ހުސައިން ނައުޝާދު
17 އޮކްޓޯބަރު 2025
އިއްޔެ އިސްލާމީ ޔުނިވަރސިޓީއިން 2026ވަނަ އަހަރުގެ ފުރަތަމަ ސެމެސްޓަރުގެ ކޯސްތައް އިޢުލާނުކުރައްވަނީ!!
ދިވެހިރާއްޖެ އެކުލެވިފައިވާ ގޮތުން ތަޢުލީމު ޙާޞިލުކުރުމަށް ޓަކައި ދުރު ތަންތަނަށް އާންމުކޮށް ދަތުރުކުރުމަކީ ޚަރަދާއި ތަކުލީފު ވެސް ބޮޑު ކަމެކެވެ. އެހެންވީމާ، ޖެހޭނީ އެ ދާ ތަނެއްގައި އެ ކޯހެއް ނިމެންދެން ތިބޭށެވެ. ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަސިޓީއަކީ ފެންވަރު ރަނގަޅު ތަޢުލީމީ ޕްރޮގްރާމްތަކެއް ހިންގަވާ މުއައްސަސާއެއްކަމަށް ވިޔަސް އެ ޔުނިވަރސިޓީގެ މަރުކަޒުތައް އަދި ގާއިމުކުރެވިފައި ހުރީ މާލޭގެ އިތުރަށް ރ. އުނގޫފާރާއި، ޅ. ނައިފަރާއި، ލ. ފޮނަދުވާއި، ގދ. ތިނަދުވާއި، ޏ. ފުވައްމުލަކާއި ސ. މީދޫގައެވެ. މި ހައެއްކަ އަތޮޅު ފިޔަވައި އެހެން އަތޮޅުތަކުގައި އެ ޔުނިވަރސިޓީގެ މަރުކަޒެއް ނުވަތަ ކެންޕަހެއް، ނުވަތަ ގޮތްޕެއްވިޔަސް އަދިއެއް ނެތެވެ. ނަމަވެސް އުފާވެރި ޚަބަރަކީ، އަޅުގަނޑުމެނަށް ވުރެ ބޮޑަށް މި ކަން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއިން ފާހަގަކުރައްވާކަމެވެ.
އާދޭހެވެ! 2026ވަނަ އަހަރަށް، އެ އަހަރުގެ ފުރަތަމަ ސެމެސްޓަރަށް، ހުޅުވައިލެއްވި 68 ކޯހެއްގެ ތެރެއިން ހަމަ ވަރަށް ގިނަ ކޯސްތަކެއްގައި ދާދިވަރުކޮށް (އޮންލައިނުކޮށް) ނުވަތަ ބްލެންޑެޓްކޮށް ވެސް ކިޔެވޭނެ ފުރުޞަތު ވަނީ ފަހިކޮށްދެއްވައިފައެވެ. ދާދިވަރުކޮށް ކިޔެވުމަކީ ދުރުގައި ތިބެ އޮންލައިނު ވަސީލަތް ބޭނުންކޮށްގެން ލެކުޗަރަރެއްގެ އެހީގައި ކިޔަވާ ކިޔެވުންކަމަށްވާ އިރު، ތަޢުލީމީ މާގައިގައި [ބްލެންޑެޑް]ކޮށް ކިޔެވުމަކީ ބައެއް ގަޑިތައް އޮންލައިނުކޮށް ކިޔެވިކަމަށް ވިޔަސް ދޭތެރެދޭތެރެއިން ކައިރި މަރުކަޒަކަށް ހާޒިރުވެ ގިނަ މޮޑިޔުލްތަކެއް ހަމަ މާއްދީ ކްލާސްރޫމެއްގައި ލެކްޗަރަރާ އެކު ތިބެ ކިޔަވާ ކިޔެވުންކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
ކޮންމެއަކަސް ތިޔަ ބޭފުޅުންނަށް ފެންވަރު ރަނގަޅު ތަޢުލީމީ ފުރުޞަތު މިހާރު މި އޮތީ އެކި ވަސީލަތްތައް ބޭނުންކޮށްގެން ކިޔެވުމަށް ޓަކައި ތަންމިނަށް ހުޅުވައިލެވިފައެވެ. ސެޓުފިކެޓު ދަރަޖައިން ފެށިގެން ޑިޕްލޮމާއާއި އެސޯސިއޭޓް ޑިގްރީއާއި ބެޗްލަރސް ޑިގްރީއާއި މާސްޓަރސް ޑިގްރީއަށް އަދި ޕީއެޗްޑީއަށް ވެސް