ad_banner
އުޑުގެ ފަރުބަދަތައް (4)

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

4 ޖޫން 2025

ޤުރުއާނުގެ މުޢުޖިޒާއަކީ ގުނައި ޢަދަދުކުރެވޭނެ އެއްޗެއް ނޫނެވެ.

(2025 މޭ 28ވަނަ ދުވަހުގެ ޢަދަދާ ގުޅޭ)

އިތުރު އަޖާއިބުތައް

މި އަންނަ ތިން އާޔަތާ މެދު ރަނގަޅަށް ވިސްނަވައިލައްވާނުތޯއެވެ؟

1.           هُوَ الَّذِي يُرِيكُمْ آيَاتِهِ وَيُنَزِّلُ لَكُمْ مِنَ السَّمَاءِ رِزْقًا وَمَا يَتَذَكَّرُ إِلَّا مَنْ يُنِيبُ - غافر: 13

2.           هُوَ الَّذِي أَرْسَلَ رَسُولَهُ بِالْهُدَى وَدِينِ الْحَقِّ لِيُظْهِرَهُ عَلَى الدِّينِ كُلِّهِ وَكَفَى بِاللَّهِ شَهِيدًا - الفتح: 28

3.           هُوَ الَّذِي جَعَلَ لَكُمُ الْأَرْضَ ذَلُولًا فَامْشُوا فِي مَنَاكِبِهَا وَكُلُوا مِنْ رِزْقِهِ وَإِلَيْهِ النُّشُورُ - الملك: 15

§        ފުރަތަމަ އާޔަތް ފެށިފައި މި ވަނީ (هُوَ الَّذِي) މި ކަލިމައިންނެވެ.

§        ދެވަނަ އާޔަތް ފެށިފައި މި ވަނީ (هُوَ الَّذِي) މި ކަލިމައިންނެވެ.

§        ތިންވަނަ އާޔަތް ފެށިފައި މި ވަނީ (هُوَ الَّذِي) މި ކަލިމައިންނެވެ.

§        ކީރިތި ޤުރްއާނުގައި (هُوَ الَّذِي) ފެށިފައިވާ އާޔަތްޔަކުގެ ތަރްތީބަށް ބަލާއިރު ފުރަތަމަ އާޔަތުގެ ވަނައަކީ 14އެވެ. މި އާޔަތުގައި ހިމެނެނީ 14 ކަލިމައެވެ.

§        ދެވަނަ އާޔަތުގައި ހިމެނެނީ 14 ކަލިމައެވެ.

§        ތިންވަނަ އާޔަތުގައި ހިމެނެނީ 14 ކަލިމައެވެ.

§        މި ތިން އާޔަތް ފެށިފައިވަނީ (هُوَ)އިންނެވެ. މި ލަފުޒުގައި ހިމެނެނީ ދެ އަކުރެވެ. އެއީ هـ އާއި وއެވެ.

§        މި ތިން އާޔަތުގައި هـ ތަކުރާރުވެފައިވަނީ 14 ފަހަރުއެވެ.

§        މި ތިން އާޔަތުގައި و ތަކުރާރުވެފައިވަނީ 14 ފަހަރުއެވެ.

ޢަދަދުގެ ތަރާދުގެ ބަރާބަރުކަމާމެދު ތިބާ ޙައިރާނެއް ނުވަންހެއްޔެވެ؟

އަދި މިއަށް ވުރެ އަޖައިބުކަން ބޮޑު ކަމެއް ވެއެވެ.

މެދު އާޔަތް (هُوَ الَّذِي أَرْسَلَ رَسُولَهُ بِالْهُدَى وَدِينِ الْحَقِّ لِيُظْهِرَهُ عَلَى الدِّينِ كُلِّهِ وَكَفَى بِاللَّهِ شَهِيدًا  -  (الفتح: 28)އާ މެދު ވިސްނައިނުލާނަންހެއްޔެވެ؟ މި އާޔަތުގައި އިބިފިލި ޖެހިގެންވާ އަކުރުތަކުގެ ޢަދަދަކީ 14އެވެ. ނުކުތާ ޖެހިގެންވާ އަކުރުތަކުގެ ޢަދަދަކީ 14އެވެ.

