އަބާ މުޙަންމަދު
11 މޭ 2025
ފަރަންސޭސިވިލާތާއި އިންޑިއާއަކީ ޒަމާންވީ ރަޙުމަތްތެރީންނެވެ. ޚާއްޞަ ގޮތެއްގައި އަސްކަރީ ދާއިރާގައި އެއީ ފާހަގަކޮށްލެވޭ ފަދަ ގާތް ދެ މިތުރުންނެވެ. ނަމަވެސް މިހާރު އިންޑިއާއާއި ޕާކިސްތާނާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކުގައި ޕާކިސްތާނުގެ ޕައިލެޓުންގެ ކުޅަދާނަކަން ފާހަގަކުރެވިގެން ޕާކިސްތާނާ އެކު، ޚާއްޞަ ގުޅުމެއް ގާއިމުކުރާން ފަރަންސޭސިވިލާތުން ބޭނުންވާކަން ހާމަވެއްޖެއެވެ.
'އިންޓެލިޖެންސްއޮންލައިން'ގައިވާ ޚަބަރެއް ބުނާ ގޮތުގައި އިންޑއާގެ އެންމެ ދުވަސްވީ ހަތުރުކަމަށްވާ ޕާކިސްތާނާ އެކު، ގާތް ގުޅުމެއް އުފައްދާން ފަރަންސޭސިވިލާތުން ބޭނުންވެއެވެ. މި ކަމުގެ ފުރަތަމަ މަރުޙަލާގެ ތަފުޞީލު "އިންޓެލިޖެންސްއޮންލައިން"އިން ހާމަކުރާނެކަމަށް ވެސް ބަޔާންކޮށްފައި ވެއެވެ.
ކަށަވަރު ނުވާ ބައެއް ޚަބަރުތައް ބުނާ ގޮތުގައި ފަރަންސޭސީން މި ގޮތަށް ނިންމީ ފަރަންސޭސީން އިންޑިއާއަށް ހަދިޔާކޮށްފައިވާ ފަރަންސޭސި އުފެއްދުމެއްކަމަށްވާ ދަސާލްތު ރަފާލް (ލަފުޒީ މާނަ: ކުއްލި ގަދަވައި) އިންޑިއާއިން ބޭނުންކުރުމުގެތެރޭގައި ޕާކިސްތާނުން ދިން ޙަމަލާއެއްގައި ވަނީ އޭގެ ބޯޓުތަކެއް ވައްޓައިލައިފައެވެ.
ފަރަސްސޭސީން ގަބޫލުކުރާ ގޮތުގައި އެ ބޯޓުތައް ވެއްޓުނީ ޕާކިސްތާނު ޕައިލެޓުންގެ ކުޅަދާނަކަމުންނެވެ. އެއީ ބޯޓުގެ މައްސަލައެއް ނޫނެވެ. ޕާކިސްތާނުގެ ޕައިލެޓުންނާ ދެކޮޅަށް ރަފަލް ބޯޓުން ހަމަލާ ނުދޭން ފަރަންސޭސީން އެދުނުކަމަށް ވެއެވެ. ނަމަވެސް ބޯޓުގެ މޮޅުކަމަށް ބަލައި ޙަމަލާދިނީއެވެ. ޕާކިސްތާނުގެ ޕައިލެޓުންގެ ކުޅަދާނަކަމުން އެ ބޯޓުތައް ވައްޓައިލީއެވެ. އެހެންކަމުން އެ ބޯޓުގެ އަގު ވަރަށް ބޮޑަށް ވެއްޓުނެވެ. ނަމަވެސް ފަރަންސޭސީން ގަބޫލުކުރަނީ ޕާކިސްތާނުގެ ޕައިލެޓުން އިންޑިއާ ޕައިލެޓުންނަށްވުރެ މާ ހުނަރުވެރިވެފައި މާ ކުޅަދާނައީއެވެ. އެހެންކަމުން ޕާކިސްތާނާ ގުޅުން ބަދަހިކުރާން ފަރަންސޭސީން ބޭނުންވީއެވެ.
މި ސަބަބަކީ ކަށަވަރުކަން ލިބިފައިވާ ޚަބަރަކަށް ނުވިޔަސް ފަރަންސޭސިވިލާތުން ޕާކިސްތާނާ ގުޅުން ބަދަހިކުރާން ބޭނުންވެގެން އެ ކަމުގެ ފުރަތަމަ ފިޔަވަޅު އަޅައިފިކަމަށް ކަށަވަރު މަރުޖާތަކުންވަނީ ޚަބރުލިބިފައެވެ. 'އިންޓެލިޖެންސްއޮންލައިން'ގައި މި ވާހަކަ އެބަ އޮތެވެ. އިންޑިއާއާއި ޕާކިސްތާނާ ދެމެދު މިހާރު ހިނގާ ކުރިމަތިލުންތަކުގައި އިންޑިއާގެ އަސްކަރިއްޔާގެ 26 ތަނަކަށް ޙަމަލާތައް އަރައި ބޑެތި ގެއްލުންތަކެއް ލިބިއްޖެކަމަށާއި މުޅި އުތުރު އިންޑިއާގެ ގިނަ ސަރަހައްދުތަކަކަށް ޙަމަލާތައް އަރައި ބިނާރަށް ގެއްލުންިބި ޒަރޫރީ ގިނަ ކަންކަމަށް ބުރޫއަރައިފައިވާކަމަށް ވެސް ބައެއް ޚަބަރުތައް ބުނެއެވެ.