މުޙަންމަދު ޝަރީފު، ހ. އެލިއަތުވިލާ
27 މޭ 2025
ރަމަޟާން މަހާއި ޙައްޖު މަހުގެ ހަނދަކީ ހުރިހައި މުސްލިމުންގެ ސަމާލުކަން އެ ދުވަސްތަކަށް ދެވިފައިވާ އަދި އެ މަހެއްގެ ފުރަމަ ދުވަސް އޮޅިގެން ދިޔުމުގެ ބިރު އޮންނަ ދުވަސްތަކެކެވެ. މިހެންވެ ޙައްޖު މަހުގެ ހަނދާ ގުޅޭ ގޮތުން ކުޑަ ނަމަވެސް މަޢުލޫމާތުކޮޅެއް ކިޔުންތެރީންނާ އެކު، ޙިއްސާކޮށްލާން ގަސްތުކުރަމެވެ.
މި ގޮތުން ބަލާ އިރު، މިއަދު 2025 މޭ 27ވަނަ ދުވަހު، ހއ. ތުރާކުނަށް އިރުއޮއްސޭނީ 18 ގަޑި 23 މިނިޓު 39 ސިކުންތުގައެވެ. އަދި މިސްރާބަކީ 291.7 ޑިގްރީ ޓްރޫއަށެވެ. ހަމަ އެހެންމެ ހަނދު އޮއްސޭނީ 18 ގަޑި 47 މިނިޓު 10 ސިކުންތުގައެވެ. އަދި މިސްރާބަކީ 297.3 ޑިގްރީ ޓްރޫއަށެވެ. ވީމާ، ހަނދު އޮއްސޭނީ، އިރަށް ވުރެ، 23 މިނިޓު 31 ސިކުންތު ފަހުންނެވެ. އަދި އިރާއި ހަނދާ ހުރި އެލޯންގޭޝަންގެ ތަފާތަކީ 5.6 ޑިގްރީއެވެ. އަދި އިރާއި ހަނދުގެ އަލްޓިޓިއުގެ ތަފާތަކީ 4 ދަރަޖަ 5.2 ދަގީގެވެ.
މި ގޮތުން ބަލާ އިރު، މައްކާއަށް އިރު އޮއްސޭނީ މައްކާގަޑީން 19 ގަޑި 05 މިނިޓު 19 ސިކުންތުގައި 293.5 ޑިގްރީ ޓްރޫއަށެވެ. އަދި ހަނދު އޮއްސޭނީ 19 ގަޑި 42 މިނިޓު 27 ސިކުންތުގައި 299.3 ޓްރޫއަށެވެ. އަދި އެލޯންގޭޝަނަކީ 5.8 ޑިގްރީއެވެ. އަދި އިރާއި ހަނދުގެ އަލްޓިޓިއުޑްގެ ތަފާތަކީ 9 ދަރަޖަ 17.0 ދަގީގެވެ. ހަނދު އޮއްސޭނީ އިރަށް ވުރެ 37 މިނިޓު 08 ސިކުންތު ފަހުންނެވެ.
ވީ ހިނދު މިރޭ މައްކާއަށް މިރޭ ހަމަލޮލަށް ހަނދު ފެނުމުގެ އިޙުތިމާލު ރާއްޖެއަށް ވުރެ، މާބޮޑަށް ވެސް ބޮޑުކަން ފަލަކީ ޙިސާބުން ޔަޤީންވެއެވެ.
އިރާއި ހަނދުގެ ޙާލަތު މި ގޮތަށް ހުރުމަކީ ހަނދު ހަމަ ލޮލަށް ފެނުމުގެ އިޙުތިމާލު ބޮޑުވާނެ ކަމެކެވެ. ނަމަވެސް މޫސުމީ ހުރަސްތަކަކީ ހަނދު ސީދާ ލޮލަށް ފެނުމަށް ހުރަސްއަޅާނެ ކަންތަކަށް ވީ ހިނދު، ދިވެހިރާއްޖޭގެ ރަށްތަކަށް ހަނދު ފެންނާނެއެކޭ 100 ފަސެންޓު ޔަގީނަކަށް ނުބުނެވޭނެއެވެ. އެހެނީ ފަލަކީ ޢިލްމުން ބަލަނީ އިރާއި ހަނދުގެ ނިސްބަތުގައި އުދަރެހަށް އެންމެ ފުރަތަމަ ގެއްލިގެން ދާނީ މި ތަނުން ކޮން އެއްޗެއްކަމެވެ. ވީމާ، ފަލަކީ ހިސާބުން އިރަށް ވުރެ، ފަހުން ފެންމަތީގައި ހަނދު ހުރިކަން ޔަޤީންވީ ނަމަވެސް ހަމަލޮލަށް ނުފެނުމަކީ ޙައްޖު މަސް ވުޖޫދުވުން ނަފީކުރެވޭނެ ދަލީލެއްނޫނެވެ. ޙަޤީޤަތުގައި މިއަދު ހެނދުނު 08:02އިން ފެށިގެން އާހަނދު އުފަންވެއްޖެއެވެ. އަދި ފަލަކީ ގޮތުން ނުވަތަ ޢިލްމީ ގޮތުން ބަލާ އިރު، މިހާރު ހިނގަމުން މި ދަނީ ޙައްޖު މަހުގެ ވަގުތުތަކެވެ.
މިޞްރުގެ ފަލަކީ ހިސާބާ ބެހޭ މަރުކަޒު ބުނާ ގޮތުގައި މި ރޭ އިރުއޮއްސޭ ފަހުން ޤާހިރާގެ އުޑުގައި ޙައްޖު މަހުގެ ހުޅެވި ހަނދު 47 މިނެޓު އިރު، ވަންދެން ހުންނާނެއެވެ. މި މަރުކަޒު ބުނާ ގޮތުގައި އިސްލާމީ ގައުމުތަކަށް ބަލާ އިރު، މި ރޭ 9 މިނެޓާ 59 މިނެޓާ ދެމެދުގެ ވަގުތުކޮޅަކަށް ހަނދު އުޑުގައި ހުންނާނެއެވެ.
އެހެންކަމުން މި އަހަރުގެ ޢަރަފާތު ދުވަހަށް ވާނީ 5 ޖޫން (ބުރާސްފަތި) ދުވަހެވެ. އަދި ބޮޑު ޢީދު ދުވަސް ވާނީ ޖޫން 6ވާ ހުކުރު ދުވަހަށެވެ.