މި އާޔަތް ނިމެނީ  (وَكَفَى بِاللَّهِ شَهِيدًا) އަށެވެ. އެއީ 14 އަކުރެވެ. މި އާޔަތުގައި އައިސްފައިވާ ކަލިމަ (دين الحق)އަށް ބަލައިލަމާހެއްޔެވެ؟

§    މި ތިން އާޔަތުގައި  د  ތަކުރާރުވެފައި ވަނީ 4 ފަހަރުއެވެ.

§    މި ތިން އާޔަތުގައި ى   ތަކުރާރުވެފައި ވަނީ 16 ފަހަރުއެވެ.

§    މި ތިން އާޔަތުގައި  ن  ތަކުރާރުވެފައި ވަނީ 9 ފަހަރުއެވެ.

§    މި ތިން އާޔަތުގައި  ا  ތަކުރާރުވެފައި ވަނީ 27 ފަހަރުއެވެ.

§    މި ތިން އާޔަތުގައި ل  ތަކުރާރުވެފައި ވަނީ 25 ފަހަރުއެވެ.

§    މި ތިން އާޔަތުގައި ح   ތަކުރާރުވެފައި ވަނީ 1ފަހަރުއެވެ.

§    މި ތިން އާޔަތުގައި ق  ތަކުރާރުވެފައި ވަނީ 3 ފަހަރުއެވެ.

ވީމާ މި 3 އާޔަތުގައި (دين الحق)ގެ އަކުރުތައް ތަކުރާރުވެފައި މި ވަނީ 85 ފަހަރުއެވެ. 85 މި އިޝާރަތްކުރަނީ ކޮން އެއްޗަކަށްހެއްޔެވެ؟

ކުޑަ އިރުކޮޅަކަށް މަޑުކޮށްލަދެއްވާ!

މެދު އާޔަތުގައިވާ ބަސްފުޅު (لِيُظْهِرَهُ عَلَى الدِّينِ كُلِّهِ - އެއީ އެންމެހާ دينތަކުގެ މައްޗަށް، އެ دين ފާޅުކުރައްވައި މަތިވެރިކުރެއްވުމަށްޓަކައެވެ.)އަށް ބަލައިލަމާ ހިނގާށެވެ!

الدِّين މި ލަފުޒުގައި ހިމެނޭ އަކުރުތަކުގެ ތަރުތީބަށް ބަލާއިރު:

§    ا  ގެ އަލިފުބާ ތަރުތީބަކީ 1އެވެ.

§    ل  ގެ އަލިފުބާ ތަރުތީބަކީ 23އެވެ.

§    د  ގެ އަލިފުބާ ތަރުތީބަކީ 8އެވެ.

§    ى  ގެ އަލިފުބާ ތަރުތީބަކީ 28އެވެ.

§    ن ގެ އަލިފުބާ ތަރުތީބަކީ 25އެވެ.

§    މި އަކުރުތަކުގެ ތަރުތީބީ ވަނަތަކުގެ ޖުމްލައަކީ 85އެވެ.

ޢަދަދު 85 އަށް ބަލައިލަން އެބަ ޖެހެއެވެ. ކުޑަ އިރުކޮޅެއް ދެއްވާށެވެ!

§    ا  ގެ އަލިފުބާ ތަރުތީބަކީ 1އެވެ.

§    ل  ގެ އަލިފުބާ ތަރުތީބަކީ 23އެވެ.

§    ا ގެ އަލިފުބާ ތަރުތީބަކީ 1އެވެ.

§    س  ގެ އަލިފުބާ ތަރުތީބަކީ 12އެވެ.

§    ل  ގެ އަލިފުބާ ތަރުތީބަކީ 23އެވެ.

§    ا  ގެ އަލިފުބާ ތަރުތީބަކީ 1އެވެ.

§    م ގެ އަލިފުބާ ތަރުތީބަކީ 24އެވެ.

މިއީ  (الإسلام) މި ލަފުޒުގެ އަކުރުތަކެވެ. މި އަކުރުތަކުގެ އަލިފުބާ ތަރްތީބުގެ ވަނަތަކުގެ ޖުމްލައަކީ 85އެވެ.

ވިސްނަވާށެވެ!

§     (الإسلام) މި ލަފުޒުގެ އަލިފުބާ ތަރުތީބުގެ ޖުމްލައަކީ 85އެވެ.

§     (الدين) މި ލަފުޒުގެ އަލިފުބާ ތަރުތީބުގެ ޖުމްލައަކީ 85އެވެ.

