަހޫދީނއްގެ މުޤައްދަސް ފޮތްތަކުގެ ޞަފުޙާތައް އުކައިލާ މީހަކަށް ފެންނާނީ މި ފަދަ  އަޚުލާޤެވެ. އިތުރަށް އައްސަވާށެވެ. [ހަނގުރާމަކުރަމުން ގޮސް ސަހަރަކާ ކައިރިވެއްޖެ ނަމަ އެބައިމީހުންނަށް ޞުލްޙަވުމަށް ގޮވައިލާށެވެ! އެ މީހުން ޞުލްޙަ ޤަބޫލުކޮށް ރަށް ހުޅުވައި އަމާންދީފި ނަމަ އެ ރަށުގެ އެންމެންނަކީ ޔަހޫދީންގެ އަޅުންނެވެ. އެމީހުން އަމާންނުދީފި ނަމަ އެ ރަށް ޙިޞާރުކުރާށެވެ. އެ ރަށުގެ ހުރިހާ ފިރިހެނުންގެ ކަރު ބުރިކޮށް މަރާށެވެ! އެ ރަށުގެ އަންހެނުންނާއި ކުޑަކުދީންނާއި ރަށުގެ ހުރިހާ އެއްޗެއްސަކީ ތިޔަބައިމީހުންގެ ޣަނީމާތަކެކެވެ.][11]

މިއިން އެނގެނީ ޞިހްޔޫނީންގެ މުޤައްދަސް ނައްޞުތައް ބުނާ ގޮތުގައި މީހުންގެ ލޭ އޮހޮރުވުމަކީ އަޅުކަމެއްކަމެވެ. އަދި އާރާސްތުކޮށްފައިވާ ރަށްތައް ތަޅައި ޚަރާބުކުރުމަކީ  މުޤައްދަސް ޢަމަލެކެވެ. ޔަހޫދީންގެ އަޚުލާޤިއްޔާތާއި ވިސްނުން އެނގޭނީ އެ މީހުންގެ މުޤައްދަސް ފޮތްތަކުންނެވެ. މި ފަދަ ބައެއް ނައްޞުތައް ވަނީ ފޮރުވައިފައެވެ. އެމީހުންގެ ބޮޑުންނާއި ފާދިރީންނާއި ޙާޚާމުންނަށް  މެނުވީ މި ނައްޞުތައް ވީ ތަނެއް މިހާރަކު ނޭނގޭނެއެވެ.



މަރުޖާ:

[1]  - الكامل في التاريخ (10/ 333).

[2]  - سفر التكوين 32: 24 – 29 މި ވާހަކަ ހަމަބުއްދި ޤަބޫލުކުރާނެ ހެއްޔެވެ؟

[3]  - ޙާޚާމުންނަކީ ޔަހޫދީ ދީނުގެ އިސް ފާދިރީންނެވެ.

[4]  - التلمود، ص74، نقلاً عن الكنز المرصود، ليوسف نصر الله، ص 34.

[5]  - Manis Friedman, “How Should Jews Treat their Arab Neighbors?” Moment (May-June) 2009

[6]  - الكنز المرصود، ص31

[7]  - الكنز المرصود، ص 66

[8]  - أساليب الغزو الفكري، ص158

[9]  - الكنز المرصود، ص66.

[10]  -  Israel Shahak, Jewish History, Jewish Religion: The Weight of Three Thousand Years (Electronic

[11]  - سفر التثنية 20: 10-17.

ކޮމެންޓު