އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ
28 މޭ 2025
(2025 މޭ 21ވަނަ ދުވަހުގެ ޢަދަދާ ގުޅޭ)
}وينزّل{ މި ކަލިމައަށް އިތުރަށް ބަލައިލުން
}وينزّل{ މި ކަލިމަ ކީރިތި ޤުރުއާނުގައި 5 ސޫރަތެއްގައި 5 އާޔަތެއްގައި 5 ފަހަރު އައިސްފައިވެއެވެ. މި އާޔަތްތަކަކީ:
1- إِذْ يُغَشِّيكُمُ النُّعَاسَ أَمَنَةً مِنْهُ وَيُنَزِّلُ عَلَيْكُمْ مِنَ السَّمَاءِ مَاءً لِيُطَهِّرَكُمْ بِهِ وَيُذْهِبَ عَنْكُمْ رِجْزَ الشَّيْطَانِ وَلِيَرْبِطَ عَلَى قُلُوبِكُمْ وَيُثَبِّتَ بِهِ الْأَقْدَامَ - )الأنفال : (11
2- أَلَمْ تَرَ أَنَّ اللَّهَ يُزْجِي سَحَابًا ثُمَّ يُؤَلِّفُ بَيْنَهُ ثُمَّ يَجْعَلُهُ رُكَامًا فَتَرَى الْوَدْقَ يَخْرُجُ مِنْ خِلَالِهِ وَيُنَزِّلُ مِنَ السَّمَاءِ مِنْ جِبَالٍ فِيهَا مِنْ بَرَدٍ فَيُصِيبُ بِهِ مَنْ يَشَاءُ وَيَصْرِفُهُ عَنْ مَنْ يَشَاءُ يَكَادُ سَنَا بَرْقِهِ يَذْهَبُ بِالْأَبْصَارِ - )النور : (43
3- وَمِنْ آيَاتِهِ يُرِيكُمُ الْبَرْقَ خَوْفًا وَطَمَعًا وَيُنَزِّلُ مِنَ السَّمَاءِ مَاءً فَيُحْيِي بِهِ الْأَرْضَ بَعْدَ مَوْتِهَا إِنَّ فِي ذَلِكَ لَآيَاتٍ لِقَوْمٍ يَعْقِلُونَ - (الروم : 24)
4- إِنَّ اللَّهَ عِنْدَهُ عِلْمُ السَّاعَةِ وَيُنَزِّلُ الْغَيْثَ وَيَعْلَمُ مَا فِي الْأَرْحَامِ وَمَا تَدْرِي نَفْسٌ مَاذَا تَكْسِبُ غَدًا وَمَا تَدْرِي نَفْسٌ بِأَيِّ أَرْضٍ تَمُوتُ إِنَّ اللَّهَ عَلِيمٌ خَبِيرٌ - (لقمان : 34)
5- هُوَ الَّذِي يُرِيكُمْ آيَاتِهِ وَيُنَزِّلُ لَكُمْ مِنَ السَّمَاءِ رِزْقًا وَمَا يَتَذَكَّرُ إِلَّا مَنْ يُنِيبُ – (غافر : 13)
}وينزّل{ ކަލިމަ ވާރިދުވެފައި ވަނީ މި 5 އާޔަތުގައެވެ. އެހެން އެއްވެސް އާޔަތެއްގައި މި ކަލިމަ އައިސްފައެއް ނުވެއެވެ. މިއީ:
§ މި އާޔަތްތަކުގެ ޢަދަދުގެ ޖުމްލައަކީ ( 11+43 + 24 + 34 + 13 ) : 125 އެވެ. 5 × 5 × 5 އެވެ.މާނައަކީ (وينزّل) މި ކަލިމަ ކީރިތި ޤުރުއާނުގައި 5 ސޫރަތެއްގައި 5 އާޔަތެއްގައި 5 ފަހަރު އައިސްފައިވެއެވެ.
§ (وينزّل) މި ކަލިމަ ފުރަތަމަ އައިސްފައި މި ވަނީ 11ވަނަ އާޔަތުގައެވެ. 125= 114 + 11، (وينزّل) މި ކަލަމައިގެ އަކުރުތަކުގެ ތަރުތީބަކީ 114 ނޫންތޯއެވެ؟
މިއަށް ވުރެ ވެސް އަޖައިބު ކަމެއްގެ ވާހަކަ ދަންނަވަންތޯއެވެ؟
އިސްވެ ދެންނެވި 5 އާޔަތާ މެދު ވިސްނައިލައްވާށެވެ!