§    (دين الحق) މި ލަފުޒުގެ އަލިފުބާ ތަރުތީބުގެ ޖުމްލައަކީ 85އެވެ.

މީގެ މާނައަކީ ((الإسلام دين الحق)) އިސްލާމްދީނަކީ ޙައްޤުދީންނޫންތޯއެވެ؟

އިތުރަށް ކަށަވަރުކޮށްލުން:

އަލުން އެ ތިން އާޔަތަށް ދާނަމެވެ.

§    هُوَ الَّذِي يُرِيكُمْ آيَاتِهِ وَيُنَزِّلُ لَكُمْ مِنَ السَّمَاءِ رِزْقًا وَمَا يَتَذَكَّرُ إِلَّا مَنْ يُنِيبُ - غافر : 13

§    هُوَ الَّذِي أَرْسَلَ رَسُولَهُ بِالْهُدَى وَدِينِ الْحَقِّ لِيُظْهِرَهُ عَلَى الدِّينِ كُلِّهِ وَكَفَى بِاللَّهِ شَهِيدًا - الفتح : 28

§    هُوَ الَّذِي جَعَلَ لَكُمُ الْأَرْضَ ذَلُولًا فَامْشُوا فِي مَنَاكِبِهَا وَكُلُوا مِنْ رِزْقِهِ وَإِلَيْهِ النُّشُورُ - الملك  : 15

§    މި ތިން އާޔަތުގައި ا   ތަކުރާރުވެފައި ވަނީ 27 ފަހަރުއެވެ.

§    މި ތިން އާޔަތުގައި ل    ތަކުރާރުވެފައި ވަނީ 25 ފަހަރުއެވެ.

§    މި ތިން އާޔަތުގައި  ا  ތަކުރާރުވެފައި ވަނީ 27 ފަހަރުއެވެ.

§    މި ތިން އާޔަތުގައި س   ތަކުރާރުވެފައި ވަނީ 3 ފަހަރުއެވެ.

§    މި ތިން އާޔަތުގައި ل  ތަކުރާރުވެފައި ވަނީ  25 ފަހަރުއެވެ.

§    މި ތިން އާޔަތުގައި ا  ތަކުރާރުވެފައި ވަނީ 27 ފަހަރުއެވެ.

§    މި ތިން އާޔަތުގައި م   ތަކުރާރުވެފައި ވަނީ 10 ފަހަރުއެވެ.

މި ތިން އާޔަތުގައި (الإسلام) މި ލަފުޒުގެ އަކުރުތައް ތަކުރާރުވެފައި ވަނީ 144 ފަހަރުއެވެ. އެއީ 12 × 12އެވެ.

§     ތައުޙީދުގެ ކަލިމަ (لا إله إلا الله)ގައި އޮތީ 12 އަކުރެވެ.

§    ޝަހާދަތުގެ ދެ ވަނަ ކަލިމަ   (مُحمَّد رسول الله)ގައި އޮތީ 12 އަކުރެވެ. 

މި އަކުރުތައް މި ތިން އާޔަތުގައި ތަކުރާރުވެފައިވަނީ:

§    މި ތިން އާޔަތުގައި    ل   ތަކުރާރުވެފައިވަނީ 25  ފަހަރުއެވެ.

§    މި ތިން އާޔަތުގައި    ا    ތަކުރާރުވެފައިވަނީ 27  ފަހަރުއެވެ.

§    މި ތިން އާޔަތުގައި    ا    ތަކުރާރުވެފައިވަނީ 27  ފަހަރުއެވެ.

§    މި ތިން އާޔަތުގައި    ل   ތަކުރާރުވެފައިވަނީ 25  ފަހަރުއެވެ.

§    މި ތިން އާޔަތުގައި   هـ     ތަކުރާރުވެފައިވަނީ 14 ފަހަރުއެވެ.

§    މި ތިން އާޔަތުގައި    ا    ތަކުރާރުވެފައިވަނީ 27  ފަހަރުއެވެ.

§    މި ތިން އާޔަތުގައި    ل   ތަކުރާރުވެފައިވަނީ 25  ފަހަރުއެވެ.

§    މި ތިން އާޔަތުގައި    ا    ތަކުރާރުވެފައިވަނީ 27  ފަހަރުއެވެ.

§    މި ތިން އާޔަތުގައި    ا    ތަކުރާރުވެފައިވަނީ 27  ފަހަރުއެވެ.