ކިޔެވުމުގެ ފުރުޞަތު މި ވަނީ އަންނަ ޑިސެންބަރު މަހުގެ ނިޔަލަށް ހުޅުވައިލެވިފައެވެ. ފުރުޞަތު ހުޅުވައިލައްވައިފައިވާ މައިގަނޑު ދާއިރާތަކުގެ ތެރޭގައި ޤުރުއާނާއި ޙާދީޘް، ޝަރީޢަތާއި ޤާނޫނު (ޝަރީޢާ އެންޑް ލޯ)، ފިޤުހު، އިސްލާމީ ތަޢުލީމު (އިސްލާމިކް ސްޓަޑީޒް)، މިސްކިތްތަކުގެ އިމާމުކަން (އިމާމުޝިޕް)، އެކިއެކި ބަސްބަސް (ލެންގވިޖް)، ތަޢުލީމީ ދާއިރާ (އެޑިޔުކޭޝަން)، ވަސޭހަތް (ކައުންސެލިންގ). މާލީ ކަންތައްތައް (ފައިނޭންސް)، ހިސާބު ބެހެލެއްޓުން (އެކައުންޓިންގ)، އިސްވާރުކަމާއި އިދާރިއްޔަތު (ލީޑާރޝިޕް އެންޑް އެޑްމިނިސްޓްރޭޝަން)، ހިންގައި ބެލެހެއްޓުން (މެނެޖްމެންޓް)، ނޫސްވެރިކަން (ޖާރނަލިޒަމް) ފަދަ އެތައް ދާއިރާއަކުން ގިނަ ކޯސްތަކެއް ވަނީ ހިމަނުއްވައިފައެވެ.
ފާހަގަކޮށްލާންޖެހޭ މުހިންމު އެއް ކަމަކީ އިސްލާމީ ޔުނިވަރސިޓީގެ ހުރިހައި މަރުކަޒުތަކެއްގައި ވެސް އެ ތަންތަނުން ހިންގަވާ ފުރަތަމަ ޑިގުރީ ފެންވަރުގެ ހުރިހައި ކޯސްތަކަކީ ވެސް ސަރުކާރުގެ ހިލޭ ޑިގުރީ ޕްރޮގަރާމްގެ ތެރެއިން ޓިއުޝަންފީ މުޅީން ހިލޭ ކިޔަވައިދޭ ކޯސްތަކެއްކަމެވެ.
ދަންނަވަންތޯއެވެ؟ ފުރުޞަތަކީ ތިމާގެ ގޭގެ ދޮރުގައި އެންމެ ފަހަރަކު ޓަކިދޭނެ އެއްޗެކެވެ. އެ ޓަކިދިނުމަށް އިޖާބަ ނުދީފި ނަމަ، ދެވަނަ ފަހަރު އެ ފުރުޞަތު ނުލިބުމަކީ އެކަށީގެންވާ ކަމެކެވެ. ވީމާ، މި ފުރުޞަތުގެ ބޭނުންކުރަމާ ހިންގަވާށެވެ! ކޯހުގައި ބައިވެރިވެވަޑައިގަންނަވާން އެދިވަޑައިގަންނަވާ ބޭފުޅުން ކޯހަކަށް [ވަންނާން އެދޭ ފޯމު] ފުރިހަމަކުރެއްވުމަށް ފަހު، އަންނަ ޑިސެންބަރުމަހު 31ވަނަ ދުވަހު 13:00ގެ ކުރީން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް ކޮންމެވެސް ގޮތަކުން ހުށަހަޅުއްވާންވީއެވެ. ފޯމު ހުށަހަޅުއްވާ އިރު، ފޯމާ އެކު، އާދައިގެމަތީން ހުށަހަޅުއްވާން ލާޒިމުކުރާ ލިޔުންތަކެއް ވެސް އެބަހުއްޓެވެ. އެއީ ފޯމުގެ އިތުރަށް:
· ލިބިފައިވާ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ސާފު ކޮޕީއެއް
· ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީއެއް
· ޕާސްޕޯޓު ސައިޒުގެ ފޮޓޯއެއް
· ދެ ބޭފުޅެއްގެ ރިފަރެންސް ސިޓީ (ޕީ.އެޗް.ޑީ.އަށް ހުށަހަޅުއްވާ ނަމަ)
· މަފުހޫމު ކަރުދާސް (ކޮންސެޕްޓް ޕޭޕަރ) (ޕީ.އެޗް.ޑީ.އަށް ހުށަހަޅުއްވާ ނަމަ) ހުށަހަޅުއްވާން ޖެހެއެވެ.