v މި 5 އާޔަތުގެ އަކުރުތަކުގެ ޖުމްލައަކީ 477 އެވެ. އެއީ 53 × 9
v މި 5 އާޔަތް އައިސްފައިވާ 5 ސޫރަތުގެ އާޔަތްތަކުގެ ޢަދަދަކީ 318 އެވެ. އެއީ 53 × 6
v 53 އަކީ އެންމެ ފަހުން ބާވައިލެއްވި އާޔަތް ((هُوَ الَّذِي يُرِيكُمْ آيَاتِهِ وَيُنَزِّلُ لَكُمْ مِنَ السَّمَاءِ رِزْقًا وَمَا يَتَذَكَّرُ إِلَّا مَنْ يُنِيبُ -غافر : 13 )) މި އާޔަތުގެ އަކުރުތަކުގެ ޢަދަދެވެ.
v ލަފްޡުލްޖަލާލަތި ( ﷲ ) 53 ތަކުރާރުވެފައިވާ ހަމައެކަނި ސޫރަތަކީ غافر ސޫރަތެވެ.
v ކީރިތި ޤުރުއާނުގައި (وينزّل) މި ކަލިމަ ފުރަތަމައަށް އައިސްވާ އާޔަތަކީ (( إِذْ يُغَشِّيكُمُ النُّعَاسَ أَمَنَةً مِنْهُ وَيُنَزِّلُ عَلَيْكُمْ مِنَ السَّمَاءِ مَاءً لِيُطَهِّرَكُمْ بِهِ وَيُذْهِبَ عَنْكُمْ رِجْزَ الشَّيْطَانِ وَلِيَرْبِطَ عَلَى قُلُوبِكُمْ وَيُثَبِّتَ بِهِ الْأَقْدَامَ )) އެވެ.މިއީ الأنفال ސޫރަތުގެ 11 އާޔަތެވެ. މި އާޔަތުގައި (وينزّل) މި ކަލިމައަކީ މި ސޫރަތުގެ 140 ވަނަ ކަލިމައެވެ.
v ކީރިތި ޤުރުއާނުގައި (وينزّل) މި ކަލިމަ ދެވަނައަށް އައިސްވާ އާޔަތަކީ (( أَلَمْ تَرَ أَنَّ اللَّهَ يُزْجِي سَحَابًا ثُمَّ يُؤَلِّفُ بَيْنَهُ ثُمَّ يَجْعَلُهُ رُكَامًا فَتَرَى الْوَدْقَ يَخْرُجُ مِنْ خِلَالِهِ وَيُنَزِّلُ مِنَ السَّمَاءِ مِنْ جِبَالٍ فِيهَا مِنْ بَرَدٍ فَيُصِيبُ بِهِ مَنْ يَشَاءُ وَيَصْرِفُهُ عَنْ مَنْ يَشَاءُ يَكَادُ سَنَا بَرْقِهِ يَذْهَبُ بِالْأَبْصَارِ)) އެވެ. އެއީ النور ސޫރަތުގެ 43 ވަނަ އާޔަތެވެ. މި އާޔަތުގެ އަކުރުތަކުގެ ޢަދަދަކީ ވެސް 140 އެވެ. މި ސޫރަތުގައި (وينزّل) މި ކަލިމަގެ ވަނަ އަކީ 817 އެވެ.
v ކީރިތި ޤުރުއާނުގައި (وينزّل) މި ކަލިމަ ތިންވަނައަށް އައިސްފައިވާ އާޔަތަކީ ((وَمِنْ آيَاتِهِ يُرِيكُمُ الْبَرْقَ خَوْفًا وَطَمَعًا وَيُنَزِّلُ مِنَ السَّمَاءِ مَاءً فَيُحْيِي بِهِ الْأَرْضَ بَعْدَ مَوْتِهَا إِنَّ فِي ذَلِكَ لَآيَاتٍ لِقَوْمٍ يَعْقِلُونَ )) އެވެ. މިއީ الروم ސޫރަތުގެ 24 ވަނަ އާޔަތެވެ. 817 ކަލިމަ އޮތް ހަމައެކަނި ސޫރަތަކީ الروم ސޫރަތެވެ.
v މުޞްޙަފުގެ ތަރުތީބުގައި النور ސޫރަތުގެ ވަނައަކީ 24 އެވެ.
v الروم ސޫރަތުގައި (وينزّل) މި ކަލިމަ އައިސްފައި ވަނީ 24 ވަނަ އާޔަތުގައެވެ.
v ލަފްޡުލްޖަލާލަތި ( ﷲ ) 24 ފަހަރު ތަކުރާރުވެފައިވާ ހަމައެކަނި ސޫރަތަކީ الروم ސޫރަތެވެ.
