އަބާ މުޙަންމަދު
13 އޯގަސްޓް 2025
ނޫކުލައާއި ހުދުކުލައިގެ މުއްޓަކީ (ސެރަމިކްސް އަކީ) ދިގު ތާރީޚެއް އޮތް އެއްޗެކެވެ. މި ސަގާފަތުގެ އަސްލަކީ އެތައް ހާސް އަހަރެއް ކުރިން، އޭޝިއާ އާއި އިރާގުގެ ބައެއް ހިސާބުތަކުން ފެށިގެން، އޭގެ ފަހުން ތަފާތު ގިނަ ސިޔާގުގައި ބަދަލުގެނެވި ވެއްޓަށް ހޭނުވިފައިވާ ސަގާފަތެކެވެ. ހުދު ފަސްމަންޒަރެއްގައި ނޫކުލައިން އަތުން ކުރަހައިފައި ހުންނަ މުއްޓަކީ މި ފަހަކަށް އައިސް އެންމެން ދަންނަ މަޝްހޫރު މުއްޓަކަށް ވެދާނެއެވެ.
މި ލިޔުމުގައި އަޅުގަނޑު ބަލައިލާން މި ގަސްތުކުރަނީ މުށީގެ ތާރީޚަށާއި މި ޖީލުގައި ހުދު ފަސްމަންޒަރެއްގައި ނޫކުލައިން އަތުން ކުރަހައިފައި ހުންނަ (ޑެލްފްޓް) މުށީގެ މައްޗަށެވެ.
ހުދު ފަސްމަންޒަރެއްގައި ނޫކުލައިން އަތުން ކުރަހައިފައި ހުންނަ ތަށިމުށީގެ ބޭނުންތަކަށް މިހާރު ބޮޑެތި ބަދަލުތަކެއް އެބަ އާދެއެވެ. އެއް ޒަމާނެއްގައި ގާތްގަނޑަކަށް ހަމައެކަނި ބަދިގޭ އުނދުނާ ދިމާ ބިތުގައި ނުވަތަ އަތްދޮންނަ ތައްޓާއި ތަށިދޮންނަ ސިންކުގެ ބިއްދޮށުގައި ބިތުގައި ޖަހައިފައި ހުންނަ، ނުވަތަ މި ކަމަށް ޚާއްޞަކޮށްފައި ހުންނަ މި ވައްތަރުގެ ތަށިމުށި (ޓައިލްސް) މިހާރު ގޭގެ ކޮންމެ ދިމާއަކުން ވެސް ފެނިދާނެއެވެ. މި ފަދަ ތަށިމުށީހެ ކުރެހުންތަކަށް ގިނަ ބަޔަކު ޚިޔާރުކުރަނީ ވަކި ޒަމާނެއް ނެތި ކޮންމެ ޒަމާނެއްގައި ވެސް ގިނަ މާނަތައް ނެގޭ ކުރެހުންތަކެވެ. އަދި ގޭތެރޭގެ ޒީނަތުގެ ފަރުމާތަކުގައި މާޒީއާއި މިހާރާއި މުސްތަގުބަލުގައި ވެސް މުހިންމު މާނަތަކެއް ދޭހަކޮށްގަނެވޭ ގޮތަށް އިސްކަންދޭކަމަށް ވެއެވެ.
ތާރީޚު
މި ވައްތަރުގެ ތަށިމުށި ނެދަލެންޑްސްގައި ތައާރަފުވީ 17ވަނަ ގަރުނުގައިކަމަށް ވިޔަސް ހުދު ފަސްމަންޒރެއްގައި ކަޅުކުލައިގެ ފަރުމާތަކެއް ކުރަހައި ކުލަ ޖެހުމުގެ ސަގާފަތް އެއަށްވުރެ މާ ދުރަށް ފޯރައެވެ. އިރާގުގެ ކުރީގެ މިފަދަ ނަމޫނާތައް ނުވަވަނަ ގަރުނާ ހަމައަށް ފޯރައެވެ. ޓަންގ ދަރިކޮޅުގެ ދުވަސްވަރު ޗައިނާގައި ވެސް މި ކަން ތަޢަރަފުވެފައިވެއެވެ. އެންމެ އާދައިގެ ކުނިއުކާ މީހުން ވެސް މި ފަދަ ކުރެހުންތައް ކުރަހަމުން ގެންދިޔަކަމަށް ވެއެވެ.
ނެދަރލޭންޑްސްގައި މި ކަމުގެ ފަންނުވެރީން މި ކުލަތައް މާނަކުރަނީ މުޅީން ތަފާތު ގޮތަކަށެވެ. ދުވަހީ ދިރިއުޅުމުގެ ހަގީގަތްތަކުގެ މަންޒަރުތައް ދައްކުވައިދޭށާއި، އެ މީހުންގެ މުގައްދަސް ފޮތޭ ކިޔާ (ހަދައިގެން އުޅޭ) ބައިބަލްގެ އެކި ބައިތައް ރަމްޒުކޮށްދޭށެވެ. [އެބައިމީހުން] މިކަންތައް ފެށީ ވަކިވަކި ފަރުދުންގެ އިންފިރާދީ ރަމްޒާއި އަދި ކުންފުނިތަކުގެ ފާހަގައަކަށެވެ.] ގޭތެރެގެ ފަރުމާވެރިއެއްކަމަށްވާ ކޭޒީ ހިލް ބުނެފައިވެއެވެ. [މި ފަދަ ތަށިމުށި ބަދަލުވެފައިވަނީ އެބައިމީހުންގެ އަމިއްލަ ނަކަލުހައްގު އޮންނަ، ފަންނުވެރި މަސައްކަތެއްގެ ގޮތުގައެވެ.]
ކޮންމެއަކަސް ހުދު ފަސްމަންޒަރެއްގައި ނޫކުލައިން އަތުން ކުރަހައިފައި ހުންނަ މުއްޓަކީ މި ފަހަކަށް އައިސް އެންމެން ދަންނަ މަޝްހޫރު އަދި މަގުބޫލު މުއްޓަކަށް ވެއްޖެއެވެ.