އަދި އެއް ވާހަކައެއް ދަންވައިލާނަމެވެ. ކޯހަށް ވަންނާން އެދޭ ފޯމު ޔުނިވަރސިޓީގެ ވެބުސައިޓުން ވެސް ލިބިވަޑައިގަންނަވާނެއެވެ. މާއްދީކޮށް ފޯމެއް ބޭނުންފުޅު ނަމަ، ސީދާ އިސްލާމީ ޔުނިވަރސިޓީގެ މައި މަރުކަޒަށް ވަޑައިގެން އިސްތިގުބާލަށް ވަޑައިގަންނަވާށެވެ. މީގެ އިތުރަށް އަންނަނިވި މަރުކަޒުތަކުން ވެސް ފޯމު ލިބިވަޑައިގަންނަވާނެއެވެ.
· ރ. އުނގޫފާރު އައިޔޫއެމް ލާރނިންގ ސެންޓަރ (އުނގޫފާރު އިސްލާމީ މަރުކަޒު)
· ޅ. ނައިފަރު އައިޔޫއެމް ލާރނިންގ ސެންޓަރ (ކުރީގެ ނޫރާނީ ޕްރީ ސްކޫލް ހިންގި ޢީމާރާތް)
· ލ. ފޮނަދޫ އައިޔޫއެމް ލާރނިންގ ސެންޓަރ (ކުރީގެ ސިރާޖުއްދީނު ޕްރީ ސްކޫލް ހިންގި ޢިމާރާތް)
· ގދ. ތިނަދޫ އައިޔޫއެމް ލާރނިންގ ސެންޓަރ (ތިނަދޫ ސިޓީގެ އިސްލާމީ މަރުކަޒު)
· ފުވައްމުލައް ސިޓީ (ކުރީގެ މިސްކިތްމަގު އަންހެނުންގެ ކޮމިޓީގެ ޢިމާރާތް)
· އައްޑޫ ސިޓީގެ މީދޫ (ޝަމްސުއްދީނު ލާރނިންގ ސެންޓަރ)
މި ހުރިހައި މަރުކަޒަކުން ވެސް ފޯމު ދޫކުރުމުގެ އިތުރަށް ބަލައިގަތުން ވެސް ހަމަޖެހިފައިވެއެވެ. އީމޭލުން ފޯމު ހުށަހަޅުއްވާ ނަމަ، apply@ium.edu.mv އަށް މޭލުކުރެއްވޭނެއެވެ. މީގެ އިތުރަށް އޮންލައިނުކޮށް ވެސް ފޯމު ހުށަހެޅުއްވޭނެއެވެ. އޮންލައިނުކޮށް ހުށަހަޅުއްވާ ނަމަ، ވެބްސައިޓުގައވާ އޮންލައިނު ޕޯޓަލް admissions.ium.mvއިޚުތިޔާރުކުރައްވާށެވެ! ކިހައި ފަސޭހަތޯއެވެ! އަދި މި ވަރުން ނިމުނީކީ ނޫނެވެ. އިތުރު އެއްވެސް ކަމެއް ސާފުކުރައްވާން ބޭނުންފުޅު ނަމަ، ވައިބަރާއި ވަޓުސްއެޕުން ވެސް މުޢާމަލާތުކުރެއްވޭނެއެވެ. މެސެޖުކުރައްވާން ބޭނުންފުޅުކުރައްވާނީ 7923247 މި ނަންބަރެވެ. ފޯނުކުރައްވައިގެން މަޢުލޫމާތު ސާފުކުރައްވާން ބޭނުންފުޅުވާ ބޭފުޅުންނަށް ހޮޓުލައިނެއް ވެސް ވަނީ ތަޢާރަފުކުރައްވައިފައެވެ. 1405އާ ގުޅުއްވާށެވެ! ކިހައި ފަހި ފުރުޞަތުތަކެއްތޯއެވެ! މި ފަހަރު ދޫކޮށްނުލައްވައްޗެވެ! މިއީ ތިޔަ ބޭފުޅުންގެ ފުރުސަތެވެ. ފުރުސަތުގެ ފުރުސަތެވެ.