§    މި ތިން އާޔަތުގައި    ل   ތަކުރާރުވެފައިވަނީ 25  ފަހަރުއެވެ.

§    މި ތިން އާޔަތުގައި    ل   ތަކުރާރުވެފައިވަނީ 25  ފަހަރުއެވެ.

§    މި ތިން އާޔަތުގައި   هـ     ތަކުރާރުވެފައިވަނީ 14 ފަހަރުއެވެ.

ތައުޙީދުގެ ކަލިމަ (لا إله إلا الله)ގެ އަކުރުތައް މި ތިން އާޔަތުގައި ތަކުރާރުވެފައި  މި ވަނީ 288 ފަހަރުއެވެ. އެއީ 12 × 12 + 12 × 12އެވެ.

§    ކީރިތި ޤުރްއާނުން ބާވައިލެއްވި ފުރަތަމަ ސޫރަތް (العلق ސޫރަތް)ގެ އަކުރުތަކުގެ  ޢަދަދަކީ 288އެވެ.

§    ކީރިތި ޤުރްއާނުން އެންމެ ފަހުން ބާވައިލެއްވި އާޔަތުގެ ވަނައަކީ މުޞްޙަފުގެ ފެށޭ ކޮޅުން ގުނާ އިރު، 288އެވެ.

ކީރިތި ޤުރްއާނުގެ އަކުރުތަކާއި ލަފުޒުތަކާއި އާޔަތްތަކާއި ސޫރަތްތަކުގެ ޢަދަދީ މޭސްތިރިކަން ކިހާ ފުރިހަމަތޯއެވެ؟ އެއް މަންޒަރެއް ސިފަކޮށްދެއްވުމަށް ޢަދަދީ ޑޭޓާތައް ޖަމާކުރައްވައިފައިވާ ގޮތާ މެދު ޤުރްއާނާ އިންކާރު ކުރާ މީހުންނަށް އިތުރަށް ބަހަނާއެއް ދެއްކިދާނެހެއްޔެވެ؟ މެދު އާޔަތުގައި މާތް ﷲ ވަޙީކުރެއްވިއެވެ. ((هُوَ ٱلَّذِىٓ أَرْسَلَ رَسُولَهُۥ بِٱلْهُدَىٰ وَدِينِ ٱلْحَقِّ لِيُظْهِرَهُۥ عَلَى ٱلدِّينِ كُلِّهِۦ  - އެކަލާނގެއީ، ތެދުމަގާއި، حق دينއާއިގެން އެކަލާނގެ رسولއާ ފޮނުއްވި ރަސްކަލާނގެއެވެ. އެއީ އެންމެހައި دينތަކުގެ މައްޗަށް، އެ دين ފާޅުކުރައްވައި މަތިވެރިކުރެއްވުމަށް ޓަކައެވެ.))

(ނިމުނީ)

 

މަރުޖާތައް

1-  القرآن الكريم برواية حفص عن عاصم (وكلماته بحسب قواعد الإملاء الحديثة)

2-  الصعيدي، عادل (22 يناير 2013)؛ بحث بعنوان: "أنواع السحب (رؤية قرآنية)"

3-  الطراونة، سليمان (2000)؛ الإعجاز العلمي في القرآن الكريم.. الكون والماء؛ عمان: دار الفرقان للنشر والتوزيع.

4-  المصلح، عبد الله بن عبد العزيز (2014)؛ الإعجاز العلمي في القرآن والسنّة؛ رابطة العالم الإسلامي: الهيئة العالمية للإعجاز العلمي في القرآن والسنّة.

5-  المنّاوي، أحمد مُحمَّد زين (2015)؛ قطوف الإيمان من عجائب إحصاء القرآن

6-   الناعسة، أسامة نعيم مصطفى (1432 هـ)؛ الله يدعونا للنظر في آياته وعظمته في خلقه؛ المملكة العربية السعودية: دار الحضارة للنشر والتوزيع.

7-  جوهر، أحمد المرسى حسين (2000)؛ الإعجاز العلمي للقرآن الكريم بين الآيات القرآنية.. والنظريات العلمية؛ المنصورة: مكتبة جزيرة الورد.

8-  حمامة، حسن حمدان الدسوقي (18 سبتمبر 2014)؛ مقال بعنوان: "الإعجاز القرآني في وصف السحاب الركامي"

ކޮމެންޓު