v النور ސޫރަތުގެ ކަލިމަތަކުގެ ޖުމްލައަކީ 1319 އެވެ. الروم ސޫރަތުގެ ކަލިމަތަކުގެ ޢަދަދަކީ 817 އެވެ. މި ދެ ސޫރަތުގެ ކަލިމަތަކުގެ ޖުމްލައަކީ 2136 އެވެ. އެއީ 24 × 89 އެވެ. 89 އަކީ 24 ވަނަ ފުރަ ޢަދަދެވެ.
v ކީރިތި ޤުރުއާނުގައި (وينزّل) މި ކަލިމަ ހަތަރުވަނައަށް އައިސްވާ އާޔަތަކީ }إِنَّ اللَّهَ عِنْدَهُ عِلْمُ السَّاعَةِ وَيُنَزِّلُ الْغَيْثَ وَيَعْلَمُ مَا فِي الْأَرْحَامِ وَمَا تَدْرِي نَفْسٌ مَاذَا تَكْسِبُ غَدًا وَمَا تَدْرِي نَفْسٌ بِأَيِّ أَرْضٍ تَمُوتُ إِنَّ اللَّهَ عَلِيمٌ خَبِيرٌ{އެވެ. މިއީ لقمان ސޫރަތުގެ 34 ވަނަ އާޔަތެވެ. މި އާޔަތް ފެށިފައި މި ވަނީ (إِنَّ) މި ދެ އަކުރުންނެވެ. މި އާޔަތުގައި ا 18 ފަހަރު ن 6 ފަހަރު ތަކުރާރުވެފައި ވެއެވެ. އޭގެ ޖުމްލައަކީ 24 އެވެ.
v މި އާޔަތުގެ ދެވަނަ ކަލިމައަކީ (ﷲ ) އެވެ.
v މި އާޔަތުގައި ا 18 ފަހަރު ތަކުރާރުވެފައިވެއެވެ.
v މި އާޔަތުގައި ل 11 ފަހަރު ތަކުރާރުވެފައިވެއެވެ.
v މި އާޔަތުގައި ل 11 ފަހަރު ތަކުރާރުވެފައިވެއެވެ.
v މި އާޔަތުގައި هـ 3 ފަހަރު ތަކުރާރުވެފައިވެއެވެ.
v ވީމާ ( ﷲ ) މި ކަލިމައިގެ އަކުރުތައް ތަކުރާތރުވެފައި މި ވަނީ 43 ފަހަރުއެވެ.
އިތުރު އަޖައިބުތައް
މި އާޔަތުގައި އައިސްފައިވާ (وينزل)ގެ ކުރީގައި އޮތް ކަލިމައަކީ (الساعة) އެވެ. މި ކަލިމަ لقمان ސޫރަތުގައި އޮތީ 528 ވަނައަށެވެ. އެއީ 24 × 22އެވެ.
24އަކީ ރެއަކާދުވާލުގެ ގަޑިތަކުގެ ޢަދަދެވެ. (الساعة) މި ކަލިމަ މި އައީ މި އާޔަތް ނިމުމުގެ 22ވަނަ ކަލިމައިގެ ކުރީންނެވެ.
މި އާޔަތުގައި (وينزل)އަކީ 529ވަނަ ކަލިމައެވެ. 529އަކީ 23 × 23އެވެ. ކީރިތި ރަސޫލާގެ މައްޗަށް ކީރިތި ޤުރުއާން ބާވައިލެއްވުނީ 23 އަހަރުގެ ތެރޭގައެވެ.
މިއަށް ވުރެ ވެސް އިތުރު އަޖައިބުތައް:
}وينزل { މި ކަލިމަ ކީރިތި ޤުރުއާނުގައި ވާރިދުވެފައިވާ އެންމެ ފަހު އާޔަތަކީ
}هُوَ الَّذِي يُرِيكُمْ آيَاتِهِ وَيُنَزِّلُ لَكُمْ مِنَ السَّمَاءِ رِزْقًا وَمَا يَتَذَكَّرُ إِلَّا مَنْ يُنِيبُ{ - (غافر : 13)
Ø މި އާޔަތް ފެށިފައި މި ވަނީ (هُوَ الَّذِي) މި ޢިބާރާތުންނެވެ.
Ø އަލިފުބާގެ ތަރުތީބުގައި هـ ވަނަ އަކީ 26 އެވެ.
Ø އަލިފުބާގެ ތަރުތީބުގައި و ވަނަ އަކީ 27 އެވެ.
Ø އަލިފުބާގެ ތަރުތީބުގައި ا ވަނަ އަކީ 1 އެވެ.
Ø އަލިފުބާގެ ތަރުތީބުގައި ل ވަނަ އަކީ 23 އެވެ.
Ø އަލިފުބާގެ ތަރުތީބުގައި ذ ވަނަ އަކީ 9 އެވެ.
Ø އަލިފުބާގެ ތަރުތީބުގައި ى ވަނަ އަކީ 28 އެވެ.
