އަބާ މުޙަންމަދު
25 މޭ 2025
އޮސްޓުރޭލިއާގެ އިރުމަތީ ސަރަހައްދުގެ އައްސޭސި ސަރަހައްދަށް ޚާއްޞަކޮށް ނިއު ސައުތު ވޭލްސަށް ކުރިމަތިވި ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ކާރިސާއަކީ މިހާތަނަށް މިހައި ކުރު މުއްދަތެއްގައި ކުރިމަތިވި މި ފަދަ އެންމެ ގެއްލުން ބޮޑު ކާރިސާކަމަށް ބުނެވެއެވެ. މި ހާދިސާގައި ފަސް މީހަކު މަރުވެ އެތައް ހާސް ބަޔަކު ގެދޮރު ދޫކޮށް ރައްކާތެރި ހިސާބުތަކަށް ބަދަލުކުރާން ޖެހުނެވެ.
ވާރޭވެހުން ހުއްޓި ބޮޑުވެފައިވާ ފެން ހިނދޭން ފެށުމުން އެކި އަވަށްތައް ސާފުކުރުމުގެ މަސައްކަތް މުި ގައުމުގައި މިހާރު ވަނީ ފަށައިފައެވެ.
މި ކަން ބޮޑުވަޒީރު އެންތޯނީ އެލްބަނީސް ވަނީ އިޢުލާންކުރައްވައިފައެވެ. މި ކާރިސާއިން ލިބުނު ގެއްލުން ވަޒަންކުރުމުގެ މަސައްކަތް މިހާރު ކުރިއަށް ގެންދާކަމަށް [ކުއްލި ޙާލަތުގެ ޚިދުމަތްދޭ އެޖެންސީ]އިން އިއްޔެ ބުނެފައިވެއެވެ. މިހާތަނަށް ހޯދިފައިވާ ހޯދުންތަކަށް ބަލާ އިރު، 10 ހާސް މިއްކިއްޔާތު ހަލާކުވެފައިވާކަން ވަނީ ފާހަގަކުރެވިފައެވެ
ދުރުގައިވާ އަވަށްތަކުން ވަރަށް ގިނަ ގޭގެ ހަލާކުވެފައިވާ އިރު، ދިރިއުޅުމުގައި ބޭނުންކުރާ ހުރިހައި ސާމާނެއް އޮޔާ ގޮސްފައިވާކަން ވެސް ވަނީ ފާހަގކުރެވިފައެވެ
އެކުސްގައި އެލްބަނީސް ކުރެއްވި ޕޯސްޓެއްގައިވާ ގޮތުން މައި ސަރުކާރާއި ލޯކަލް ސަރުކާރުތަކުން ރައްޔިތުންނަށް މިހާރަށް މިހާރަށް ބޭނުންވާ އެހީތެރިކަމާއި، މި ގެއްލުމުން އަރައިގަތުމަށް ދޭންޖެހޭ އެހީތެރިކަން ދިނުމަށް ޓަކައި މުޅި ގައުމުގައި ގެންދަވަނީ މަސައްކަތްކުރައްވަމުންނެވެ.
ޙާލަތު ރަނގަޅުވަމުން އައި ނަމަވެސް އެތައް ސަތޭކަ ބަޔަކު އަދި ވެސް ގެންދަނީ ސަލާމަތީ މަރުކަޒުތަކުގައި ބޯހިޔާވަކިކަން ހޯދަމުންކަމަށް ކުއްލި ޙާލަތުގެ ޚިދުމަތާ ބެހޭ ކޮމިޝަނަރ މައިކް ވެސިންގ ވިދާޅުވެފައި ވެއެވެ.
އެންމެ ބޮޑަށް އަސަރުކުރި ޓެރީއިން ފެށިގެން 50 ކިލޯމީޓަރުގެ ދުރުގައިވާ ގެޔަކުން 80 އަހަރުގެ ފިރިހެނަކު ފެނުމުން މަރުވި މީހުންގެ ޢަދަދު ވަނީ އުފުލިފައެވެ.
މި ފެންބޮޑުވުމާ ގުޅިގެން އައްސޭރި ސަރަހައްދުގެ އެކި ހިސާބުތަކުގައި ކުނިބުންޏާއި މަރުވެފައިވާ ޖަނަވާރުތަކުގެ ސަބަބުން ވަނީ ފުރިފައެވެ.
އޮސްޓޮރޭލިއާއަށް ކުރިމަތިވި ފެންބޮޑުވުމުގެ މި ހާދިސާއާ ގުޅިގެން ރޭލު ދަތުރުފަތުރުގެ ޚިދުމަތްތަކާއި އެއަރޕޯޓުގެ ޚިދުމަތަށް ވަނީ އަސަރުކޮށްފައެވެ. މި ދިޔަ ހުކުރުދުވަހު އެއް ގަޑި އިރަށް ސިޑްނީ އެއަރބޯޓާއި އެ އެއަރުޕޯޓުގެ ތިން ރަންވޭއެއް އެއް ގަޑި އިރަށް ބަންދުކުރާންޖެހުނެވެ. މި ކަމުގެ ސަބަބުން ވައިގެ ދަތުރުފަތުރާއި އެއްގަމު ދަތުރުފަތުރުތަކަށް ވެސް ބުރޫއެރިކަމަށް ރެކޯޑުކުރެވިފައި ވެއެވެ.
2020ވަނަ އަހަރުން ފެށިގެން ފެންބޮޑުވުމުގެ 13 ހާދިސާއެއް އޮސްޓްރޭލިއާ ވަނީ ތަޖުރިބާކޮށްފައެވެ. އެއީ 2020 ފެބުރުވަރީ މަހާއި، 2021ވަނަ އަހަރު މޭ މަހާއި ޖޫން މަހާއި ނޮވެންބަރު މަހުގައި ތަޖުރިބާކުރެވުނު ފެން ބޮޑުވުމުގެ ކާރިސާތަކާއި 2022ވަނަ އަހަރު ޖަނަވަރީ، ފެބުރުވަރީ، މާރިޗު، ޖުލައި، އޮކްޓޫބަރު މަހު ތަޖުރިބާކުރާން ޖެހުނު ކާރިސާތަކެވެ. އަދި 2023ވަނަ އަހަރު އޮކްޓޫބަރާއި ޑިސެންބަރުގައި ތަޖުރިބާކުރެވުނު ކާރިސާތަކެވެ. 2024ވަނަ އަހަރަކީ މި ފަދަ ކާރިސާއެއް ތަޖުރިބާކުރާންނުޖެހޭ އަހަރެއް ނަމަވެސް މިއަހަރު ޖަނަވަރީ-ފެބުރުވަރީގައި ތަޖުރިބާކުރެވުނު ފެންބޮޑުވުމުގެ ކާރިސާގެ އިތުރަށް ދާދި ފަހުން މި މަހު، މި ދިޔަ ހަފުތާގައި، ތަޖުރިބާކުރާން ޖެހުނު ކާރިސާ ފާހަގަކޮށްލެވެއެވެ.