Ø (هو الذي) މި ޖުމްލައިގެ އަކުރުތަކުގެ އަލިފުބާ ތަރުތީބުގެ ވަނަތަކުގެ ޖުމްލައަކީ 114
Ø (وينزل) މި ކަލިމައިގެ އަކުރުތަކުގެ އަލިފުބާ ތަރުތީބުގެ ވަނަތަކުގެ ޖުމްލައަކީ 114 އެވެ. ކީރިތި ޤުރުއާނުގެ ސޫރަތްތަކުގެ ޢަދަދަކީ 114 އެވެ.
މި އާޔަތާ މެދު އަލުން ވިސްނައިލައްވާށެވެ!
هُوَ الَّذِي يُرِيكُمْ آيَاتِهِ وَيُنَزِّلُ لَكُمْ مِنَ السَّمَاءِ رِزْقًا وَمَا يَتَذَكَّرُ إِلَّا مَنْ يُنِيبُ – (غافر : 13)
މިއީ ކީރިތި ޤުރުއާނުގައި (وينزل) އެންމެ ފަހުން ވާރިދުވެފައިވާ އާޔަތެވެ. މި ކަލިމައަށް ފަހު އައި ކަލިމައަށް ވިސްނައިލައްވާށެވެ! އެއީ (لكم) އެވެ.
· (لكم) މި ކަލިމައަކީ غافرސޫރަތުގެ ފެށޭކޮޅުން 169 ވަނަ ކަލިމައެވެ. އެއީ 13 × 13 އެވެ.
· (لكم) އާ ވިދިގެން އައިސްފައިވާ ކަލިމައަކީ (من) އެވެ.
· (من) މި ކަލިމަގައި ހިމެނެނީ ދެ އަކުރެވެ. އެއީ م އާއި ن އެވެ.
· އަލިފުބާގެ ތަރުތީބުގައި م ވަނަ އަކީ 24 އެވެ.
· އަލިފުބާގެ ތަރުތީބުގައި ن ވަނަ އަކީ 25 އެވެ.
· غافر ސޫރަތް ފެށުނު ހިސާބުން ފެށިގެން (من) އާ ހަމައަށް ބަލާއިރު م ތަކުރާރުވެފައިވަނީ 53 ފަހަރުއެވެ.
· غافرސޫރަތް ފެށުނު ހިސާބުން ފެށިގެން (من)އާ ހަމައަށް ބަލާއިރު ن ތަކުރާރުވެފައިވަނީ 53 ފަހަރުއެވެ.
· އަޖައިބުވަނިވި ކަމަކީ މި އާޔަތުގެ އަކުރުތަކުގެ ޢަދަދަކީ ހަމަ 53ކަމަށް ވުމެވެ.
މި އާޔަތުގެ ފުރަތަމަ ކަލިމަ (هو)އާ މެދު ވިސްނައިލައްވާށެވެ! މި ކަލިމައިގައި އޮތީ ދެ އަކުރެވެ. އެއީ هـ އާއި وއެވެ.
§ އަލިފުބާގެ ތަރުތީބުގައި هـގެ ވަނައަކީ 26އެވެ.
§ އަލިފުބާގެ ތަރުތީބުގައި وގެ ވަނައަކީ 27އެވެ.
§ މި ދެ އަކުރުގެ ތަރުތީބީ ވަނައިގެ ޖުމުލައަކީ 53އެވެ.
ކީރިތި ޤުރުއާން ދޮގުކުރާ މީހުންނޭވެ! ތިޔަބައިމީހުން ބުނާނީ ކީކޭހެއްޔެވެ؟
މި އަކުރުތައް ކައު ރަސޫލާ މި ގޮތަށް ގުނުއްވައި ޢަދަދުކުރެއްވިހެއްޔެވެ؟ ސޫރަތް ފެށޭ ތަނާއި އާޔަތް ފެށޭ ތަން މި ގޮތަށް ޢަދަދުކުރެވިފައި މި ވަނީ އިއްތިފާޤަކުންހެއްޔެވެ؟ ޤުރުއާން ބާވައިލެއްވި އިރު، އަލިފުބާގެ އަކުރުތަކުގެ މި ގޮތަށް އަދި ތަރުތީބު ކުރެވިފައެއް ވެސް ނުވެއެވެ. ޢަރަބި އަލިފުބާގެ އަކުރުތައް މި ގޮތަށް އަތުރައި ތަރުތީބުކުރެވުނީ ޤުރުއާން ބާވައިލެއްވުނުތާ އެތައް ދަހަރެއް ފަހުންނެވެ.
(ނުނިމޭ)
ލަފުޒެއްގެ މާނަ:
ދަހަރު ނ. ދިހަ އަހަރު